އީރާނުން ޚާރްގް ޖަޒީރާގައި ތެޔޮ ބޯޓަށް އެރުވުން އަލުން ފަށައިފި
އެ ކުންފުނިން ބުނި ގޮތުގައި އީރާނުގެ ނެޝަނަލް އީރޭނިއަން ޓޭންކާ ކޮމްޕެނީގެ ސުޕާ ޓޭންކަރެއް ހުކުރު ދުވަހު ޚާރްގް ޖަޒީރާގެ އަޒާރްޕާދް ޖެޓީގައި ގާތްގަނޑަކަށް ދެ މިލިއަން ފީފާ ސާފުނުކުރާ ތެޔޮ ބޯޓަށް އަރުވަމުން ދިޔައެވެ.
ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން މެދުކެނޑިފައި އޮތް ތެޔޮ ބޯޓުތަކަށް އެރުވުމުގެ މަސައްކަތް އީރާނުގެ މައި ތެޔޮ ބަނދަރު ކަމަށްވާ ޚާރްގް ޖަޒީރާގައި އަލުން ފަށާފައިވާކަން ކަނޑުދަތުރުފަތުރު ބެލުމުގެ ޚިދުމަތެއް ކަމަށްވާ ޓޭންކާ ޓްރެކާޒުން ހާމަކޮށްފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި އީރާނުގެ ނެޝަނަލް އީރޭނިއަން ޓޭންކާ ކޮމްޕެނީގެ ސުޕާ ޓޭންކަރެއް ހުކުރު ދުވަހު ޚާރްގް ޖަޒީރާގެ އަޒާރްޕާދް ޖެޓީގައި ގާތްގަނޑަކަށް ދެ މިލިއަން ފީފާ ސާފުނުކުރާ ތެޔޮ ބޯޓަށް އަރުވަމުން ދިޔައެވެ.
ޖުލައި ފަހުކޮޅަށް ފަހު މި ޖަޒީރާގައި ތެޔޮ ލޯޑުކުރި ފުރަތަމަ ފަހަރު ފާހަގަކުރެވުނީ މިފަހަރުގައި ކަމަށް ޓޭންކާ ޓްރެކާޒުން ބުނެފައިވެއެވެ.
ޚާރްގް ޖަޒީރާ އަކީ އީރާނުން ބޭރުކުރާ ސާފުނުކުރާ ތެލުގެ ގާތްގަނޑަކަށް 90 އިންސައްތަ ފޮނުވައިލާ މައި މަރުކަޒެވެ.
ޓޭންކާ ޓްރެކާޒުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މިހާރު އީރާނުގެ ޖުމްލަ ތެޔޮ އުފެއްދުން އޮތީ އެ ޤައުމުގެ އެތެރޭގެ ބޭނުންތަކާ ދާދި އެއް ހަމައެއްގައެވެ. "މާނައަކީ ބޭރުކުރާނެ ގިނަ ތެލެއް ނޯވެދާނެ ކަމެވެ" ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ޖުލައި މެދުތެރޭގައި އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ކަނޑުމަގުން ބަންދުކުރުމުގެ ފިޔަވަޅު އަލުން ތަންފީޒުކޮށްފައެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް