މައިގަނޑު ބަޔަށް ދާން

ހަބަރު

އޮންލައިން ވިޔަފާރީގެ ދަތިތައް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

"ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އަހުމަދު އާހިލް ސައީދު

އޮންލައިން ވިޔަފާރީގެ ދަތިތައް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

"ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް އޮފީހުގައި ކުރިއަށް ގެންދެވި އެ ޕްރޮގްރާމްގައި ރައީސާ ބައްދަލުކުރި ފަރާތަކުން ވަނީ ޓޭމޫ ފަދަ ސައިޓުތައް މެދުވެރިކޮށް އޮންލައިންކޮށް ވިޔަފާރިކުރުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް، އެކަން ހައްލުކޮށްދެއްވުމަށް އެދިފައެވެ. އެ ފަރާތުން ބުނީ އެކަން ހައްލުވެއްޖެ ނަމަ ރައީސަށް އޮތް ތާއީދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެ މައްސަލަ ހައްލުކުރެއްވުމަށް ރެއާއި ދުވާލު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އޮންލައިން ވިޔަފާރިކުރުމަށް ހުރި ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އޮންލައިންކޮށް ވިޔަފާރިކުރުމަކީ ދިވެހިން ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން އައި ކަމެކެވެ. މި ދާއިރާ މިހާ ބޮޑަށް ކޮންޓްރޯލްކޮށް ފިޔަވަޅުތަކެއް އެޅި މިއީ ފުރަތަމަ ފަހަރެވެ. އެކަމާ ގުޅިގެން ސަރުކާރާއި ބޭންކުތަކަށް ރައްޔިތުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.