ޤައުމީ ވޮލީ ޓީމަށް ކުޅުނު ފާޒިލް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ އަހްމަދު ފާޒިލެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ އެ ރަށުންނެވެ.
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ކަމުގެ ތުހުމަތުގައި ކުރީގެ ޤައުމީ ވޮލީ ކުޅުންތެރިޔަކު މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ އަހްމަދު ފާޒިލެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ އެ ރަށުންނެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ފާޒިލް މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތުކުރެވޭ ދެ ގެއެއް ބަލައި ފާސްކުރި ކަމަށެވެ. އެ ތަންތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ 265.01 ގްރާމުގެ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފާޒިލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ ބަންދުގެ އަމުރެއް ވަނީ ނެރެފައެވެ.
ފާޒިލަކީ މީގެ ކުރިން ރާއްޖޭގެ ޤައުމީ ވޮލީ ޓީމު ތަމްސީލުކޮށްފައިވާ ކުޅުންތެރިއެކެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް