ތިލަފުށީ ބަނދަރު މަޝްރޫޢު އަންނަ އަހަރު ނޮވެމްބަރަށް ހުޅުވުމަށް އަމާޒު ހިފައިފި
ރައީސް އޮފީހުން އުފައްދައި ކުރިއަށް ގެންދާ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަޝްރޫޢަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ މަސައްކަތް ކަމަށެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަކީ މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫޢު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން އުފައްދައި ކުރިއަށް ގެންދާ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަޝްރޫޢަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ މަސައްކަތް ކަމަށެވެ.
ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫޢެއްގެ ގޮތުގައިވެސް އެމަނިކުފާނު އެ މަޝްރޫޢު ސިފަކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކެއް ގުޅިގެން ވަރަށް ބާރަށް އެ މަސައްކަތް އެބަ ހިނގާ. ސަރުކާރުގެ އަމާޒަކީ މި އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 އަށް އެތަން ހުޅުވުން." ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ހާމަކުރެއްވި ގޮތުގައި ކަމާ ގުޅުން ހުރި އެކި ފަރާތްތައް ގުޅިގެން އެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް އެބަ ގެންދެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް