މަރިޔަމް މުނާ ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ އެސްޖީކަމާ ހަވާލުވެވަޑައިގެންފި
އެ ޖަމިއްޔާގެ ހިންގާ ކޮމިޓީން ވަނީ މި ނިންމުން އިއުލާނުކޮށް މުނާގެ ލީޑަޝިޕުގެ ދަށުން އެސޯސިއޭޝަނަށް އިތުރު ކުރިއެރުން ހޯދޭނެ ކަމުގެ ޔަގީންކަން ފާޅުކޮށްފައެވެ. މުނާގެ ކުރިން މި މަގާމު ފުރުއްވީ އަބްދުﷲ ބިޝާރެވެ.
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މަރިޔަމް މުނާ ހަމަޖައްސައިފިއެވެ.
އެ ޖަމިއްޔާގެ ހިންގާ ކޮމިޓީން ވަނީ މި ނިންމުން އިއުލާނުކޮށް މުނާގެ ލީޑަޝިޕުގެ ދަށުން އެސޯސިއޭޝަނަށް އިތުރު ކުރިއެރުން ހޯދޭނެ ކަމުގެ ޔަގީންކަން ފާޅުކޮށްފައެވެ. މުނާގެ ކުރިން މި މަގާމު ފުރުއްވީ އަބްދުﷲ ބިޝާރެވެ.
މީޑިއާއާ ވާހަކަދައްކަވަމުން މުނާ ވިދާޅުވީ އެންމެ ބޮޑު ތަސައްވުރެއްގެ ގޮތުގައި ގެންގުޅުއްވަނީ ރާއްޖޭގައި ޕޫލް ބިލިއާޑް ފުޅާކޮށް ގިނަ ބައެއް ޝާމިލުވާ މަގުބޫލު ކުޅިވަރަކަށް ހެއްދެވުން ކަމަށެވެ. ހަމައެއާއެކު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ދިވެހި ކުޅުންތެރިންނަށް ވާދަކުރެވޭނެ ފުރުސަތު ފަހިކޮށްދެއްވައި ބޭރު ދުނިޔޭގެ ތަޖުރިބާ ހޯއްދަވައިދެއްވުމަކީ ވެސް އިސްކަން ދެއްވާ ދާއިރާއެއް ކަމަށް ވިދާޅުވިއެވެ.
ޒުވާން ޖީލެއް ބިނާކުރެއްވުމަށް ވެސް މުނާ ޚާއްސަ ސަމާލުކަމެއް ދެއްވައެވެ. ސްކޫލްތަކާ ގުޅިގެން ދަރިވަރުންގެ މެދުގައި މި ކުޅިވަރު ތައާރަފްކޮށް ޝައުގުވެރިކަން އުފެއްދެވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ވަށާޖެހޭ އުސޫލުތަކެއް ގާއިމުކޮށް ކުޅިވަރުގެ ހިންގުން ހަރުދަނާ ކުރެއްވުމަކީ ވެސް ލަނޑުދަނޑިއެއް ކަމުގައި ފާހަގަކުރެއްވިއެވެ.
މުނާއަކީ ދައުލަތުގެ ގިނަ މުއައްސަސާތަކެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ދިފާއީ ވުޒާރާގެ އެސިސްޓަންޓް ޑިރެކްޓަރުކަމާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ކަމާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމާއި ކޮމިޝަނަރުކަމުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވާފައިވެއެވެ.
މުނާ ވަނީ އޮސްޓްރޭލިޔާގެ އީޑިތް ކޯވަން ޔުނިވަރސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފައެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް