ޤައުމީ ދުވަސް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް ވަޑައިގެންފި
އެ ރަށަށް ދެކަނބަލުން ފައިބައިވަޑައިގެންނެވުމާ އެކު އުތީމު ރައްޔިތުންގެ ފަރާތުން ހޫނު މަރުޙަބާއެއް ދެންނެވިއެވެ. މި ދަތުރުފުޅުގައި ޤައުމީ ދުވަހާ ގުޅިގެން ބާއްވާ ތަފާތު ހަރަކާތްތަކެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހއ. އުތީމަށް މިއަދު ވަޑައިގެންފިއެވެ.
އެ ރަށަށް ދެކަނބަލުން ފައިބައިވަޑައިގެންނެވުމާ އެކު އުތީމު ރައްޔިތުންގެ ފަރާތުން ހޫނު މަރުޙަބާއެއް ދެންނެވިއެވެ. މި ދަތުރުފުޅުގައި ޤައުމީ ދުވަހާ ގުޅިގެން ބާއްވާ ތަފާތު ހަރަކާތްތަކެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
އެ ގޮތުން ބޮޑުތަކުރުފާނު ދޮރާށި ހުޅުއްވައިދެއްވުމާއި "ވާހަކަ ވައު" ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުތައް ކުރިއަށް ގެންދެވުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވެސް ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރަސްމީ ޖަލްސާގައި ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޝަރަފު އުތީމު ރައްޔިތުންނަށް އެރުވުމާއި ދިވެހި ދައުލަތުގެ ޢިއްޒަތް އެރުވުމާއި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަދި ހިތްވަރުދިނުމުގެ ޤައުމީ އިނާމު ޙައްޤުވާ ފަރާތްތަކަށް އެ ޝަރަފާއި އިނާމު ދެއްވުން ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.
ޤައުމީ ފެންވަރުގައި މި އަހަރުގެ ޤައުމީ ދުވަސް އުތީމުގައި ފާހަގަކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް