މައިގަނޑު ބަޔަށް ދާން

ހަބަރު

ވިލިމާލެ މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު ފަންނާނުން 15 ދުވަހަށް ބަންދުކޮށްފި

މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި ޓްރެފިކް ކުރުމުގެ ތުހުމަތުގައި އިއްޔެ ވިލިމާލެއިން ހައްޔަރުކުރި ފިލްމީ ހަތަރު ފަންނާނެއްގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

އަހުމަދު އާހިލް ސައީދު

ވިލިމާލެ މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު ފަންނާނުން 15 ދުވަހަށް ބަންދުކޮށްފި

މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި ޓްރެފިކް ކުރުމުގެ ތުހުމަތުގައި އިއްޔެ ވިލިމާލެއިން ހައްޔަރުކުރި ފިލްމީ ހަތަރު ފަންނާނެއްގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ހައްޔަރުކޮށްފައިވަނީ އަހްމަދު އަޒްމީލް (އަޒޭ) އާއި އިސްމާއީލް ޖުމައިހް (ޖުމާ) އާއި މުހައްމަދު ވިޝާލް (ރޯމަން) އަދި ޝާހިލް މުހައްމަދެވެ. އެ ހަތަރު މީހުންގެ މައްޗަށް ކުރެވެނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތެވެ.

ބަންދާ ގުޅޭ މަޖިލީހުގައި ތުހުމަތުތަކާ ގުޅޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށައަޅާފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ. ސީނަށް ދިޔަ ފުލުހުންގެ ބަޔާންތައް ހުށައަޅާފައިވާއިރު، ޖުމާ އާއި ރޯމަން މަސްތުވާތަކެތީގެ ތިން ބާވަތެއް ކަމަށްވާ އެމްއޭޕީ އާއި ސީއޭޓީ އަދި ޓީއެޗްސީއަށް ޕޮޒިޓިވްވެފައިވާ ކަމަށް އައިއޯ އިން ފާހަގަކޮށްފައިވާ ކަން ބަންދު އަމުރުން އެނގިފައިވެއެވެ. އެ މީހުން ތިބި ކޮޓަރީގައި ހުރި މޭޒެއްގެ މަތީގައި މަސްތުވާތަކެތި ހާމައަށް ހުރި ކަންވެސް ފުލުހުންގެ ބަޔާނުން ހާމަވެފައިވެއެވެ.

ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ޖުމާ ފިޔަވައި ދެން ތިބި ތިން މީހުންނަކީ ވެސް މީގެ ކުރިން ހައްޔަރުކޮށްފައިވާ މީހުން ކަން ބަންދު އަމުރުން އެނގެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.