މައިގަނޑު ބަޔަށް ދާން

ހަބަރު

މާލޭގެ މަގުތައް ރައްކާތެރިކުރުމާ ގުޅޭ ގޮތުން ޓްރާންސްޕޯޓް އޮފީހުގެ ސީއީއޯ ސީޕީއާ ބައްދަލުކުރައްވައިފި

މާލެ ސަރަޙައްދުގައި އެކްސިޑެންޓުތައް އިތުރުވަމުންދާތީ އެ މައްސަލައަށް ހައްލު ހޯދުމާ ގުޅޭ ގޮތުން ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ ސީއީއޯ ޔޫސުފް މާނިޢު، ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އަހުމަދު އާހިލް ސައީދު

މާލޭގެ މަގުތައް ރައްކާތެރިކުރުމާ ގުޅޭ ގޮތުން ޓްރާންސްޕޯޓް އޮފީހުގެ ސީއީއޯ ސީޕީއާ ބައްދަލުކުރައްވައިފި

މާލެ ސަރަޙައްދުގައި އެކްސިޑެންޓުތައް އިތުރުވަމުންދާތީ އެ މައްސަލައަށް ހައްލު ހޯދުމާ ގުޅޭ ގޮތުން ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ ސީއީއޯ ޔޫސުފް މާނިޢު، ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ބޭއްވި އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ސަލާމަތީ ފެންވަރު ރަނގަޅުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ. އެއާ އެކު، ދެ މުއައްސަސާ ގުޅިގެން ހަރުދަނާ މަސައްކަތްތައް ރޭވުމާއި ފުލުހުންނާއި އެ އޮފީހާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެކެވުނު ކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަކީ މާލެ ސަރަޙައްދުގެ ޓްރެފިކް ކަންކަން ބެލެހެއްޓުމަށާއި އެ ދާއިރާގެ މައްސަލަތައް ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ދާދި ފަހުން ޤާއިމުކުރައްވާފައިވާ އިދާރާއެކެވެ.

ފުލުހުން އެންމެ ފަހުން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު، މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭ ހުޅުމާލެއިން އެކަނި 1295 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ. އެއީ އެ މުއްދަތުގައި މުޅި ރާއްޖެއިން ރިޕޯޓުކުރި 2018 އެކްސިޑެންޓުގެ 64 އިންސައްތައެވެ. ކޮންމެ މަހެއްގައި ވެސް 200 އަށް ވުރެ ގިނަ ހާދިސާ ރެކޯޑުކުރެވިފައިވާ އިރު، ގިނަ އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައެވެ. ފުރަތަމަ ފިޔަވަހީގައި 887 އެކްސިޑެންޓު އަދި ދެ ވަނަ ފިޔަވަހީގައި 408 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ފުލުހުން ފާހަގަކޮށްފައިވާ ގޮތުގައި ހުޅުމާލެ މަގުތަކުގައި އަލަށް ހަދާފައިވާ ރައުންޑަބައުޓުތަކުގައި އެކްސިޑެންޓު ހިނގާ މިންވަރު ޚާއްޞަކޮށް ގިނައެވެ. އެ ހާދިސާތަކުގައި މީހުންގެ ފުރާނައަށް ނުރައްކާވެ، ފުރާނަ ގެއްލޭ މިންވަރު ވެސް އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.