މައިގަނޑު ބަޔަށް ދާން

ހަބަރު

ސްކޫލް ކުދިންނަށް ޚާއްޞަ ބަސް ދަތުރުތައް މާލެއާއި ހުޅުމާލެއާ ދެމެދު ތައާރަފުކުރަނީ

މާލެއާއި ހުޅުމާލެއާ ދެމެދު ދަރިވަރުން އުފުލުމަށް ވަކި ބަސް ރޫޓުތަކެއް ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

އަހުމަދު އާހިލް ސައީދު

ސްކޫލް ކުދިންނަށް ޚާއްޞަ ބަސް ދަތުރުތައް މާލެއާއި ހުޅުމާލެއާ ދެމެދު ތައާރަފުކުރަނީ

މާލެއާއި ހުޅުމާލެއާ ދެމެދު ދަރިވަރުން އުފުލުމަށް ވަކި ބަސް ރޫޓުތަކެއް ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ފޯރަމުގެ އަށް ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ސްކޫލްތައް ހިންގުމާ ހަވާލުވެ ތިބި ފަރާތްތަކާއި ބެލެނިވެރިންނާ މަޝްވަރާކުރެއްވުމަށް ފަހު "ސްކޫލް ފްރެންޑްލީ" ގެ ނަމުގައި ހަމައެކަނި ދަރިވަރުންނަށް ޚާއްޞަ ބަސްތަކެއް ދެ ސިޓީ ގުޅުވައިދޭ ގޮތަށް ފައްޓަވާނެ ކަމަށެވެ. އެ ޚިދުމަތާ އެކު ހުޅުމާލޭ ފުރަތަމަ އަދި ދެ ވަނަ ފިޔަވަހިން މާލެއަށް ވަޒީފާއަށް ދަތުރުކުރާ މީހުންނަށާއި ޓްރެފިކް ބާރު ބޮޑުވާ ގަޑިތަކުގައި ދެކޮޅަށް ދާ ފަރާތްތަކަށް ވެސް ވަކި ބަސް ރޫޓުތަކެއް ރާއްވަވާ ކަމަށް ސައީދު ވިދާޅުވިއެވެ. އެ ގޮތުން ހުޅުމާލެއިން ވެލާނާގެ ސަރަހައްދަށާއި ގްރީން ޒޯނަށް ވަކި ގަޑިތަކެއްގައި ބަހުގެ ދަތުރުތައް ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ބަދަލުތައް ގެންނަވަނީ ސައިކަލާއި ކާރުގައި އޮފީސްތަކާއި ސްކޫލުތަކަށް ދާ މީހުންގެ އަދަދު މަދުކުރެއްވުމުގެ ބޭނުންފުޅުގައެވެ.

"ބްރިޖާއި ހައިވޭގައި އޮންނަ ލިމިޓޭޝަންއާ އެއްކޮށް ޖާގަ ބޮޑުކުރެވެން އިތުރަށް ނޯންނާތީ އާއި މާލެ ސަރަހައްދަށް މީހުން އިތުރުވެފައި އޮތް ނިސްބަތަށް ބަލާއިރުގައި މިހާރު ފެންނަ އެންމެ އެކަށީގެންވާ އެއް ހައްލަކީ މާސް ޓްރާންސްޕޯޓް މިހާރަށް ވުރެ ބޮޑަށް މޮބިލިޓީގެ ތެރެއަށް ގެނެވޭނެ އެއްޗަކަށް ހަދައި އެއަށް ބޭނުންވާ ސެކިއުރިޓީ އާއި ކޮމްފޯޓް ގެނެސްދިނުން" ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭގެ ތޮއްޖެހުން ކުޑަކުރެއްވުމަށްޓަކައި ހެވީ ވެހިކަލްތަކާއި މުދާ އުފުލާ އުޅަނދުފަހަރު ދުއްވޭނެ ވަކި ގަޑިތަކެއް ކަނޑައެޅުއްވުމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.