އީޔޫ އާއި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް ދިޔާނާ
އީޔޫ އާއި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް ދިޔާނާ
Ahmed Aahil Saeed
08 July 2026
ކުރީގެ ބަންޑާރަ ނައިބު، ދިޔާނާ ސައީދ
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ދިޔާނާ އެ މަގާމަށް އައްޔަނުކުރުމާމެދު ގޮތެއް ނިންމަވައިދެއްވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ސިޓީފުޅު ފޮނުއްވާފަ އެވެ. އެ ސިޓީފުޅުގައި ރާއްޖޭގެ ގާނޫނުއަސާސީއާއި ރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނުގައިވާ ގޮތުގެމަތިން ރާއްޖެއިން ބެލްޖިއަމަށާއި އީޔޫއަށް ކަނޑައަޅުއްވާ ސަފީރަކަށް ދިޔާނާގެ ނަން ހުށަހަޅުއްވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އެ ސިޓީފުޅު އިއްވެވުމަށް ފަހު ދިޔާނާގެ ނަން ދިރާސާކޮށް މަޖިލީހުން ރުހުންދިނުމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
ދިޔާނާ އަކީ ރާއްޖެ މި ފަހުން ދުށް އެންމެ މޮޅެތި ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަަޑައިގަންނަވާ ބޭފުޅެކެވެ. ކުރީން ވަނީ ބަންޑާރަނާއިބު ކަމާއި ސާކުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުވެސް ފުރުއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް