ދަރިވަރުންނާ މެދު ޖިންސީ ޢަމަލު ހިންގި ޓީޗަރަކު 15 އަހަރަށް ޖަލަށް ލައިފި
އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ އުފުލި އަޙްމަދު ޝަރީފްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރިން ނިންމީ އެ ރަށުގެ މެޖިސްޓްރޭޓް ކޯޓުންނެވެ. އެ ނިންމުމުގައި ދަށު ކޯޓުން ބެލި މައިގަނޑު ކަމަކީ އަޙްމަދު ޝަރީފްގެ ލޮލުގެ ފެނުން ދަށްވުމާއި އިވުމުގެ މައްސަލަ ހުރުމެވެ. ކުލާސް ތެރޭގައި ހިނގީ ގަސްތަކާ ނުލައި އޮޅިގެން ހިނގި ކަންތައްތަކެއް ކަމަށް ދިފާޢުން ބުނި ބުނުން ދަށު ކޯޓުން ބަލައިގަތެވެ.
ދެކުނުގެ ރަށެއްގެ ސްކޫލެއްގައި އިސްލާމް ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރި މީހަކު ގްރޭޑް ހަތެއްގެ އަންހެން ދަރިވަރުންތަކަކާ މެދު ޖިންސީ ޢަމަލު ހިންގިކަން ސާބިތުވެ ދަށު ކޯޓުން ކުރިން ކޮށްފައި އޮތް ކުށް ސާބިތުނުވާ ކަމުގެ ޙުކުމް ބާޠިލުކޮށް 15 އަހަރުގެ ޖަލު ޙުކުމެއް ހައި ކޯޓުން މި މަހު އިއްވައިފިއެވެ.
އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ އުފުލި އަޙްމަދު ޝަރީފްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރިން ނިންމީ އެ ރަށުގެ މެޖިސްޓްރޭޓް ކޯޓުންނެވެ. އެ ނިންމުމުގައި ދަށު ކޯޓުން ބެލި މައިގަނޑު ކަމަކީ އަޙްމަދު ޝަރީފްގެ ލޮލުގެ ފެނުން ދަށްވުމާއި އިވުމުގެ މައްސަލަ ހުރުމެވެ. ކުލާސް ތެރޭގައި ހިނގީ ގަސްތަކާ ނުލައި އޮޅިގެން ހިނގި ކަންތައްތަކެއް ކަމަށް ދިފާޢުން ބުނި ބުނުން ދަށު ކޯޓުން ބަލައިގަތެވެ.
އޭގެ އިތުރުން އަނިޔާ ލިބުނު ކުދިން ހާދިސާ ކިޔައިދިންއިރު ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށާއި ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކުރެވޭ ފަދަ ހެކިތަކެއް ނެތް ކަމަށް ދިފާޢުން ފާހަގަކުރި ނުކުތާތަކަށް ވެސް ދަށު ކޯޓުން ރިޢާޔަތްކޮށްފައިވެއެވެ.
ދައުލަތުގެ ފަރާތުން އެ ޙުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރުމުން މި މަހުގެ 18 ވަނަ ދުވަހު ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުން ބާޠިލުކޮށް ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅައިފައެވެ. ފަނޑިޔާރު ޙުސައިން މަޒީދާއި ފަނޑިޔާރު ޙަސަން ޝަފީޢު އަދި ފަނޑިޔާރު ފާޠިމަތު ފަރުހީޒާ ހިމެނިވަޑައިގެންނެވި ބެންޗުން ތިން ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވީ އަޙްމަދު ޝަރީފް 15 އަހަރު ދުވަހަށް ޖަލަށް ލުމަށެވެ.
މި ޙުކުމުގައި ތަޙުޤީޤާއި ޝަރީޢަތުގެ މަރުޙަލާގައި އަޙްމަދު ޝަރީފް ބަންދުގައި ހޭދަކުރި 35 ދުވަސް ޖަލު އަދަބުން ވަނީ އުނިކޮށްފައެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް