ހަނަފަސްކަމާ ދެކޮޅު އދ. ގެ ކޮޕް17 ސަމިޓުގައި ދިވެހި ވަފުދުން ބައިވެރިވެއްޖެ
މި ޖޫން މަހުގެ 14 އިން 28 އަށް ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ހާޒިރުވީ ޑިރެކްޓަރ އޮފް ނޮލެޖް މެނޭޖްމަންޓް ރިސާޗް އެންޑް އެސެސްމަންޓް އަޙްމަދު ޝާން އާއި ސީނިއަރ ސާވެޔަރ ޢާއިޝަތު އަލްހާން ޙަމީދެވެ. "ބިން އާރާސްތުކުރުން އުންމީދު އައުކުރުން" މި ޝިޢާރުގެ ދަށުން ކުރިއަށް ގެންދާ މި ސަމިޓުގައި ހަނަފަސްކަމުން އަރައިގަތުމަށް ޤައުމުތަކުގެ ވިލުންތެރިކަން ހަރުދަނާކުރުމަކީ މައިގަނޑު އެއް އަމާޒެވެ.
ބިންގަނޑު ހަލާކުވުމާއި ހަނަފަސްކަމުގެ ގޮންޖެހުންތަކާ މެދު ޤައުމުތަކުން މަޝްވަރާކުރުމަށް މޮންގޯލިއާގެ ވެރިރަށް އުލާންބާތާރުގައި ކުރިއަށްދާ އދ. ގެ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން (ޔޫއެންސީސީޑީ) ގެ 17 ވަނަ ކޮޕް ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ޖޫން މަހުގެ 14 އިން 28 އަށް ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ހާޒިރުވީ ޑިރެކްޓަރ އޮފް ނޮލެޖް މެނޭޖްމަންޓް ރިސާޗް އެންޑް އެސެސްމަންޓް އަޙްމަދު ޝާން އާއި ސީނިއަރ ސާވެޔަރ ޢާއިޝަތު އަލްހާން ޙަމީދެވެ. "ބިން އާރާސްތުކުރުން އުންމީދު އައުކުރުން" މި ޝިޢާރުގެ ދަށުން ކުރިއަށް ގެންދާ މި ސަމިޓުގައި ހަނަފަސްކަމުން އަރައިގަތުމަށް ޤައުމުތަކުގެ ވިލުންތެރިކަން ހަރުދަނާކުރުމަކީ މައިގަނޑު އެއް އަމާޒެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ހަނަފަސްކަމުން ރައްކާތެރިވުމުގެ ޕްލޭންތައް ޢަމަލީ ގޮތުން ތަންފީޒުކުރުމަށް ކުރީބައިގައި އިންޒާރު ދޭ ނިޒާމުތައް ބިނާކުރުމާއި ރިސްކް ފައިނޭންސިންގެ އޮނިގަނޑެއް ކަނޑައެޅުމާ ގުޅޭ ގޮތުން ސަމިޓުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވެމުންދެއެވެ. ދަނޑުވެރިކަމުގެ ބިންތަކާއި ވިނަދަނޑުތައް އަލުން އިޢާދަކޮށް ބިން ހަލާކުވުން ހުއްޓުވުމުގެ ލަނޑުދަނޑި ޙާޞިލުކުރުމަށް ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގެ އިންވެސްޓްމަންޓް އިތުރުކުރުމަށް ވެސް ބައިވެރިން ބާރު އަޅަމުންދާ ކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ހަނަފަސްކަން ދެނެގަތުމާއި ފެނާއި ފަސްގަނޑު މެނޭޖުކުރުމުގެ ދާއިރާގައި ސައެންޓިފިކް ހޯދުންތައް ބޭނުންކުރުމަށް ވެސް ސަމިޓުގައި ބޮޑު އިސްކަމެއް ދެމުންދާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ދިވެހި ވަފުދުން ވަނީ ކުދި ޖަޒީރާ ޤައުމުތަކާއި ބައިނަލްއަޤުވާމީ ބައިވެރިންނާ ގުޅިގެން މަސައްކަތްކުރުމުގެ ޢަޒުމް އައުކޮށް ރާއްޖޭގެ އެއްގަމާއި ތިލަފަޅުގެ ނާޒުކު ވެށި ހިމާޔަތްކުރުމަށް ދެމިތިބޭނެ ކަމުގެ ޔަޤީންކަން ބައްދަލުވުމުގެ ބައިވެރިންނަށް ދީފައެވެ. މި ސަމިޓުގެ މަޝްވަރާތައް މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް