މައިގަނޑު ބަޔަށް ދާން

ހަބަރު

ހައިވޭގައި ސައިކަލު މަތީ އޮށޯވެގެން ދުއްވި މީހާ މަސްތުގެ ހާލުގައި ހުރެ ހައްޔަރުކޮށްފި

މަސްތުގެ ހާލުގައި ހުރެ ހެލްމެޓް ނާޅައި ސައިކަލު މަތީ އޮށޯވެގެން ހުޅުމާލެ ހައިވޭގައި ނުރައްކާތެރިކޮށް ދުއްވައި، ފުލުހުންގެ އެންގުމަށް ތަބާނުވެ ފިލަން އުޅުމުގެ ތެރޭގައި ފުލުހުންގެ ކާރުގައި ޖެއްސި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

އަހުމަދު އާހިލް ސައީދު

ހައިވޭގައި ސައިކަލު މަތީ އޮށޯވެގެން ދުއްވި މީހާ މަސްތުގެ ހާލުގައި ހުރެ ހައްޔަރުކޮށްފި

މަސްތުގެ ހާލުގައި ހުރެ ހެލްމެޓް ނާޅައި ސައިކަލު މަތީ އޮށޯވެގެން ހުޅުމާލެ ހައިވޭގައި ނުރައްކާތެރިކޮށް ދުއްވައި، ފުލުހުންގެ އެންގުމަށް ތަބާނުވެ ފިލަން އުޅުމުގެ ތެރޭގައި ފުލުހުންގެ ކާރުގައި ޖެއްސި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. މާފުށި، ސްނޯސްކައި، އަޙްމަދު ފާރިޒް (26 އަހަރު) ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އޮކްޓޫބަރު ހަތަރު ވަނަ ދުވަހު ފަތިހު 03:52 ހާއިރު ސައިކަލުގައި އޮށޯވެގެން އޮވެ ހައިވޭއިން ނުރައްކާތެރިކޮށް ދުއްވާ ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން އެ މީހާ ދެނެގަނެ، މާލޭ ޓްރެފިކް ލައިޓް ކައިރިން މަޑުކުރަން އެންގި ކަމަށެވެ. ނަމަވެސް އެ އެންގުމަށް ތަބާނުވެ ބޮޑުތަކުރުފާނުމަގުން ބާރު ސްޕީޑުގައި ފިލަން މަސައްކަތްކޮށް، ތަކުރާރުކޮށް މަޑުކުރަން އެންގުމުންވެސް ހުއްޓާނުލައި ދުއްވި ކަމަށާއި، އެ ތެރޭގައި ފުލުހުންގެ ކާރުގައި ޖެހި އެކްސިޑެންޓެއް ހިނގައި ކާރަށް ގެއްލުންވި ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެކްސިޑެންޓަށް ފަހު ސައިކަލު ދޫކޮށް ފާރިޒް ފިލި ނަމަވެސް، މާލެތެރެ ޕެޓްރޯލްކުރަމުން ދިޔަ ފުލުހުން މޫންލައިޓް ހިނގުމުން އޭނާ ހުއްޓުވައި ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ފާރިޒަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ޤާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާގެ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި، ވަންވޭއާ ޚިލާފަށް ދުއްވުމާއި، ބާރު ސްޕީޑުގައި ދުއްވުމާއި، ލޯގަނޑު ނުޖަހައި ދުއްވުމާއި، ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި، ނުރައްކާތެރިކޮށް ދުއްވުމާއި، ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެއެވެ.

ފާރިޒްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފާރިޒަކީ ނުދައްކައި ހުރި ޖޫރިމަނާއާ އެކު ޓްރެފިކް ކުށުގެ ދިގު ރެކޯޑެއް އޮތް މީހެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.