ތިން ޤައުމެއް ގުޅިގެން ސޮއިކުރި ދިފާޢީ އެއްބަސްވުމަށް އިތުރު ޤައުމުތަކަށް ވަދެވޭނެ
ސަޢޫދީ ވަލީއަޙުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާންގެ ދަޢުވަތަކަށް އުރުދުޣާން މައްކާއަށް ކުރެއްވި ޒިޔާރަތެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވެސް ބައިވެރިވެވަޑައިގެން މި އެއްބަސްވުމުގައި ސޮއިކުރެވުނެވެ. ސަރަޙައްދީ ހަމަޖެހުމާއި އަމާންކަމާއި ތަރައްޤީ އެދޭ ހުރިހާ ރަޙުމަތްތެރި ޤައުމުތަކަކުން ވެސް މީގައި ބައިވެރިވުމަށް އުރުދުޣާން ވަނީ ގޮވައިލައްވައިފައެވެ.
ތުރުކީވިލާތާއި ސަޢޫދީ ޢަރަބިއްޔާ އަދި ޕާކިސްތާނު ގުޅިގެން މައްކާގައި އެކުލަވައިލި ދިފާޢީ އެއްބަސްވުމަކީ އެއްވެސް ވަކި ޤައުމަކާ ދެކޮޅަށް ހެދިފައިވާ އެއްޗެއް ނޫން ކަމަށާއި ސަރަޙައްދުގެ އެހެން ޤައުމުތަކަށް ވެސް ބައިވެރިވެވޭނެ ކަމުގައި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ހާމަކުރައްވައިފިއެވެ.
ސަޢޫދީ ވަލީއަޙުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާންގެ ދަޢުވަތަކަށް އުރުދުޣާން މައްކާއަށް ކުރެއްވި ޒިޔާރަތެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވެސް ބައިވެރިވެވަޑައިގެން މި އެއްބަސްވުމުގައި ސޮއިކުރެވުނެވެ. ސަރަޙައްދީ ހަމަޖެހުމާއި އަމާންކަމާއި ތަރައްޤީ އެދޭ ހުރިހާ ރަޙުމަތްތެރި ޤައުމުތަކަކުން ވެސް މީގައި ބައިވެރިވުމަށް އުރުދުޣާން ވަނީ ގޮވައިލައްވައިފައެވެ.
މި އެއްބަސްވުމުގެ ތެރެއިން ސަލާމަތީ ދާއިރާގެ އެއްބާރުލުން ފުޅާކުރެވި ދިފާޢީ ސިނާޢަތުގެ ގުޅިފައިވާ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމަށް އުރުދުޣާން ވިދާޅުވިއެވެ. އެއާއެކު ނިރުބަވެރިކަމާ ދެކޮޅު ހަރަކާތްތައް ވެސް ވަރުގަދަ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
އެކުވެރި ދައުލަތްތަކުގެ ޗާޓަރުގެ 51 ވަނަ މާއްދާ ކަށަވަރުކޮށްދޭ އަމިއްލަ ދިފާޢުގެ ޙައްޤު މި އެއްބަސްވުމުން އައުކޮށްދޭ ކަން ފާހަގަކުރައްވައި މަޝްވަރާގެ އުސޫލުން މައްސަލަތައް ޙައްލުކުރުމުގައި ތުރުކީ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވެސް އޭނާ ދެއްވިއެވެ.
ތުރުކީގެ މަޞްދަރުތަކާ ޙަވާލާދީ ބުނެފައި ވަނީ މި އެއްބަސްވުމުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ތިން ޤައުމުން ކުރެ ޤައުމަކަށް ދެވޭ ޢުދުވާނީ ހަމަލާއެއް ތިން ޤައުމަށް ދެވޭ ހަމަލާއެއް ކަމުގައި ބެލެވޭ ގޮތަށް ކަނޑައެޅިފައި ވުމެވެ. މީގެ ސަބަބުން ގުޅިފައިވާ ދިފާޢީ ޤާބިލުކަން ވަރުގަދަވެ ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ޞުލްޙައަށް ކުރެވޭ މަސައްކަތް ހަރުދަނާވާނެ ކަމަށް އެ މަޞްދަރުތަކުން ބުނެފައިވެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް