Newscast
ހަބަރު

ހިޔާވަހި ލޯނު ސްކީމުން 244 މީހަކަށް ފައިސާ ދޫކޮށް އިތުރު 629 މީހަކަށް ލޯނު ދޫކުރަނީ

ލިޔުނީ: އަހުމަދު އާހިލް ސައީދު 25 Aug 2026
ހިޔާވަހި ލޯނު ސްކީމުން 244 މީހަކަށް ފައިސާ ދޫކޮށް އިތުރު 629 މީހަކަށް ލޯނު ދޫކުރަނީ
ހިޔާވެހި ފައިނޭންސިން ސްކީމް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް. ފޮޓޯ: ހައުސިންގ މިނިސްޓްރީ

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިދިޔަ އަހަރުގެ އެޕްރީލް 30 ވަނަ ދުވަހު އެ ސްކީމަށް ހުށަހެޅުމުގެ ފުރުސަތު ބަންދުވިއިރު ޖުމްލަ 2256 އެޕްލިކޭޝަން ހުށަހެޅުނު ކަމަށެވެ. ބޭންކުތަކާއި ހައުސިން ވުޒާރާ އާއި ހުށަހެޅި ފަރާތްތައް ގުޅިގެން ތަފާތު މަރުހަލާތަކުގައި ބެލުމަށް ފަހު 891 ފޯމެއް އެޕްރޫވް ކޮށްފައިވާ ކަމަށެވެ. އެ 891 ފަރާތަށް މި އަހަރު ނިމުމުގެ ކުރިން ލޯނު ދޫކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރާ ހިޔާވަހި ފައިނޭންސިން ސްކީމުގެ ދަށުން 244 ފަރާތަކަށް ލޯނު ދީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު 629 ފަރާތަކަށް ލޯނު ދޫކުރާނެ ކަމަށް ބޯހިޔާވަހިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިދިޔަ އަހަރުގެ އެޕްރީލް 30 ވަނަ ދުވަހު އެ ސްކީމަށް ހުށަހެޅުމުގެ ފުރުސަތު ބަންދުވިއިރު ޖުމްލަ 2256 އެޕްލިކޭޝަން ހުށަހެޅުނު ކަމަށެވެ. ބޭންކުތަކާއި ހައުސިން ވުޒާރާ އާއި ހުށަހެޅި ފަރާތްތައް ގުޅިގެން ތަފާތު މަރުހަލާތަކުގައި ބެލުމަށް ފަހު 891 ފޯމެއް އެޕްރޫވް ކޮށްފައިވާ ކަމަށެވެ. އެ 891 ފަރާތަށް މި އަހަރު ނިމުމުގެ ކުރިން ލޯނު ދޫކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އޭގެ ތެރެއިން މިހާރު އަޅުގަނޑުމެން ވާނީ 629 މީހަކަށް ލޯނު ދޫކުރުމަށް އެންމެ ފަހުގެ މަރުހަލާގެ ތައްޔާރީތައް ވެފައި. 244 ފަރާތަކަށް މިހާރު ވާނީ ލޯނު ދޫކޮށްފައި. އެެހެންވީމަ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ބާކީ އޮތް 629 މީހުންނަށް ވެސް ލޯނު ދޫކުރެވިގެން ދާނެ" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ސްކީމަށް ހުށަހެޅި ގިނަ ބައެއްގެ ކުރެހުންތައް އުސޫލާ އެއްގޮތް ނުވުމުގެ ސަބަބުން ބައެއް ދަތިތައް ކުރިމަތިވި ކަމަށެވެ. އުސޫލު ބުނާ ގޮތުން އިމާރާތުގެ 20 އިންސައްތައަށް ވުރެ ބޮޑު ބައެއް ކޮމާޝަލް ބޭނުމަށް ޚާއްޞަ ނުކުރެވޭނެ ކަމަށާއި ބާކީ ބައި ދިރިއުޅުމުގެ ބޭނުމަށް ކަނޑައަޅަން ޖެހޭ ކަމަށެވެ. ނަމަވެސް ގިނަ ފޯމުތައް ހުށަހެޅީ އެ މިންގަނޑާ ޚިލާފަށް ކަމުން އެކަން ރަނގަޅު ކުރުމަށް ވަގުތު ނެގި ކަމަށެވެ.

އެ ސްކީމުގައި ތިން ކެޓަގަރީއެއް ހިމެނެއެވެ. ހުރިހާ ރަށަކަށް ހުޅުވައިލެވޭ "ރަށްވެހި" ކެޓަގަރީން ގިނަވެގެން އެއް މިލިއަން ރުފިޔާގެ ލޯނެއް ލިބޭއިރު އެ ކެޓަގަރީން 363 ފޯމެއް ވަނީ އެޕްރޫވް ކޮށްފައެވެ. އާބަން ސަރަހައްދުތަކަށް ޚާއްޞަ "ސަހަރު" ކެޓަގަރީން ތިން މިލިއަން ރުފިޔާ ލިބޭއިރު 438 ފޯމެއް ފާސްކޮށްފައިވެއެވެ. މާލެ ސަރަހައްދަށް ޚާއްޞަ "ފަހިމާލެ" ކެޓަގަރީން ހަ މިލިއަން ރުފިޔާއާ ހަމައަށް ލިބޭ ގޮތަށް 40 ލޯނެއް ވަނީ ފާސްކޮށްފައެވެ.

ބީއެމްއެލް އާއި އެޗްޑީއެފްސީ އަދި އެމްއައިބީ މެދުވެރިކޮށް ހިންގާ މި ސްކީމުން ލޯނު ދޫކުރަނީ ފަހެއް އާއި 10 އިންސައްތައާ ދެމެދުގެ އިކުއިޓީ ރޭޓެއްގައެވެ. ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ކަނޑައަޅާފައިވާއިރު ރަށްވެހި ކެޓަގަރީގެ ލޯނު ނަގާ ފަރާތްތަކުން އިކުއިޓީގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހެއެވެ. ސަހަރު ކެޓަގަރީގެ އިކުއިޓީ އަކީ ފަސް އިންސައްތަ ކަމަށް ވާއިރު ފަހިމާލެ ކެޓަގަރީން 10 އިންސައްތަ ބަހައްޓަން ޖެހެއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މި ސްކީމަކީ ވަރަށް ކާމިޔާބު މަޝްރޫޢެއް ކަމަށާއި މީގެ ދަށުން ޖުމްލަ އެއް ބިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެ ކަމަށެވެ. މީގެ އިތުރުން މިފަދަ އެހެން މަޝްރޫޢެއް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އިފްތިތާހު ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ޑޮލަރު އާމްދަނީގެ 40 އިންސައްތަ މާރުކުރުވުމުން އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ
ހަބަރު 25 Aug 2026

ޑޮލަރު އާމްދަނީގެ 40 އިންސައްތަ މާރުކުރުވުމުން އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ

އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ނަޝީދު ވިދާޅުވީ ގިނަ ރިސޯޓުތަކަކީ ޑޮލަރުން އަދާކުރަން ޖެހޭ ބޮޑެތި ދަރަނި ހުރި ތަންތަން ކަމަށެވެ. އެ ވިޔަފާރިތަކުގެ ބޮޑު ބައެއް ބޭންކު ލޯނު ނަގައިގެން ފައިނޭންސްކޮށްފައިވާ ބޭރުގެ އިންވެސްޓްމަންޓުތައް ކަމުން ޑޮލަރު އާމްދަނީގެ މިހާ ބޮޑު ނިސްބަތެއް މާރުކުރުވައިފިނަމަ އެ ފަރާތްތަކަށް ލިބޭ ފައިދާ ކުޑަވެ ރާއްޖެއާ މެދު ޝައުގުވެރިކަން ދަށްވެދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާގައި ހަކުރުގެ އަގު ރެކޯޑް މިންވަރަކަށް އުފުލިއްޖެ
ދުނިޔެ 25 Aug 2026

އިންޑިއާގައި ހަކުރުގެ އަގު ރެކޯޑް މިންވަރަކަށް އުފުލިއްޖެ

އިންޑިއާގެ ކޮންސިއުމާ އެފެއާޒް ފުޑް އެންޑް ޕަބްލިކް ޑިސްޓްރިބިއުޝަން ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އާދިއްތަ ދުވަހާ ހަމައަށް ހަކުރު ކިލޯއެއް ރީޓެއިލްކޮށް ވިއްކި އެވެރެޖް އަގު ވަނީ 62.47 ރުޕީސްއަށް އަރައިފައެވެ. ޖުލައި މަހު ކިލޯއެއް ގަންނަން ލިބުނީ 48.18 ރުޕީސްއަށް ކަމަށް ވާއިރު މިދިޔަ އަހަރުގެ އޮގަސްޓް މަހު އެ އަގު ހުރީ 46.3 ރުޕީސްގައެވެ. ހޯލްސޭލް ބާޒާރުގައި 100 ކިލޯގެ ބަސްތާއެއް 5،801.29 ރުޕީސްއަށް އުފުލިފައި ވާއިރު ޖުލައި މަހު އެ ބަސްތާއެއް ލިބުނީ 4،510.76 ރުޕީސްއަށެވެ.

ފޭދޫ ސްކޫލް ކެޑޭޓް ކޭމްޕުގައި ކާނާވިހަވެ 24 ކުދިންނަށް ފަރުވާދީފި
ހަބަރު 25 Aug 2026

ފޭދޫ ސްކޫލް ކެޑޭޓް ކޭމްޕުގައި ކާނާވިހަވެ 24 ކުދިންނަށް ފަރުވާދީފި

ކާނާވިހަވި ދަރިވަރުންގެ ތެރެއިން 12 ކުއްޖަކަށް ފޭދޫ ހެލްތު ސެންޓަރުގައި އަދި އަނެއް 12 ކުއްޖަކަށް މަރަދޫ ހެލްތު ސެންޓަރުގައި ފުރަތަމަ އެޑްމިޓްކޮށް ފަރުވާ ދިން ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. އެ ދެ ސެންޓަރުގައި ތިބި ކުދިންގެ ތެރެއިން ބައެއް ކުދިން ފަހުން އޭއީއެޗަށް ބަދަލުކޮށްފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވޯޓުލާ މީހުންގެ ދުވަސް ފާހަގަކޮށް ޚާއްޞަ ބަޔާނެއް ނެރެފި
ހަބަރު 25 Aug 2026

އިލެކްޝަންސް ކޮމިޝަނުން ވޯޓުލާ މީހުންގެ ދުވަސް ފާހަގަކޮށް ޚާއްޞަ ބަޔާނެއް ނެރެފި

އެ ކޮމިޝަނުން ފާހަގަކުރި ގޮތުގައި މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ޑިމޮކްރެސީގައި ރައްޔިތުން ބައިވެރިވާ މިންވަރު އިތުރުކުރުމާއި އިންތިޚާބީ ނިޒާމާ މެދު އިތުބާރު ބޮޑުކުރުމެވެ. އޭގެ އިތުރުން ވޯޓުލުމުގެ މުހިންމުކަމާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ ވެސް މި ދުވަހުގެ މަޤުޞަދެއް ކަމަށް އީސީން ބުނެފައިވެއެވެ. މި އަހަރުގެ ޝިޢާރެއް ގޮތުގައި ކަނޑައަޅާފައި ވަނީ "ވޯޓަކީ ހައްގެއް އަދި ޒިންމާއެއް!" މިއެވެ.

އިސްލާމް މާއްދާއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް އިމާމުކަން ކުރެވޭނެ ކަމަށް ޑރ. ޝަހީމް ވިދާޅުވެއްޖެ
ހަބަރު 25 Aug 2026

އިސްލާމް މާއްދާއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް އިމާމުކަން ކުރެވޭނެ ކަމަށް ޑރ. ޝަހީމް ވިދާޅުވެއްޖެ

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި ބައިވެރިންނަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުގައި ޒަމާނުއްސުރެ ޚިދުމަތްކުރަމުން އައި ޖީލެއް ނެތިދިޔުމާ ގާތްވެފައިވާ ކަމަށެވެ. ގިނަ އިމާމުންނާއި ޚަޠީބުން މުސްކުޅިވެ އެ ބޭފުޅުންގެ ތެރެއިން ގިނަ ބަޔަކު ނިޔާވެ ރާއްޖޭގެ ރަށްރަށަށް އެ ކަމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ޖޫރިމަނާ އަދީބު އެއްކޮށް ދައްކައި ޚަލާޞްކޮށްފި
ހަބަރު 25 Aug 2026

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ޖޫރިމަނާ އަދީބު އެއްކޮށް ދައްކައި ޚަލާޞްކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން )އެމްއެމްޕީއާރުސީ(ގެ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ހަތް ދަޢުވާއެއް ސާބިތުވެ 20 އަހަރުގެ ޖަލު ޙުކުމެއް އިއްވައި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެއެވެ. އެ ޖޫރިމަނާގެ ފުރަތަމަ އެއް މިލިއަން ރުފިޔާ ކުރިން ދެއްކި ނަމަވެސް ބާކީ ފައިސާ ނުދެއްކުމާ ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 11 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީއެވެ.