ކައުންސިލް ބިންތައް ސަރުކާރަށް ނެގޭ ގޮތް ހެދުމުން މަޝްރޫޢުތައް ހަލުވިވާނެ: ނިމާލް
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނިމާލް ފާހަގަކުރެއްވީ ސަރުކާރުން ރަށެއް ނުވަތަ ސިޓީއެއްގައި މަސައްކަތެއް ފެށުމަށް ބިން ހޯދަން އެދުމުން ކައުންސިލްތަކުން އެކަމަށް ފަސްޖެހޭ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ. އެ ނަތީޖާއެއްގެ ގޮތުން ގިނަ މަޝްރޫޢުތައް ހުއްޓުމަކަށް އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެލްޖީއޭގެ ވެރިޔާ ޤަބޫލުކުރައްވާ ގޮތުގައި ތަރައްޤީގެ ބޭނުމަށް ބިން ނެގުމަކީ ކައުންސިލްތަކުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހުރަސް އެޅޭ ކަމެއް ނޫނެވެ.
ތަރައްޤީގެ މަސައްކަތްތަކަށް ކައުންސިލްތަކުން ބިން ދޫކުރުމުގައި ދިމާވާ ލަސްތައް ޙައްލުކުރުމަށް ލާމަރުކަޒީ ޤާނޫނަށް ހުށަހެޅި އިސްލާޙާ ގުޅިގެން އެ ބަދަލުގެ ސަބަބުން ރަށްރަށުގެ ޕްރޮޖެކްޓްތައް ކުރިއެކޭ އެއްގޮތަށް ލަސްނުވެ ކުރިއަށްދާނެ ކަމަށް އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނިމާލް ފާހަގަކުރެއްވީ ސަރުކާރުން ރަށެއް ނުވަތަ ސިޓީއެއްގައި މަސައްކަތެއް ފެށުމަށް ބިން ހޯދަން އެދުމުން ކައުންސިލްތަކުން އެކަމަށް ފަސްޖެހޭ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ. އެ ނަތީޖާއެއްގެ ގޮތުން ގިނަ މަޝްރޫޢުތައް ހުއްޓުމަކަށް އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެލްޖީއޭގެ ވެރިޔާ ޤަބޫލުކުރައްވާ ގޮތުގައި ތަރައްޤީގެ ބޭނުމަށް ބިން ނެގުމަކީ ކައުންސިލްތަކުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހުރަސް އެޅޭ ކަމެއް ނޫނެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މި ބިލުގައި ވާ ގޮތުން ކައުންސިލެއްގެ އިޚްތިޞާޞްގައި ހިމެނޭ ބިމެއް ތަރައްޤީގެ ޕްރޮޖެކްޓަކަށް ބޭނުންވެއްޖެ ހާލަތެއްގައި ވަޒީރުންގެ މަޖިލީހަށް އެ ބިން ކައުންސިލް އިޚްތިޞާޞުން ވަކިކުރެވޭނެއެވެ. ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނެއް ފާސްކޮށް ތަންފީޒުކުރަން ނުފެށި އޮތް ނަމަވެސް ސަރުކާރަށް އެ ބިން ނެގެން ޖެހޭނެ ކަމަށް ހުށަހެޅި އިސްލާޙުގައި ބުނެފައިވެއެވެ. ހަމައެއާއެކު އެކަށީގެންވާ ސަބަބެއް ނެތި މަޝްރޫޢެއް ހުއްޓޭ ގޮތަށް ޢަމަލުކުރުމާއި ނިންމުން ނިންމުން ކައުންސިލްތަކަށް މަނާކުރުމަށް ވެސް ބިލުގައި ވެއެވެ.
"ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އިތުރުން ކައުންސިލްތަކަކީ ސަރުކާރުން މަޝްރޫޢުތައް ހިންގާއިރު އެކަމަށް މަގުފަހިކޮށްދޭ ފަށަލައެއް. އެ އެއްބާރުލުން ކޮންމެ ކައުންސިލަކުންވެސް ދޭންވާނެ. އެކަމަކު ބައެއްފަހަރު ބިން ދިނުމުގައި ކައުންސިލްތަކުން ފަސްޖެހޭ" އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވިއެވެ.
މި ބިލު ހުށަހެޅުއްވީ ސަރުކާރުގެ ތަރައްޤީގެ ޕްރޮޖެކްޓްތައް ބާރު ދުވެލީގައި ގެންދެވޭނެ ޤާނޫނީ އޮނިގަނޑެއް ޤާއިމުކޮށް ބިމާ ގުޅޭ އިޖުރާޢަތުތައް ހަރުދަނާ ކުރުމުގެ ބޭނުމުގައި ކަމަށް މެންބަރު ޢަބްދުލްޙަންނާނު ވިދާޅުވެފައިވެއެވެ. މި ބިލު މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ މަރުޙަލާގައެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް