ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިންގ ޓެކްސް ދެ ގުނައަށް ބޮޑުކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
މިއަދުގެ ޖަލްސާގައި މި ބިލާ އެއްކޮޅަށް 54 މެންބަރުން ވޯޓު ދެއްވިއިރު ދެކޮޅަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ.
ރާއްޖޭގައި ވަޒަންވެރިނުވެ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސް %5 އިން %10 އަށް ބޮޑުކުރުމަށް އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއަދުގެ ޖަލްސާގައި މި ބިލާ އެއްކޮޅަށް 54 މެންބަރުން ވޯޓު ދެއްވިއިރު ދެކޮޅަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ.
ފާސްވި އިސްލާހުގެ ދަށުން ރާއްޖޭގައި ވިޔަފާރި ހިންގާ ފަރާތަކުން ރާއްޖޭގައި ވަޒަންވެރިނުވާ ކޮންޓްރެކްޓަރަކަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު އެ ޢަދަދުގެ %10 ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކަން ލާޒިމުވާނެއެވެ. މީގެ ކުރިން ޤާނޫނުގައި އެ ނިސްބަތް ހުރީ %5 ގައެވެ.
މި ބަދަލު ގެނައުމުގެ ބޭނުމެއް ކަމަށް ސަރުކާރުން ބުނެފައި ވަނީ ކޮންސްޓްރަކްޝަން ދާއިރާގައި ދިވެހި ކުންފުނިތަކާއި ބޭރުގެ ކޮންޓްރެކްޓަރުންނާ ދެމެދު ވާދަކުރެވޭ ހަމަހަމަ މާހައުލެއް ޤާއިމުކުރުމެވެ.
ސަރުކާރުގެ އަންދާޒާއަށް ބަލާއިރު މި އިސްލާހުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް އަހަރެއްގެ މައްޗަށް އެވްރެޖުކޮށް 251 މިލިޔަން ރުފިޔާ އިތުރުވާނެ ކަމަށް ބެލެވެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް