ޢާޒިމާ ޝަކޫރަށް ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަޤާމެއް ދެއްވައިފި
ޢާޒިމާއަކީ ރާއްޖޭގެ ތާރީޚުގައި ބަންޑާރަނައިބުކަން ކުރެއްވި ފުރަތަމަ އަންހެން ބޭކަނބަލެވެ. ތިން ރިޔާސީ ދައުރެއްގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަން އަދާކުރެއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ވެސް އެކަމަނާ ފުރުއްވާފައިވެއެވެ.
ޤައުމީ ސަރަޙައްދާއި ސިޔާދަތާ ބެހޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޕްރިންސިޕަލް ސެކްރެޓެރީގެ މަޤާމަށް މިނިސްޓަރުގެ ފެންވަރުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ޢައްޔަން ކުރައްވައިފިއެވެ.
ޢާޒިމާއަކީ ރާއްޖޭގެ ތާރީޚުގައި ބަންޑާރަނައިބުކަން ކުރެއްވި ފުރަތަމަ އަންހެން ބޭކަނބަލެވެ. ތިން ރިޔާސީ ދައުރެއްގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަން އަދާކުރެއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ވެސް އެކަމަނާ ފުރުއްވާފައިވެއެވެ.
ހަމައެއާއެކު ޤާނޫނުއަސާސީ އެކުލަވާލި ޚާއްޞަ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި މެންބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވެއެވެ.
ޤާނޫނީ ދާއިރާގައި 30 އަހަރަށް ވުރެ ދިގު ތަޖުރިބާއެއް ހޯއްދަވާފައިވާ ޢާޒިމާ ވަނީ ވެރިކަން ހިންގުމުގެ ނިޒާމާއި ޤާނޫނުއަސާސީ އިސްލާޙުކުރުމާއި ޤާނޫނީ ދިރާސާގެ ރޮނގުން ފުޅާ ދާއިރާއެއްގައި ޚިދުމަތް ކޮށްދެއްވާފައެވެ. އެގޮތުން 2004 ވަނަ އަހަރު ސަރުކާރުން އެކުލަވައިލި އިސްލާޙީ އެޖެންޑާ ތައްޔާރުކޮށް ތަންފީޒުކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވެވިއެވެ. ޔުނިވަރސިޓީ އޮފް ލަންޑަނުން ލޯ ޑިގްރީ (އޮނަރސް) އަދި ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާއިން މާސްޓާޒް ޙާޞިލުކުރައްވާފައިވާ ޢާޒިމާއަކީ ރާއްޖޭގެ ޤާނޫނީ ފަންނުގައި ފާހަގަކޮށްލެވޭ އަދި އިޙުތިރާމު ލިބިވަޑައިގެންފައިވާ ވަކީލެކެވެ.
ރަސްމީ މަސައްކަތުގެ އިތުރުން އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާ ހޯޕް ފޮރ ވިމެން އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރާ ޖަމުޢިއްޔާ ފާލަން އުފެއްދެވުމުގައި ޢާޒިމާ ބައިވެރިވެވަޑައިގެންފައިވެއެވެ. ޖިންސީ އަނިޔާ އާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިލޭސާބަހަށް ޤާނޫނީ ލަފާ ދެއްވާ ބޭކަނބަލެއްގެ ގޮތުގައި ވެސް އެކަމަނާ ފާހަގަކުރެވެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް