Newscast
ހަބަރު

ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 17 Aug 2026
ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި
ރައްޔިތުންގެ މަޖިލިސް

ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު ދިރާސާކުރީ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީންނެވެ. އެ ކޮމިޓީން ނިންމީ ސަރުކާރުން ހުށަހެޅި އިސްލާޙުތަކާ އެކު ބިލު ފާސްކުރަން ފެންނަ ކަމަށެވެ. ބިލާ ދެކޮޅަށް ހަ މެންބަރަކު ވޯޓު ދެއްވިއެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) ގެ ބޯޑު މެންބަރުންގެ ޢަދަދު ފަހަކުން ހަތަކަށް އިތުރުކުރުމާ އެކު 11 އިސްލާޙެއް ހިމެނޭ ބިލު 61 މެންބަރުންގެ ވޯޓުން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު ދިރާސާކުރީ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީންނެވެ. އެ ކޮމިޓީން ނިންމީ ސަރުކާރުން ހުށަހެޅި އިސްލާޙުތަކާ އެކު ބިލު ފާސްކުރަން ފެންނަ ކަމަށެވެ. ބިލާ ދެކޮޅަށް ހަ މެންބަރަކު ވޯޓު ދެއްވިއެވެ.

މިހާރު ޤާނޫނު އޮންނަ ގޮތުން ޔޫއާރުއޭގެ ބޯޑުގައި ތިއްބަވަނީ ފަންނީ ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަސް މެންބަރުންނެވެ. އިސްލާޙުގައިވާ ގޮތުން ޗީފް އެގްޒެކެޓިވް ހިމެނޭހެން ބޯޑަށް ހަތް މެންބަރަކު އައްޔަންކުރައްވާނެއެވެ. ޗީފް އެގްޒެކެޓިވް ފިޔަވައި ދެން ތިއްބަވާ ހުރިހާ ބޭފުޅުންނަކީ ވެސް ކަނޑައެޅިފައިވާ ދާއިރާތަކުން ފަންނީ ޤާބިލުކަން ހުރި ފަރާތްތަކަށް ވާންޖެހެއެވެ.

ބޯޑު މެންބަރުންގެ ދައުރާ ގުޅޭ ގޮތުން ވެސް ބިލުގައި ބަދަލުތަކެއް ހިމެނެއެވެ. ކުރިން ޤާނޫނުގައި އޮތީ ފަސް އަހަރުގެ އެއް ދައުރަށް އެކަނި އައްޔަންކުރެވޭ ގޮތަށެވެ. ނަމަވެސް އިސްލާޙުގައިވާ ގޮތުން ޗީފް އެގްޒެކެޓިވް ފިޔަވައި ބޯޑުން ވަކިނުކޮށް ތިއްބެވި މެންބަރުންނަށް އެއް ދައުރަށް ވުރެ ގިނަ ދައުރަށް ތިއްބެވުމުގެ ފުރުޞަތު ލިބޭނެއެވެ. މީގެ އިތުރުން ބޯޑުގެ ނިންމުންތަކުގައި ޗީފް އެގްޒެކެޓިވަށް ވޯޓު ލެއްވުމުގެ ޙައްޤު ނޯންނާނެ ކަމަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާ އެކު ބޯޑަށް އިތުރަށް ބޭނުންވާ މެންބަރުން 30 ދުވަހުގެ ތެރޭގައި އައްޔަންކުރައްވަންޖެހޭނެއެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި
ހަބަރު 17 Aug 2026

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި

ޤަވާޢިދުގެ 1-257 ވަނަ މާއްދާގެ )ޅ( އުނިކުރުމަށް މި އިސްލާޙު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. އެ ހުށަހެޅުން ދިރާސާކުރުމަށް ފޮނުވީ އާންމު ކޮމިޓީއަށެވެ. ކޮމިޓީން މި ބަދަލު ގެނައުމަށް ރުހުން ދީފައިވަނީ ހާޒިރުވި މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ.

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި
ކުޅިވަރު 17 Aug 2026

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި

އުމުރުން 41 އަހަރުގެ ފޯވަޑް ހާމަކުރި ގޮތުގައި ފުޓްބޯޅައިގެ ކެރިއަރު ނިންމައިލުމަށް ފަހު ކުރާނެ ކަންކަން މިހާރު ވަނީ ރާވައިފައެވެ. ކުޅުން ހުއްޓައިލުމާ އެކު ބޮޑު ހުސްކަމެއް އަންނާނެ ކަން ފާހަގަކޮށް ދަތުރުކުރުމާއި ތަފާތު ކަންކަމުގައި މަޝްޣޫލުވެ އުޅުމާއި ޕެޑަލް ކުޅުން ފަދަ ޙަރަކާތްތަކުން އެ ހުސްކަން ފޫބައްދާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ
ހަބަރު 17 Aug 2026

ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ

މިމަހުގެ ފަސް ވަނަ ދުވަހުގެ ދަންވަރު ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން އެ ދޯނި ކުއްލި ގޮތަކަށް ބަންޑުން ޖަހައިލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔައީ ސިފައިންގެ ލޭންޑިންގ ކްރާފްޓަކާއި ފުލުހުންގެ ލޯންޗަކާއި އެމްއެންޑީއެފް ލޯންޗެއް ވެސް ވަރަށް ކައިރީގައި އޮއްވައެވެ. ދޯނިން ފުންމައިލި މީހުންނާއި ބަންޑުން ޖަހައިލި ވަގުތު ނިކުމެވުނު މީހުން ވަގުތުން ސަލާމަތްކުރެވުނު ނަމަވެސް ރެސްކިޔު އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކެޕްޓަން ވަނީ ގެއްލިފައެވެ.

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި
ހަބަރު 17 Aug 2026

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި

މި މަސައްކަތް ހިންގާފައިވަނީ އެކްސެލެރޭޓިންގ ރިނިޔުބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ )އެރައިސް( މަޝްރޫޢުގެ ތެރެއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް )ސްޓެލްކޯ( މެދުވެރިކޮށެވެ. ޖުމްލަ 56 މިލިއަން ރުފިޔާގެ މި އިންވެސްޓްމަންޓުގައި ބިމުގައި ހަރުކުރި ސޯލާ ޕެނަލްތަކުގެ އިތުރުން 1.5 މެގަވޮޓު އަވަރގެ ބެޓެރީ ސްޓޯރޭޖް ކެޕޭސިޓީ އާއި ޒަމާނީ އެނަރޖީ މެނޭޖުމަންޓް ސިސްޓަމެއް ހިމެނެއެވެ.

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ
ހަބަރު 17 Aug 2026

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ

ވަޒީރު މިހެން ވިދާޅުވީ ސްކޫލުތަކުގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުން އިންކުލޫސިވް ޕެޑަގޮޖީއަށް ތަމްރީނުކުރުމަށް ފެށި "އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއުޓީ އެންޑް އިންކްލޫޝަން" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައެވެ. މި ޕްރޮގްރާމްގެ ދަށުން އީ ލާނިން ހަތް މޮޑިއުލެއް ފަރުމާކޮށް އެދުރު ޕޯޓަލް މެދުވެރިކޮށް ސްކޫލުތަކަށް ހުޅުވައިލައިފައިވެއެވެ.

އެމްޓީސީސީގެ ޓެކްސީ އެޕްގެ ޑޭޓާ ލީކުކުރި މުވައްޒަފުގެ މައްސަލަ ފުލުހަށް ހުށަހަޅައިފި
ހަބަރު 17 Aug 2026

އެމްޓީސީސީގެ ޓެކްސީ އެޕްގެ ޑޭޓާ ލީކުކުރި މުވައްޒަފުގެ މައްސަލަ ފުލުހަށް ހުށަހަޅައިފި

އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ޓެކްސީ އެޕްގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ރައްކާކޮށްފައި ހުރި މަޢުލޫމާތުތަކަށް ބަދަލު ގެނެސް އެ ސިސްޓަމުގެ ސްކްރީން ޝޮޓް ނެގުމަށް ފަހު ބޭރަށް ލީކުކޮށްލީ އެ ކުންފުނީގައި ވަޒީފާ އަދާކުރަމުން އައި މުވައްޒަފެކެވެ.