Newscast
ހަބަރު

ޔަޒްމީދު މުޙައްމަދު ޕެންޝަން އޮފީހުގެ ސީއީއޯ ކަމަށް އައްޔަންކުރައްވައިފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 20 Aug 2026
ޔަޒްމީދު މުޙައްމަދު ޕެންޝަން އޮފީހުގެ ސީއީއޯ ކަމަށް އައްޔަންކުރައްވައިފި
ޔަޒަމީދު -

އެ އޮފީހުން ހާމަކުރި ގޮތުގައި އަންނަ އާދީއްތަ ދުވަހު ޔަޒްމީދު މަޤާމުގެ މަސްއޫލިއްޔަތާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނެއެވެ. ދައުލަތުގެ އެކި މުއައްސަސާތަކާއި އަމިއްލަ ވިޔަފާރީގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޔަޒްމީދު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމާއި އޮޑިޓް އޮފީހުގެ މެނޭޖަރުކަން ވެސް އަދާކުރައްވައިފައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްކަން ކުރީން ފުރުއްވި ޔަޒްމީދު މުޙައްމަދު ފަސް އަހަރުގެ ދައުރަކަށް ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް މިއަދު އައްޔަންކުރައްވައިފިއެވެ.

އެ އޮފީހުން ހާމަކުރި ގޮތުގައި އަންނަ އާދީއްތަ ދުވަހު ޔަޒްމީދު މަޤާމުގެ މަސްއޫލިއްޔަތާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނެއެވެ. ދައުލަތުގެ އެކި މުއައްސަސާތަކާއި އަމިއްލަ ވިޔަފާރީގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޔަޒްމީދު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމާއި އޮޑިޓް އޮފީހުގެ މެނޭޖަރުކަން ވެސް އަދާކުރައްވައިފައެވެ.

ތަޢުލީމީ ގޮތުން ބަލާއިރު މެލޭޝިއާގެ އޯޕަން ޔުނިވާސިޓީން ހިންގުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ޙާޞިލުކުރައްވައި އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީން އެކައުންޓިންގެ ދާއިރާއިން ފަސްޓް ކްލާސް އޮނާސް ޑިގްރީ ހޯއްދަވާފައިވާ ޔަޒްމީދަކީ އޭސީސީއޭ ފުރިހަމަކުރައްވާފައިވާ ޗާޓާޑް އެކައުންޓެންޓެކެވެ.

ޕެންޝަން އޮފީހުން ބުނީ "އާ ސީއީއޯއާ އެކު އެ އޮފީހުގެ އިދާރީ ހިންގުމުގެ ނިޒާމު އިތުރަށް ފުރިހަމަވާނެ ކަމަށް އުއްމީދުކޮށް ރާއްޖޭގައި ހަރުދަނާ އަދި ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް ގާއިމުކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތައް ލިބޭނެ" ކަމަށެވެ.

ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމު ހުސްވީ ކުރީން އެ މަޤާމުގައި ހުންނެވި ޝުޖާތާ ޙަލީމް މިދިޔަ ފެބްރުއަރީ މަހު އިސްތިޢުފާ ދެއްވުމުންނެވެ. ޝުޖާތާ އެ ނިންމެވުން ނިންމެވީ ޕެންޝަން އޮފީހުން ސަރުކާރަށް ވިއްކި 2.4 ބިލިއަން ރުފިޔާގެ ބޮންޑެއްގައި އިންވެސްޓު ކުރި މައްސަލައާ ގުޅިގެން އިޤުތިޞާދީ ދާއިރާގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި އޮތް ދަނޑިވަޅެއްގައެވެ. ޔަޒްމީދު މަޤާމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ އާދީއްތަ ދުވަހުއެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ދުންފަތާ ދެކޮޅު ކެމްޕެއިނުގެ ޕްލޭން އެކުލަވައިލުމަށް ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކޮށްފި
ހަބަރު 20 Aug 2026

ދުންފަތާ ދެކޮޅު ކެމްޕެއިނުގެ ޕްލޭން އެކުލަވައިލުމަށް ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކޮށްފި

އެ ބައްދަލުވުން ފައްޓަވައިދެއްވައި ޞިއްޙަތާ އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ ދުންފަތާ ދެކޮޅަށް ސަރުކާރުން ކަނޑައަޅާ ކޮންމެ ލަނޑުދަނޑިއެއް ބިނާވަނީ ފުޅާ ދާއިރާއެއްގައި ފަންނީ ދިރާސާކޮށް ސާބިތު ހެއްކަށް ބެލުމަށް ފަހު ނަތީޖާ ނެރެވޭނެ ގޮތަށް ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި ދުންފަތުގެ ވަބާއާ ދެކޮޅަށް ކުރީގެ އެއްވެސް ސަރުކާރަކުން ނުދޭ މިންވަރަށް މި ސަރުކާރުން އިސްކަންދީ މުހިންމު ނިންމުންތައް ތަންފީޒުކުރަމުން އަންނަ ކަމަށެވެ.

އަނިޔާގެ 228 މައްސަލައެއް މިދިޔަ މަހު ވެލްފެއާ ވުޒާރާއަށް ހުށަހަޅައިފި
ހަބަރު 20 Aug 2026

އަނިޔާގެ 228 މައްސަލައެއް މިދިޔަ މަހު ވެލްފެއާ ވުޒާރާއަށް ހުށަހަޅައިފި

އެ ވުޒާރާއިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ކުރީ މަސްތަކެކޭ އެއްފަދައިން މިދިޔަ މަހު ވެސް އެންމެ ގިނައީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކެވެ. ކުޑަކުދިންނަށް އަނިޔާކުރުމާ ގުޅޭ 88 މައްސަލައެއް ހުށަހެޅި އިރު އެ ބައިގައި އެންމެ ފާހަގަކޮށްލެވެނީ އިހުމާލުގެ 22 މައްސަލައެވެ. އެ 22 މައްސަލައިގައި ހިމެނެނީ ހަ ފިރިހެން ކުއްޖަކާއި 16 އަންހެން ކުއްޖެކެވެ. ކުޑަކުދިންނާ ބެހޭ ބައިގައި ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. އެ ބާވަތުގެ 17 މައްސަލައެއް ހުށަހެޅި އިރު ތިން ފިރިހެން ކުއްޖަކާ ގުޅުން ހުރި މައްސަލައާއި 14 އަންހެން ކުއްޖަކާ ގުޅުން ހުރި މައްސަލަ ހިމެނެއެވެ.

ހަފުތާ ބަންދުގައި ކެރީގެ އަސަރު ފޯރިޔަސް ކަނޑުތައް މަޑުވާނެ ކަމަށް މެޓުން ލަފާކޮށްފި
ހަބަރު 20 Aug 2026

ހަފުތާ ބަންދުގައި ކެރީގެ އަސަރު ފޯރިޔަސް ކަނޑުތައް މަޑުވާނެ ކަމަށް މެޓުން ލަފާކޮށްފި

އެ އިދާރާގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. ޚާއްޞަކޮށް މެދުތެރޭގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ރަށްތަކަށް ވެސް ކެރީގެ އަސަރު ކޮށްފާނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

އިންޖިނިއަރުންގެ އެވޯޑަށް ހުށަހެޅުމުގެ ސުންގަޑި އަންނަ ބުރާސްފައްޗަށް ފަސްކޮށްފި
ހަބަރު 20 Aug 2026

އިންޖިނިއަރުންގެ އެވޯޑަށް ހުށަހެޅުމުގެ ސުންގަޑި އަންނަ ބުރާސްފައްޗަށް ފަސްކޮށްފި

މި މަހުގެ ހަ ވަނަ ދުވަހު ފެށި އެ ފުރުސަތުގެ ސުންގަޑިއަކީ މިއަދު ކަމުގައި ކުރިން ކަނޑައަޅާފައި އޮތެވެ. ނަމަވެސް އެ ވުޒާރާއިން ނެރުނު އިޢުލާނުގައި ބުނެފައި ވަނީ އެވޯޑު ދިނުމާ ގުޅޭ އުސޫލުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ހުށަހެޅޭނެ ކަމަށެވެ.

މާލޭގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކައުންސިލުން ނިކުންނަނީ
ހަބަރު 20 Aug 2026

މާލޭގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކައުންސިލުން ނިކުންނަނީ

"ރީތިންކް މާލެ" އާބަން ސްޓެރެޓެޖީ އާއި ލޯކަލް ޑިވެލޮޕްމަންޓް ޕްލޭނުގެ އޮނިގަނޑާ އެއްގޮތަށް ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އެ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވެއެވެ. މި މަސައްކަތުގެ ދަށުން ފުރަތަމަ ބައްދަލުކުރާނީ ގަލޮޅުގެ ރައްޔިތުންނާ ކަމަށާއި އެ ބައްދަލުވުން ބާއްވާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ގަލޮޅު މަދަރުސާގައި ކަމަށް ކައުންސިލުން ބުނެފައިވެއެވެ. ވިލިމާލޭގެ ރައްޔިތުންނަށް ވެސް އެ ބައްދަލުވުމުގައި ބައިވެރިވުމަށް ކައުންސިލުން ވަނީ ދައުވަތު ދީފައެވެ.

އެމްޓީސީސީ މުވައްޒަފުންގެ ފްލެޓް މަޝްރޫޢަށް ހުޅުމާލެ ދޭކުން ބިން ހަމަޖައްސައިފި
ހަބަރު 20 Aug 2026

އެމްޓީސީސީ މުވައްޒަފުންގެ ފްލެޓް މަޝްރޫޢަށް ހުޅުމާލެ ދޭކުން ބިން ހަމަޖައްސައިފި

ކުރިން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެ އެ މަޝްރޫޢު ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ފަހުން އެމްޓީސީސީން މިހާރު ތައްޔާރުވަމުން ދަނީ މުޅިން އާ މަޝްރޫޢެއް ފެށުމަށެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން )އެޗްޑީސީ( މެދުވެރިކޮށް ގަންނަ އެ ބިމާ ގުޅޭ އިދާރީ ކަންތައް ހަމަޖެއްސުމަށް ސައުދީ ހިމެނިވަޑައިގަންނަވާ އިސްވެރީންގެ ޓީމެއް އިއްޔެ ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާ ބައްދަލުކުރައްވައިފައެވެ.