ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހަތަރު މީހެއްގެ ހާލު ސީރިއަސްވެއްޖެ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ވަންވޭއާ ޚިލާފަށް ތިން މީހަކު އަރައިގެން ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެ، ހަތަރު މީހެއްގެ ހާލު ސީރިއަސްވެގެން ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
އަހުމަދު އާހިލް ސައީދު

ދަންވަރު 2:55 ހާއިރު ފުލުހުންނަށް ރިޕޯޓުކުރި މި ހާދިސާގައި ޒަޚަމްވި ފަސް މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އިތުރު ފަރުވާ ބޭނުންވާތީ އެ އެންމެން މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.
ފުލުހުންގެ ތަޙުޤީޤަށް ފާހަގަވި ގޮތުގައި، ހާދިސާ މެދުވެރިވީ ތިން މީހަކު އެރި ސައިކަލެއް ވަންވޭއާ ދެކޮޅަށް ދުއްވައިގެންނެވެ. އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށާއި، ދުއްވަން އިން ފަރާތުގެ އަތުގައި އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް ނެތް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މި ހާދިސާގެ ފުރަތަމަ މަޢުލޫމާތު ހެނދުނު 7:35 ގައި ހިއްސާކުރުމަށް ފަހު، ތަފްސީލީ މަޢުލޫމާތު ހެނދުނު 11:30 ގައި ވަނީ ޢާންމުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް