Newscast
ހަބަރު

މީޑިއާ ދާއިރާ ހަރުދަނާކުރުމަށް ފަންނާއި ތަރިކައާ ބެހޭ ވުޒާރާއިން މަސައްކަތު ބައްދަލުވުމެއް ފަށައިފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 24 Aug 2026
މީޑިއާ ދާއިރާ ހަރުދަނާކުރުމަށް ފަންނާއި ތަރިކައާ ބެހޭ ވުޒާރާއިން މަސައްކަތު ބައްދަލުވުމެއް ފަށައިފި
އައްބާސް އިބްރާހިމް؛ ފޮޓޯ / ޕީއެސްއެމް

އައްބާސް މިމޭރުމުން ވާހަކަފުޅު ދެއްކެވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ޤައުމީ ކުތުބުޚާނާގައި ބޭއްވި މީޑިއާ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ ވުޒާރާގެ ވަޒީރު ހީނާ ވަލީދެވެ. ޑިޖިޓަލް މަންސަތަކުގައި މީޑިއާ ހަލުވިކަމާ އެކު ކުރިއަރަމުންދާތީ މި ދާއިރާއަށް ފަރުވާކުޑަ ނުކުރެވޭނެ ކަމަށް އައްބާސް ފާހަގަކުރެއްވި ކަމަށެވެ.

ނޫސްވެރިކަމަކީ ތެދުވެރި ޒިންމާދާރު ޚިދުމަތަކަށް ވާންޖެހޭ ކަމަށް ވިދާޅުވެ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމް ވާހަކަފުޅު ދައްކަވައިފިއެވެ.

އައްބާސް މިމޭރުމުން ވާހަކަފުޅު ދެއްކެވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ޤައުމީ ކުތުބުޚާނާގައި ބޭއްވި މީޑިއާ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ ވުޒާރާގެ ވަޒީރު ހީނާ ވަލީދެވެ. ޑިޖިޓަލް މަންސަތަކުގައި މީޑިއާ ހަލުވިކަމާ އެކު ކުރިއަރަމުންދާތީ މި ދާއިރާއަށް ފަރުވާކުޑަ ނުކުރެވޭނެ ކަމަށް އައްބާސް ފާހަގަކުރެއްވި ކަމަށެވެ.

"މީޑިއާގައި މަސައްކަތްކުރާ މީހުންގެ ޒިންމާތަކެއް އެބަ އޮވޭ. ތެދުވެރިވުން ވަފާތެރިވުން ހަގީގަތް ހާމަކުރުން އަމިއްލަ ހިޔާލާއި އަމިއްލަ އެދުންތައް ޚަބަރުގެ ތެރެއަށް ނުވެއްދުން އެހެންމީހުންގެ އިއްޒަތާއި އަބުރަށް ރައްކާތެރިވުން މިއީ އަޅުގަނޑުމެން މިޑިއާގެ މަސައްކަތް ކުރާއިރު ވިސްނަންޖެހޭ ކަންކަން. ހަމައެއާއިއެކީގައި އަޅުގަނޑުމެން ލިޔާ ކޮންމެ އެއްޗަކީވެސް އަޅުގަނޑުމެން އެއަށް ޖަވަބުދާރީ ވާންޖެހޭނެ އެއްޗެއް. އެއީ ހަމައެކަނި މިދުނިޔެއަކު ނޫން. އާޚިރަތުގައިވެސް ޖަވާބުދާރި ވާންޖެހޭނެ" ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމް ވިދާޅުވިއެވެ.

ވުޒާރާގެ ދަށުގައިވާ ހުރިހާ މުއައްސަސާތަކަށް ހުޅުވައިލައިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ޚަބަރާއި ރިޕޯޓު ލިޔުމުގެ ހުނަރުތަކާއި ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާއި ޕޯސްޓަރު ފަރުމާ ކުރުން ފަދަ ކަންކަން ދަސްކޮށްދިނުމަށް ވަނީ ރާވައިފައެވެ. މި ބައްދަލުވުމުގައި ބައިވެރިވާ މުއައްސަސާތަކުގެ ތެރޭގައި ނެޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް (އެންސީސީއެޗް) އާއި ޤައުމީ ކުތުބުޚާނާ އާއި ދިވެހިބަހުގެ އެކެޑަމީ އާއި ޤައުމީ އަރުޝީފު އަދި އޮލިމްޕަސް ހިމެނެއެވެ.

މިއީ އެ ވުޒާރާއިން މީޑިއާ ދާއިރާ ހަރުދަނާކުރުމުގެ ގޮތުން ވަޒީރު ހީނާ ވަލީދު އިސް ނަންގަވައިގެން މުޅިން އަލަށް ފެށި ހަރަކާތެކެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އެތްލެޓިކޯ ސަޕޯޓަރުންގެ ނުރުހުމާ ހެދި އަލްވަރޭޒް އެކަހެރިކޮށް ޗޭންޖިން ރޫމަށް ފޮނުވައިފި
ކުޅިވަރު 24 Aug 2026

އެތްލެޓިކޯ ސަޕޯޓަރުންގެ ނުރުހުމާ ހެދި އަލްވަރޭޒް އެކަހެރިކޮށް ޗޭންޖިން ރޫމަށް ފޮނުވައިފި

މެޗުގެ ފަހު 25 މިނެޓަށް ދަނޑަށް ނުކުތް އާޖެންޓީނާގެ ފޯވަޑާ ދެކޮޅަށް ވާމްއަޕް ކުރަމުން ދިޔައިރުން ފެށިގެން ސަޕޯޓަރުން ދިޔައީ މަލާމާތާ އެކު ހަޅޭއްލަވަމުންނެވެ. އެތްލެޓިކޯގެ ޕްރެކްޓިސް ދަނޑު ވަށައިގެން އޭނާއާ ދެކޮޅު ބެނާތައް ވެސް ދެމިފައި ހުއްޓެވެ. އެ ބެނާތަކުގެ ތެރެއިން ބެނާއެއްގައި "އަލްވަރޭޒް މިހާރު މި ކުލަބުން ދޭ" މިހެން ލިޔެފައިވެއެވެ.

ޔޫއެފާގެ ރައީސް ކެފަރިން ފީފާގެ ރައީސްކަމަށް ވާދަނުކުރާނެކަން ހާމަކޮށްފި
ކުޅިވަރު 24 Aug 2026

ޔޫއެފާގެ ރައީސް ކެފަރިން ފީފާގެ ރައީސްކަމަށް ވާދަނުކުރާނެކަން ހާމަކޮށްފި

ޕޮޑްކާސްޓެއް ކަމުގައިވާ "ދަ ރެސްޓް އިސް ޕޮލިޓިކްސް: ލީޑިން" އަށް ދިން ބަސްދީގަތުމެއްގައި ކެފަރިން ބުނީ ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ފަހަކަށް އައިސް ހިނގި ކަންކަމާ ގުޅިގެން ވާހަކަ ނުދައްކާ ކަމަށެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ އިންތިޚާބުގައި އިންފަންޓީނޯ ބައިވެރިވެއްޖެ ނަމަ އޭނާއަށް ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ކެފަރިން ބުނެފައިވެއެވެ. ޔޫރަޕުގެ ފުޅާ ތާއީދާ އެކު އިންފަންޓީނޯއާ ދެކޮޅު ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބެލެވުނު ނަމަވެސް އެ ކެންޑިޑޭޓަކީ ކެފަރިން ނޫން ކަމަށް އޭނާ ވަނީ ސާފުކޮށްދީފައެވެ.

ކުދި ރަށްރަށުގެ ކައުންސިލުތަކަށް އެ އަތޮޅެއްގެ އެހެން ރަށަކުން މުވައްޒަފުން ނެގޭނެ އުޞޫލެއް ހަދައިފި
ހަބަރު 24 Aug 2026

ކުދި ރަށްރަށުގެ ކައުންސިލުތަކަށް އެ އަތޮޅެއްގެ އެހެން ރަށަކުން މުވައްޒަފުން ނެގޭނެ އުޞޫލެއް ހަދައިފި

އެ ކޮމިޝަނުން ތައްޔާރުކުރި މި އުޞޫލު ލާޒިމުކުރާ ގޮތުން ވަޒީފާއަށް ހުޅުވައިލާ މަޤާމަކީ އެ ރަށެއްގެ ކައުންސިލް އިދާރާގެ އިދާރީ އޮނިގަނޑުގެ ތެރޭގައި ހިމެނޭ އަދި މާލީ ގޮތުން ޚަރަދު ހަމަޖެހިފައި އޮތް މަޤާމަކަށް ވާންޖެހެއެވެ. ފުރުޞަތު ހުޅުވައިލާނީ ހަމައެކަނި އެ ރަށް ހިމެނޭ އަތޮޅުގެ ހުރިހާ ރަށެއް ޝާމިލުވާ ގޮތަށެވެ.

ޑައިވިން ހާދިސާތަކުގައި ފުރާނަ ސަލާމަތްކުރުމަށް ޚާއްޞަ ޔުނިޓެއް ސިފައިންނަށް ލިބިއްޖެ
ހަބަރު 24 Aug 2026

ޑައިވިން ހާދިސާތަކުގައި ފުރާނަ ސަލާމަތްކުރުމަށް ޚާއްޞަ ޔުނިޓެއް ސިފައިންނަށް ލިބިއްޖެ

އެ ޔުނިޓާ ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

ވިޒިޓް މޯލްޑިވްސް ހިންގެވުމާ ހަވާލުވެ ހުންނެވި ޝިއުރީ މަޤާމު އިސްތިޔުފާ ދެއްވައިފި
ހަބަރު 24 Aug 2026

ވިޒިޓް މޯލްޑިވްސް ހިންގެވުމާ ހަވާލުވެ ހުންނެވި ޝިއުރީ މަޤާމު އިސްތިޔުފާ ދެއްވައިފި

އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ ގޮތުން ޝިއުރީ އަދި އެއްވެސް ތަފުސީލެއް ހާމައެއް ނުކުރައްވައެވެ. ޝިއުރީ އެ މަޤާމަށް އައްޔަނުކުރެއްވީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ.

އދ.ގެ 16 އިދާރާއެއްގެ އެހީގައި ރާއްޖެ ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ހަބަރު 24 Aug 2026

އދ.ގެ 16 އިދާރާއެއްގެ އެހީގައި ރާއްޖެ ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ. އދ.ގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ހާއޯ ޖަންގެވެ. 2027 އިން 2031 އަށް ދެމިގެންދާ މި އޮނިގަނޑަކީ އދ.ގެ ތަރައްޤީގެ ނިޒާމުގެ ތެރެއިން ބައްޓަންކުރެވުނު އެންމެ މަތީ ފެންވަރުގެ އިސްތިރާޖީ އަދި ތަންފީޒީ ލިޔުން ކަމަށް ސަރުކާރުން ވިދާޅުވިއެވެ.