Newscast
ހަބަރު

އެލްޖީއޭއިން ހޯރަފުށީ ކައުންސިލްގެ ރައީސް ތިން މަހަށް ސަސްޕެންޑުކޮށްފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 22 Aug 2026
އެލްޖީއޭއިން ހޯރަފުށީ ކައުންސިލްގެ ރައީސް ތިން މަހަށް ސަސްޕެންޑުކޮށްފި
ހޯރަފުށި ކައުންސިލްގެ ރައީސް ވަހީދު؛ ފޮޓޯ / މިހާރު

އެލްޖީއޭއިން ހާމަކުރި ގޮތުގައި އެ ކައުންސިލާ ގުޅޭ ގޮތުން ހުށަހެޅުނު ޝަކުވާތަކެއް ބެލުމަށް އިންކުއަރީއެއް ހިންގައި ޖުމްލަ އަށް މައްސަލައެއް ތަޙުޤީޤުކޮށްފައިވެއެވެ. ލާމަރުކަޒީ ޤާނޫނާއި ލޯކަލް ކައުންސިލުގެ ޢާންމު އިޖުރާއީ ގަވާއިދާއި މާލިއްޔަތު ގަވާއިދާ ޚިލާފު ޢަމަލުތައް ހިންގާފައިވާކަން އެ އިންކުއަރީން ސާބިތުވިއެވެ. ކައުންސިލް ރައީސަކީ ޤާނޫނާ އެއްގޮތަށް ކައުންސިލުގެ ކަންކަން ހިންގާކަން ކަށަވަރުކުރުމުގެ އެންމެ ބޮޑު ޒިންމާ އުފުލާ ފަރާތް ކަމުން ވަހީދާ މެދު ފިޔަވަޅު އެޅީ ކަމަށް އެލްޖީއޭގެ ރިޕޯޓުގައިވެއެވެ.

ހއ. ހޯރަފުށީ ކައުންސިލުން ޤާނޫނާއި ގަވާއިދުތަކާ ޚިލާފު އެތައް ކަމެއް ކޮށްފައިވާ ކަމަށް ފާހަގަކުރެވިގެން އެ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ސަސްޕެންޑުކޮށްފިއެވެ.

އެލްޖީއޭއިން ހާމަކުރި ގޮތުގައި އެ ކައުންސިލާ ގުޅޭ ގޮތުން ހުށަހެޅުނު ޝަކުވާތަކެއް ބެލުމަށް އިންކުއަރީއެއް ހިންގައި ޖުމްލަ އަށް މައްސަލައެއް ތަޙުޤީޤުކޮށްފައިވެއެވެ. ލާމަރުކަޒީ ޤާނޫނާއި ލޯކަލް ކައުންސިލުގެ ޢާންމު އިޖުރާއީ ގަވާއިދާއި މާލިއްޔަތު ގަވާއިދާ ޚިލާފު ޢަމަލުތައް ހިންގާފައިވާކަން އެ އިންކުއަރީން ސާބިތުވިއެވެ. ކައުންސިލް ރައީސަކީ ޤާނޫނާ އެއްގޮތަށް ކައުންސިލުގެ ކަންކަން ހިންގާކަން ކަށަވަރުކުރުމުގެ އެންމެ ބޮޑު ޒިންމާ އުފުލާ ފަރާތް ކަމުން ވަހީދާ މެދު ފިޔަވަޅު އެޅީ ކަމަށް އެލްޖީއޭގެ ރިޕޯޓުގައިވެއެވެ.

ބެލި އަށް މައްސަލައިގެ ތެރޭގައި 2025 ވަނަ އަހަރުގެ ތިލަ އުތުރު އަންހެނުންގެ ވޮލީ މުބާރާތަށް މާލިއްޔަތު ގަވާއިދާ ޚިލާފަށް ޚަރަދުކުރުމާއި ގޯތިތަކާ އިންވެގެންވާ ހުސް ބިންތައް ލޭންޑް ޔޫޒް ޕްލޭނާ ޚިލާފަށް ގޯތިތަކަށް އިތުރުކޮށްދިނުމާއި 2023 ގައި ބަނދަރު ސަރަޙައްދުގައި އިންދުމަށް ކަދުރު ރުއް ގަތުމުގައި ގަވާއިދާ ޚިލާފުވުން ހިމެނެއެވެ. މީގެ އިތުރުން މި އަހަރުގެ އަޟްޙާ ޢީދު ކުޅިވަރާއި ސްޓޭޖުގެ ކަންކަމަށް ގަވާއިދާ ޚިލާފަށް ޚަރަދުކުރުމާއި ޢީދަށް ރަށު ތެރެ ޒީނަތްތެރިކުރުމަށް ލައިޓް ގަންނަން ސްޕްލިޓްކޮށްގެން ގިނަ ފައިސާ ދޫކޮށް އެ ތަކެތި ކައުންސިލަށް ނުލިބި އޮތް މައްސަލައާއި ޕްރޮކިއުމެންޓުގައި މަސައްކަތްކުރާ މުވައްޒަފުން ބިޑް ކޮމިޓީގައި ތިބި ކަމަށް ބުނެ ހުށަހެޅި މައްސަލައާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހޯދަން އެދޭ މަޢުލޫމާތު ކައުންސިލުން ނުދިނުމާއި ހޯކްސްއަށް 5000 އަކަފޫޓުގެ ބިމެއް ދޫކުރި ކަމަށް ބުނާ މައްސަލަ ވެސް ބެލި މައްސަލަތަކުގެ ތެރޭގައި ހިމެނެއެވެ.

ވަހީދާ ޚިލާފަށް ސީދާ ސަސްޕެންޝަނުގެ ފިޔަވަޅު އެޅި ނަމަވެސް ދެން ތިއްބެވި ކައުންސިލަރުންނާ މެދު ނިންމީ ނަޞޭޙަތް ދިނުމަށެވެ. އެ ބޭފުޅުންނަކީ ނައިބު ރައީސް އަޙްމަދު އިމްދާހާއި މެންބަރުން ކަމުގައިވާ އިބްރާހީމް ޝާކިރާއި މަރިޔަމް ވަކީލާއާއި އާމިނަތު ވިސާމާއާއި އާމިނަތު ނާސިޙާ އަދި އަޙްމަދު ރައޫފެވެ. ވަހީދު ހިމެނޭ ގޮތަށް މި ހުރިހާ ކައުންސިލަރުން ވެސް ނިސްބަތްވަނީ އިދިކޮޅު އެމްޑީޕީއަށެވެ.

އެލްޖީއޭގެ އިންކުއަރީން ހާމަވި ގޮތުގައި ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި ކައުންސިލުން އަދައެއް ނުކުރެއެވެ. އަދި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލުތައް ގެންގުޅޭ ކަމަށާއި އެލްޖީއޭގެ އެންގުންތަކަށް ޢަމަލު ނުކުރުމަށް ކައުންސިލް ޖަލްސާއަކުން ނިންމާފައިވާކަން ފާހަގަކުރެވިފައިވެއެވެ. މި ކަންކަމުގެ ސަބަބުން ހޯރަފުށީ ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ނުހަނު ގެއްލުން ލިބޭނެ ކަމަށް އެލްޖީއޭއިން ބުނެފައިވެއެވެ.

މި މައްސަލަތައް ބެލުމުގެ ތެރޭގައި ކައުންސިލަރުންނަށް ލިޔުމުން ޖަވާބުދާރީވާން ހަތް ދުވަހުގެ މުހުލަތެއް ދީ ކައުންސިލް އިދާރާއިން ކަމާ ގުޅޭ ލިޔެކިޔުންތައް ވެސް ހޯދާފައިވާ ކަމަށް އެލްޖީއޭއިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން އެ އަށް މައްސަލައިގައި ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލާއި އިދާރީ އެހެން މުވައްޒަފެއްގެ އިހުމާލެއް ވާ ނަމަ ޒިންމާވާ މުވައްޒަފަށް ފިޔަވަޅު އެޅުމަށްޓަކައި ކަމާ ގުޅުން ހުރި ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް ވެސް އެލްޖީއޭއިން މިއަދު ނިންމާފައިވެއެވެ.

ހަބަރު ހއ. ހޯރަފުށި

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އެމްޑަބްލިޔުއެސްސީން ކަނޑުއަޑީގައި ފެން ޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތް ފަށަނީ
ހަބަރު 22 Aug 2026

އެމްޑަބްލިޔުއެސްސީން ކަނޑުއަޑީގައި ފެން ޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތް ފަށަނީ

ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ ރާއްޖޭގެ ފެނުގެ ޚިދުމަތް ފުޅާކޮށް ހަރުދަނާ ކުރުމަށް ރާވާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަޝްރޫޢަކީ ކަނޑުއަޑީގެ ފެން ޕްލާންޓުގެ މަޝްރޫޢު ކަމަށެވެ. މި ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ނޯވޭގެ ތަޖުރިބާކާރު ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއިކޮށް ފީސިބިލިޓީ ދިރާސާއާއި ޓެކްނިކަލް އަދި ތިމާވެށީގެ ދިރާސާތައް މިހާރު ކުރިއަށްދާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ތިލަމާލެ ބުރިޖުގެ މައި އޮނިގަނޑު ފުރިހަމަކޮށް މާލެއާއި ވިލިމާލެ ގުޅާލައިފި
ހަބަރު 22 Aug 2026

ތިލަމާލެ ބުރިޖުގެ މައި އޮނިގަނޑު ފުރިހަމަކޮށް މާލެއާއި ވިލިމާލެ ގުޅާލައިފި

މައި އޮނިގަނޑު ނިމުނު ނަމަވެސް ބުރިޖު ހުޅުވައި ޢާންމުންނަށް ދަތުރުކުރެވޭ ވަރު ވާނީ ފިނިޝިންގެ މަސައްކަތްތައް ނިމުމުންނެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ރައްކާތެރިކަމުގެ ރޭލިންގް ހަރުކުރުމާއި ލައިޓް ޖެހުން ފަދަ ކަންކަން ހިމެނޭ ކަމަށް އެފްކޮންސްއިން ބުނެފައިވެއެވެ.

ކުނޫޒުގައި އެއްޗެއް ގޮއްވައިލަން އުޅުނު މައްސަލައިގެ ދައުވާ ބާތިލުކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
ހަބަރު 22 Aug 2026

ކުނޫޒުގައި އެއްޗެއް ގޮއްވައިލަން އުޅުނު މައްސަލައިގެ ދައުވާ ބާތިލުކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

މި ދައުވާ އުފުލީ 2017 ވަނަ އަހަރުގެ ޖުލައި މަހު ޖުމްލަ ހަތަރު މީހެއްގެ މައްޗަށެވެ. އެ ހަތަރު މީހުންގެ ތެރެއިން ގދ. މަޑަވެލީ ގަމަރީ އިއުތިސާމް މުޙައްމަދު ސަޢީދުގެ ފަރާތުން ޝަރީޢަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހެޅީ ދައުލަތުގެ ސަބަބުން މައްސަލަ ނުނިމި ދިގުލައިފައިވާ ކަމަށް ބުނެ އެ ދައުވާ ބާތިލުކޮށްދިނުމަށް އެދިއެވެ. ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ވެސް ކުރިން ނިންމާފައި އޮތީ ދައުވާ ބާތިލުކުރެވެން ނެތް ކަމަށެވެ.

މަންދު ކޮލެޖުގެ ގެއްލުން ވަޒަންކުރި އޮޑިޓް ރިޕޯޓު ހަވާލުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފި
ހަބަރު 22 Aug 2026

މަންދު ކޮލެޖުގެ ގެއްލުން ވަޒަންކުރި އޮޑިޓް ރިޕޯޓު ހަވާލުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފި

ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް އިސްމާއީލް )އިބުރާ(ގެ މާލެ ހައި ކުންފުންޏަށް ކުރިމަތިވި ގެއްލުންތައް ދެނެގަތުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އެސެސްމެންޓެއް ހެދީ 2020 ވަނަ އަހަރުގެ އޮގަސްޓް 23 ގައި ތަޢުލީމާ ބެހޭ ވުޒާރާއިން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. ނަމަވެސް އެ ރިޕޯޓު ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވުމަށް ފަހު މާލެ ހައި ކުންފުންޏަށް ދިނުމަށް އޮޑިޓް އޮފީހުން ދެކޮޅު ހެދުމުން އެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާ އުފުލީއެވެ. މި ދައުވާއާ މެދު އޮޑިޓާ ޖެނެރަލްގެ އޮފީހުން ޝަރީޢަތަށް އެއްވެސް ޖަވާބެއް ހުށަހަޅާފައެއް ނުވެއެވެ.

ގިރާވަރުފަޅު ހިއްކައި ނިންމުމަށްފަހު ގޯތި ހަވާލުކުރުން އަވަސްކުރާނެ ކަމަށް ސަރުކާރުން ބުނެފި
ހަބަރު 22 Aug 2026

ގިރާވަރުފަޅު ހިއްކައި ނިންމުމަށްފަހު ގޯތި ހަވާލުކުރުން އަވަސްކުރާނެ ކަމަށް ސަރުކާރުން ބުނެފި

ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ރާވާފައިވާ ގިރާވަރުފަޅުގައި ފުރަތަމަ ފިޔަވަހީގެ ދަށުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް )އެމްއެފްއެމްސީ(ގެ ބެލުމުގެ ދަށުން 70 ހެކްޓަރު ކުރިން ވަނީ ހިއްކައިފައެވެ. ނުހިއްކައި ބާކީ އޮތް 97.15 ހެކްޓަރުގެ މަސައްކަތް މިދިޔަ ޖެނުއަރީ މަހު ފެށީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް )އެމްއޭސީއެލް( އާ ހަވާލުކޮށްގެންނެވެ. މިހާތަނަށް އެ ކުންފުނިން 35 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައިވާއިރު ދެ ފިޔަވައްސެއް އެއްކޮށް ބަލާނަމަ 105 ހެކްޓަރު މިހާރު ވަނީ ހިއްކައިފައެވެ.

ދެ އަހަރަށް ފަހު ދަގަނޑޭ ދަނޑަށް ނުކުތް މެޗުގައި ނިއު ބޮޑު މޮޅެއް ހޯދައިފި
ކުޅިވަރު 22 Aug 2026

ދެ އަހަރަށް ފަހު ދަގަނޑޭ ދަނޑަށް ނުކުތް މެޗުގައި ނިއު ބޮޑު މޮޅެއް ހޯދައިފި

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު 25 ވަނަ މިނެޓުގައި ކާމިޔާބުކުރީ ހަސަން ރާއިފް އަހުމަދު )ހަންނަ( އެވެ. ކެޕްޓަން ޢަލީ ފާސިރު )ސެންޓޭ( އޭރިއާ ތެރެއިން ފޮނުވައިލި ބޯޅައެއް ހަންނަ ގޯލުގެ ތެރެއަށް ފޮނުވައިލީ ބުރުގެ ގޯލްކީޕަރު ހަސަން ޢަލީފް އިބްރާހީމަށް އެއްވެސް ޗާންސެއް ނުލިބޭ ގޮތަށެވެ. ދެވަނަ ހާފް ފެށިތާ ކުޑައިރުކޮޅެއް ފަހުން 53 ވަނަ މިނެޓުގައި ސެންޓޭ ސްކޯ ދެ ގޯލަށް ބަދަލުކޮށްލީ ބުރުގެ ޑިފެންޑަރުންނަށް ބޯޅަ ދިފާޢުނުކުރެވި އޭރިއާ ރޮނގުމައްޗަށް ވެއްޓުނު ބޯޅައެއް ގޯލުގެ ތިރީ ކަނަށް ފޮނުވައިލައިގެންނެވެ. ސެންޓޭ ބްރޭސް ފުރިހަމަކޮށް ތިންވަނަ ގޯލް ކާމިޔާބުކުރީ 58 ވަނަ މިނެޓުގައެވެ.