އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ފިލިޕްސް އޭސީ ޚާއްޞަ ޑިސްކައުންޓާ އެކު ވިއްކަން ފަށައިފި
އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ފިލިޕްސް އޭސީ ޚާއްޞަ ޑިސްކައުންޓާ އެކު ވިއްކަން ފަށައިފި
Ahmed Aahil Saeed
09 July 2026
ފިލިޕްސް އޭސީ-
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވުމާ އެކު ފިލިޕްސް ބްރޭންޑުގެ ސްޕްލިޓް ވޯލް-މައުންޓެޑް އޭސީތައް ތަޢާރަފުކޮށް ދެ ހަފުތާގެ ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ތަޢާރަފުކުރި ފިލިޕްސް އޭސީއަކީ ގެތަކަށާއި އޮފީސް މާޙައުލުތަކަށް އެކަށީގެންވާ ސްމާޓް ކޫލިންގް ސިސްޓަމެއް ފޯރުކޮށްދޭ އުފެއްދުމެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ޗައިނާގައި އުފައްދާ މި އޭސީތަކަކީ ފެންވަރު ރަނގަޅު ގިނަ ދުވަހު ގެންގުޅެވޭ އަވަހަށް ފިނިކޮށްދޭ އަދި ބޭނުންކުރަން ފަސޭހަ އޭސީތަކެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި ޕްރޮމޯޝަންގައި ފިލިޕްސް އޭސީގެ ހަތަރު ސައިޒެއް ޚާއްޞަ ޑިސްކައުންޓް އަގުތަކެއްގައި ލިބެން ހުންނާނެއެވެ. އެއީ 9000 ބީޓީޔޫ 12000 ބީޓީޔޫ 18000 ބީޓީޔޫ އަދި 24000 ބީޓީޔޫގެ އޭސީތަކެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ 28 ޖޫން 2026 އިން 11 ޖުލައި 2026 ގެ ނިޔަލަށެވެ. ފިލިޕްސް ބްރޭންޑުގެ ހުރިހާ އޭސީއެއް ވެސް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާއިން ލިބެން ހުންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް