ލައިސަންސް ނެތް ބިދޭސީއަކު ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި
ބޮޑުތަކުރުފާނުމަގު ބާޒާރުމަތީ ސަރަހައްދުގައި ރޭ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހިމެނޭ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
އަހުމަދު އާހިލް ސައީދު
ބޮޑުތަކުރުފާނުމަގު ބާޒާރުމަތީ ސަރަހައްދުގައި ރޭ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހިމެނޭ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 22:14 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ. އެކްސިޑެންޓުގައި 19 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ. ނަމަވެސް އޭނާއަށް މާ ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ލައިސަންސް ނެތި ސައިކަލު ދުއްވާފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ އެއްވެސް ލައިސަންސެއް އޮތް މީހެއް ނޫން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް