Newscast
ދުނިޔެ

ވެނެޒުއޭލާގެ ބިންހެލުމުގައި ހުރިހާ އެއްޗެއް ގެއްލުނު ކުއްޖަކަށް ރޮނާލްޑޯގެ ޚާއްސަ މެސެޖެއް

ލިޔުނީ: އަހުމަދު އާހިލް ސައީދު 09 Jul 2026
ވެނެޒުއޭލާގެ ބިންހެލުމުގައި ހުރިހާ އެއްޗެއް ގެއްލުނު ކުއްޖަކަށް ރޮނާލްޑޯގެ ޚާއްސަ މެސެޖެއް
ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އަންދްރޭސް

މި ހާދިސާގައި އަންދްރޭސްގެ އާއިލާގެ މެންބަރުން މަރުވެ، އޭނާގެ އެއް ފައި ވަނީ ބުރިކޮށްލަން ޖެހިފައެވެ. ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ އެންދްރޭސް، ރޮނާލްޑޯގެ "ޓްރޭޑިންގ ކާޑެއް" ބޭނުންވެގެން އެދުމުން، ރޮނާލްޑޯ ވަނީ ސީދާ އޭނާއަށް ވީޑިއޯ މެސެޖެއް ފޮނުވާފައެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ހަމައެކަނި ދަނޑުމަތީގައި ރެކޯޑްތައް މުގުރާލާ ކުޅުންތެރިއެއް ނޫނެވެ. ދަނޑުބޭރުން އިންސާނިއްޔަތަށްޓަކައި އޭނާ ކޮށްދޭ ކަންކަމަކީވެސް ގިނަބައެއްގެ ސަމާލުކަން ލިބޭ ކަންކަމެވެ.

އެގޮތުން ވެނެޒުއޭލާގެ އުތުރަށް ދާދިފަހުން އައި ބާރުގަދަ ބިންހެލުމުގައި ހުރިހާ އެއްޗެއް ގެއްލި، ހާލުގައި ޖެހުނު އެންދްރޭސް ނަމަކަށް ކިޔާ ކުއްޖަކަށް އޭނާ ހިތްވަރުދީ ފޮނުވާފައިވާ ވީޑިއޯ މެސެޖު މިހާރު އަންނަނީ މީސްމީޑިއާގައި ވައިރަލްވެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.

2026 ޖޫން 24 ވަނަ ދުވަހު ވެނެޒުއޭލާއަށް އައި ރިކްޓަރ މިންގަނޑުން 7.2 އަދި 7.5 ގެ ބާރުގަދަ ދެ ބިންހެލުމުގައި 1,400 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ވަނީ ގެއްލިފައެވެ. މި ހާދިސާގައި ކަރަކަސް އާއި ލަގުއައިރާގެ ބޮޑު ބައެއް ވަނީ ސުންނާފަތިވެފައެވެ.

އަދި މި ހާދިސާގައި އަންދްރޭސްގެ އާއިލާގެ މެންބަރުން މަރުވެ، އޭނާގެ އެއް ފައި ވަނީ ބުރިކޮށްލަން ޖެހިފައެވެ. ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ އެންދްރޭސް، ރޮނާލްޑޯގެ "ޓްރޭޑިންގ ކާޑެއް" ބޭނުންވެގެން އެދުމުން، ރޮނާލްޑޯ ވަނީ ސީދާ އޭނާއަށް ވީޑިއޯ މެސެޖެއް ފޮނުވާފައެވެ.

އުމުރުން 41 އަހަރުގެ ޕޯޗުގަލް ކެޕްޓަން ރޮނާލްޑޯގެ މެސެޖުގައި ވަނީ އެކުއްޖާ ޙާލު ރަނގަޅުވުމުން ރޮނަލްޑީގެ މެޗެއް ބަލާލަން އައުމަށާ އަދި އޭނާއާ ބައްދަލު ކޮށްލުމަށް އައުމަށް އެދިފައެވެ.   

މިއީ ރޮނާލްޑޯ މިފަދަ އިންސާނިއްޔަތު ކަމުގެ ނަމޫނާއެއް ދެއްކި ފުރަތަމަ ފަހަރެއް ނޫނެވެ. 2023 ވަނަ އަހަރު ތުރުކީ އާއި ސީރިއާއަށް އައި ބިންހެލުމުގައިވެސް އޭނާ ވަނީ ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ. މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ ތެރެއިންވެސް، ރޮނާލްޑޯ އާއި ޕޯޗުގަލް ޓީމުން ވަނީ ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ ހަނދާނުގައި ސުކޫތެއް ގެނެސްފައެވެ.

މި ބިންހެލުމުގެ ހިތާމަ ފުޓްބޯޅަ އާއިލާއަށްވެސް ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. އެގޮތުން ވެނެޒުއޭލާގެ އުއްމީދީ ޒުވާން ކުޅުންތެރިޔާ، އުމުރުން 18 އަހަރުގެ ޔިމްވަރޓް ބެރޮޓެރަން ވަނީ މި ހާދިސާގައި މަރުވެފައެވެ.

މީގެ އިތުރުން ފީފާއިންވެސް ވަނީ ޖޫން 26 އަދި 27 ގައި ކުޅުނު ހުރިހާ މެޗެއްގެ ކުރިން މި ހާދިސާގެ ޝިކާރައަކަށްވި މީހުންގެ ހަނދާނުގައި ސުކޫތެއް ގެނައުމަށް އަންގާފައެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިންގ ޓެކްސް ދެ ގުނައަށް ބޮޑުކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
ހަބަރު 23 Aug 2026

ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިންގ ޓެކްސް ދެ ގުނައަށް ބޮޑުކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

މިއަދުގެ ޖަލްސާގައި މި ބިލާ އެއްކޮޅަށް 54 މެންބަރުން ވޯޓު ދެއްވިއިރު ދެކޮޅަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ.

ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު އެ މަޤާމަށް އަލުން ޢައްޔަންކުރުމަށް ހުށަހަޅުއްވައިފި
ހަބަރު 23 Aug 2026

ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު އެ މަޤާމަށް އަލުން ޢައްޔަންކުރުމަށް ހުށަހަޅުއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވި ސިޓީފުޅު މިއަދުގެ ޖަލްސާގައި އިއްވައި އެ ނަން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ވަނީ ހަވާލުކޮށްފައެވެ.

ޤައުމީ ޕޭމަންޓް ސްވިޗް ޤާއިމުކުރުމާ ގުޅޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި
ހަބަރު 23 Aug 2026

ޤައުމީ ޕޭމަންޓް ސްވިޗް ޤާއިމުކުރުމާ ގުޅޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި

ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކުރުމުގެ މަގު ފަހިކުރުމަށް ހުށަހެޅި މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2026 އޮގަސްޓް 17 ވީ ހޯމަ ދުވަހުއެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.

ޑޮލަރު މާރުނުކުރާ ދެ ރިސޯޓެއްގެ ނަން އެމްއެމްއޭއިން ހާމަކޮށްފި
ވިޔަފާރި 23 Aug 2026

ޑޮލަރު މާރުނުކުރާ ދެ ރިސޯޓެއްގެ ނަން އެމްއެމްއޭއިން ހާމަކޮށްފި

އެ ދެ ރިސޯޓަކީ ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް ކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެއެވެ. ގިނަ ރިސޯޓުތަކުން ޤާނޫނާ އެއްގޮތަށް ބޭރު ފައިސާ މާރުކުރަމުންދާކަން ފާހަގަކޮށް ފައިސާ މާރުކުރުމުގެ އިލްތިޒާމުތައް ފުރިހަމަކުރުމަށް ހުރިހާ ފަރާތްތަކަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ސިޑްސް ވިޔަފާރި ފޯރަމް މާލޭގައި މިއަދު ފަށައިފި
ވިޔަފާރި 23 Aug 2026

ސިޑްސް ވިޔަފާރި ފޯރަމް މާލޭގައި މިއަދު ފަށައިފި

މި މަހުގެ 23 އިން 25 އަށް ކުރިއަށް ގެންދާ މި ފޯރަމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިތަކާއި މަދަނީ ޖަމްޢިއްޔާތަކާއި އެހީ ފޯރުކޮށްދޭ ޤައުމުތަކާއި ދިރާސާވެރިން ފަދަ ތަފާތު ދާއިރާތަކުގެ ފަރާތްތައް އެއް ތަނަކަށް ގެނެސް އެ ޤައުމުތަކުގެ ތަރައްޤީގެ މަސައްކަތްތަކުގައި އެ ފަރާތްތަކުގެ ޙިއްސާ ފުޅާކުރުމަށް ކޮންމެ ދެ އަހަރަކުން ބާއްވާ ފޯރަމެކެވެ. މި އަހަރުގެ ފޯރަމްގައި 30 އަށް ވުރެ ގިނަ ޤައުމުން ސަރުކާރު ތަމްސީލުކުރާ ފަރާތްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އިންވެސްޓަރުންނާއި ޢިލްމީ ފަރާތްތައް ހިމެނޭހެން 200 އަށް ވުރެ ގިނަ ބައިވެރީން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ޢަދްލާނުގެ މައްޗަށް ކުރި ދެ ދަޢުވާ ޕީޖީން އަނބުރާ ގެންގޮސްފި
ހަބަރު 23 Aug 2026

ޢަދްލާނުގެ މައްޗަށް ކުރި ދެ ދަޢުވާ ޕީޖީން އަނބުރާ ގެންގޮސްފި

ޕީޖީ އޮފީހުން ވިދާޅުވި ގޮތުގައި ޢަދްލާނާ ދެކޮޅަށް ފުލުހުން ހިންގި ތަޙުޤީޤު ނިންމައި މި އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހު ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ. ލިޔެކިޔުންތައް ދިރާސާ ކުރުމަށްފަހު ދަޢުވާ ނުކުރުމަށް ނިންމައި މައްސަލަ އެ އޮފީހުން ފުލުހުންނަށް ރައްދުކުރި ކަމަށާއި ފުލުހުން ވަނީ އެ ނިންމުން މުރާޖަޢާ ކޮށްދިނުމަށް އެދިފައި ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. ނަމަވެސް މުރާޖަޢާގެ މަރުޙަލާ ދެމިގެންދާ ނަމަ ޤާނޫނުގައި ދަޢުވާ ކުރުމަށް ކަނޑައެޅިފައި އޮތް މުއްދަތު ހަމަވާނެ ކަމަށް ބެލެވޭތީ މެއި 19 ވަނަ ދުވަހު ދެ ދަޢުވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅި ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.