Newscast
ހަބަރު

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހިންނަވަރުން މީހަކު ހައްޔަރުކޮށްފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 05 Jul 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހިންނަވަރުން މީހަކު ހައްޔަރުކޮށްފި
ތަރިފިޔަޖަހާގެ / ޅ. ހިންނަވަރު، ރިފްނާޒު މޫސާ (39އ)؛ ފޮޓޯ / ދިވެހި ފުލުހުންގެ ހިދުމަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ތަރިފިޔަޖަހާގެ / ޅ. ހިންނަވަރު، ރިފްނާޒު މޫސާ )39އ( އެވެ.

މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ޅ. ހިންނަވަރުން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ތަރިފިޔަޖަހާގެ / ޅ. ހިންނަވަރު، ރިފްނާޒު މޫސާ (39އ) އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މި ޖުލައި މަހުގެ 2 ވަނަ ދުވަހު ހިންނަވަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަންގައި، އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 46 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ރިފްނާޒު މޫސާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ޖަލަށް ފޯނު ވައްދާ ސިމްގެ ވެރިންނަށް ފިޔަވަޅު އެޅުމަށް ކެބިނެޓުން ނިންމައިފި
ހަބަރު 19 Aug 2026

ޖަލަށް ފޯނު ވައްދާ ސިމްގެ ވެރިންނަށް ފިޔަވަޅު އެޅުމަށް ކެބިނެޓުން ނިންމައިފި

ރައީސް އޮފީހާ ޙަވާލާދީ ބުނެފައިވާ ގޮތުގައި އެ ނިންމުމުގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ އަންސްކިލްޑް ބިދޭސީ މަސައްކަތްތެރިންނަށް އެއް ސިމް ކާޑަށް ވުރެ ގިނައިން ނުވިއްކުމަށް ވެސް ކެބިނެޓުން ވަނީ ނިންމައިފައެވެ.

ބިދޭސީ މަސައްކަތްތެރިންނަށް ދޫކުރެވޭ ސިމް ކާޑުގެ ޢަދަދު އެކަކަށް ލިމިޓުކުރަން ނިންމައިފި
ހަބަރު 19 Aug 2026

ބިދޭސީ މަސައްކަތްތެރިންނަށް ދޫކުރެވޭ ސިމް ކާޑުގެ ޢަދަދު އެކަކަށް ލިމިޓުކުރަން ނިންމައިފި

މިދިޔަ އާދީއްތަ ދުވަހުގެ ވަޒީރުންގެ މަޖިލީހުގައި ފާސްކުރި މި ނިންމުމުގެ ތަފްޞީލް ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ބާވަތުގެ ބިދޭސީ ފަރާތަކަށް ދޫކުރެވޭނީ ހަމައެކަނި އެއް ސިމް ކާޑެވެ.

އެފްޑީސީން އަމާން ޓަވަރުގެ އޭސީ ޑްރެއިން މައްސަލަ ޖުލައި 12 ގެ ކުރިން ރަނގަޅުކުރަން އަންގައިފި
ހަބަރު 19 Aug 2026

އެފްޑީސީން އަމާން ޓަވަރުގެ އޭސީ ޑްރެއިން މައްސަލަ ޖުލައި 12 ގެ ކުރިން ރަނގަޅުކުރަން އަންގައިފި

އެފްޑީސީން ނެރުނު އިއުލާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އޭސީ ޔުނިޓްތަކުގެ ޑްރެއިން ހޮޅިތައް އެކަމަށް ޚާއްޞަ ޕައިޕާ ގުޅާފައި ނުވުމުން ޝާފްޓް ސަރަޙައްދުތަކަށް ފެން ޖަމާވެ ޢިމާރާތާއި އެހެން ފްލެޓްތަކަށް ވެސް ގެއްލުން ލިބެމުންދާ ކަމަށެވެ.

ވިލިމާލޭގައި މަސް ހިއްކުމުގެ ސާފުތާހިރުކަން ދަށްވެ އިސްލާހީ ފިޔަވަޅު އަޅައިފި
ހަބަރު 19 Aug 2026

ވިލިމާލޭގައި މަސް ހިއްކުމުގެ ސާފުތާހިރުކަން ދަށްވެ އިސްލާހީ ފިޔަވަޅު އަޅައިފި

ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ މުވައްޒަފުން ރަށުތެރެ ޕެޓްރޯލް ކުރުމުގެ ތެރޭގައި އެ ސަރަހައްދުގައި ބައެއް ފަރާތްތަކުން ބިންމަތީގައި ސަތަރި އެޅުމަށް ފަހު އޭގެ މަތީގައި މަސް ހިއްކަން ބަހައްޓާފައި ހުރި މަންޒަރު ފެނިފައިވެއެވެ. މިއީ ކާބޯތަކެތީގެ ސާފުތާހިރުކަމުގެ އުސޫލުތަކާ ފުށުއަރާ ޢަމަލެއްގެ ގޮތުގައި ކައުންސިލުން ސިފަކޮށްފައިވެއެވެ.

ޓޫރިސްޓުންގެ މޯލްޑިވިއަން ޓިކެޓް އަގުހެޔޮކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި
ހަބަރު 19 Aug 2026

ޓޫރިސްޓުންގެ މޯލްޑިވިއަން ޓިކެޓް އަގުހެޔޮކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި މި ނިންމުމާ ގުޅޭ ތަފްސީލެއް އަދި ރަސްމީކޮށް އިޢުލާނެއް ނުކުރެއެވެ. މޯލްޑިވިއަނުން ފަތުރުވެރިންގެ ޓިކެޓް އަގު ބޮޑުކޮށްފައި ވަނީ މިދިޔަ އެޕްރީލް މަހުގައެވެ. އެ ފަހަރު މާލެ-އައްޑޫ އަދި މާލެ-ފުވައްމުލައް ރޫޓުތަކުގެ ޓިކެޓަށް 33 ޑޮލަރު )510.18 ރުފިޔާ( އިތުރުކޮށްފައިވެއެވެ.

ބްރެޒިލްގެ ކާލޮސް އިސްލާމްދީން ޤަބޫލުކުރި ކަމުގެ ޚަބަރު ފެތުރިއްޖެ
ދުނިޔެ 19 Aug 2026

ބްރެޒިލްގެ ކާލޮސް އިސްލާމްދީން ޤަބޫލުކުރި ކަމުގެ ޚަބަރު ފެތުރިއްޖެ

މި ވާހަކަ ހާމަކޮށްފައިވަނީ ތުރުކީގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ އަލީ ޝާހިންއެވެ. ޝާހިން ބުނާ ގޮތުގައި ކާލޮސްއަށް ޝަހާދަތް ލައިދިނީ ބްރެޒިލްގެ މުސްލިމް ޖަމާޢަތުގެ އިސް ބޭކަލެއް ކަމުގައިވާ ޝައިޚް ޖިހާދް ހަމަދާއެވެ. އިސްލާމްދީނަށް ވަނުމުގެ ކުރިން އެކި ފަހަރުމަތިން ކާލޮސް ވަނީ ޝައިޚް ޖިހާދާ ބައްދަލުކޮށްފައި ކަމަށާއި ތުރުކީގައި އޭނާއާ ވެސް ކާލޮސްއާ ދިމާވި ކަމަށް ޝާހިން ބުނެފައިވެއެވެ.