އެމްޓީސީސީގެ ޓެކްސީ އެޕްގެ ޑޭޓާ ލީކުކުރި މުވައްޒަފުގެ މައްސަލަ ފުލުހަށް ހުށަހަޅައިފި
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ޓެކްސީ އެޕްގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ރައްކާކޮށްފައި ހުރި މަޢުލޫމާތުތަކަށް ބަދަލު ގެނެސް އެ ސިސްޓަމުގެ ސްކްރީން ޝޮޓް ނެގުމަށް ފަހު ބޭރަށް ލީކުކޮށްލީ އެ ކުންފުނީގައި ވަޒީފާ އަދާކުރަމުން އައި މުވައްޒަފެކެވެ.
މާލެ ޓެކްސީލައިންގެ މޮބައިލް އެޕްލިކޭޝަނުގެ ޑޭޓާބޭސް ސިސްޓަމުން ހުއްދައެއް ނެތި މަޢުލޫމާތު ނެގި މުވައްޒަފެއްގެ މައްސަލަ ތަޙުޤީޤުކުރުމަށް އެމްޓީސީސީން ފުލުހުންގެ އިދާރާއަށް އިއްޔެ ހުށަހަޅައިފިއެވެ.
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ޓެކްސީ އެޕްގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ރައްކާކޮށްފައި ހުރި މަޢުލޫމާތުތަކަށް ބަދަލު ގެނެސް އެ ސިސްޓަމުގެ ސްކްރީން ޝޮޓް ނެގުމަށް ފަހު ބޭރަށް ލީކުކޮށްލީ އެ ކުންފުނީގައި ވަޒީފާ އަދާކުރަމުން އައި މުވައްޒަފެކެވެ.
އެތެރޭގެ ތަޙުޤީޤުން މިކަން ހިންގި ފަރާތް ދެނެގަނެވިފައިވާ ކަމަށާއި އެ މުވައްޒަފު މިޢަމަލު ހިންގާފައިވަނީ ޒާތީ އަދި ސިޔާސީ މަޤުޞަދެއް ޙާޞިލުކުރުމުގެ ނިޔަތުގައި އެއްވެސް ހުއްދައެއް ނެތި ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ބެކްއެންޑް ސިސްޓަމަށް ގެނެސްފައިވާ ބަދަލުތައް އެންމެ ފުރަތަމަ ފާހަގަކުރީ އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ޓީމުންނެވެ. އެކަން ސަމާލުކަމަށް އައުމާ އެކު ވަގުތުން ސިސްޓަމް ޝަޓްޑައުންކޮށް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
ކަސްޓަމަރުންނާއި ހިއްސާދާރުންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަޤީންކަން އެމްޓީސީސީން ވަނީ ދީފައެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް