Newscast
ދުނިޔެ

ވައިއާރްއެފްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބިރުވެރި ފިލްމެއް އުފައްދަނީ

ލިޔުނީ: އަހުމަދު އާހިލް ސައީދު 08 Aug 2026
ވައިއާރްއެފްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބިރުވެރި ފިލްމެއް އުފައްދަނީ
ވަރުން ދަވާން؛ ފޮޓޯ / އާޖްކަލް

ބައި ގަރުނަށް ވުރެ ދިގު މާޒީއެއް އޮތް ވައިއާރްއެފް މީގެ ކުރިން ބެލުންތެރިންނާ ހަމައަށް ގެނެސްދީފައި ވަނީ އެކްޝަނާއި ލޯބީގެ ފިލްމުތަކާއި ޑްރާމާ ފިލްމުތައް ކަމަށް ވާއިރު ތަފާތު ޖޯންރާތަކަށް ފުޅާވުމުގެ މި ފިޔަވަޅު ނެގީ ކުންފުނީގެ ސީއީއޯ އަކްޝޭ ވިދާނީގެ އިސްނެންގެވުމާ އެކުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބޮލީވުޑްގެ އެންމެ ދުވަސްވީ އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޔާޝް ރާޖް ފިލްމްސް އިން ބިރުވެރި ޖޯންރާއަށް ވަދެ އެ ކުންފުނީގެ ފުރަތަމަ ހޮރޯ ފިލްމުގެ މައިގަނޑު ތަރިއެއްގެ ގޮތުގައި ވަރުން ދަވަން އިއްޔެ އިއުލާންކޮށްފި އެވެ.

ބައި ގަރުނަށް ވުރެ ދިގު މާޒީއެއް އޮތް ވައިއާރްއެފް މީގެ ކުރިން ބެލުންތެރިންނާ ހަމައަށް ގެނެސްދީފައި ވަނީ އެކްޝަނާއި ލޯބީގެ ފިލްމުތަކާއި ޑްރާމާ ފިލްމުތައް ކަމަށް ވާއިރު ތަފާތު ޖޯންރާތަކަށް ފުޅާވުމުގެ މި ފިޔަވަޅު ނެގީ ކުންފުނީގެ ސީއީއޯ އަކްޝޭ ވިދާނީގެ އިސްނެންގެވުމާ އެކުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ފިލްމު ޑައިރެކްޓްކޮށް ސްކްރީންޕްލޭ ލިޔާނީ ވެބް ސީރީޒް "ރޮކެޓް ބޯއިސް" އިން ގިނަ ބައެއްގެ ތައުރީފު ލިބުނު އަބޭ ޕައްނޫ އެވެ. ފީޗާ ފިލްމެއް ޑައިރެކްޓް ކުރުމުގެ ފުރުސަތު އަބޭއަށް ލިބޭ ފުރަތަމަ ފަހަރު ވެސް މެ އެވެ. ވަރުންނާއި ވައިއާރްއެފް އެކުގައި މަސައްކަތް ކުރި އެންމެ ފަހު ފިލްމަކީ 2018 ގައި ނުކުތް "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އެވެ.

ފިލްމު އުފައްދާ ފަރާތުން ފާހަގަކުރާ ގޮތުގައި މިއީ ބޮލީވުޑްގައި ފަހަކަށް އައިސް ގިނަވެފައިވާ ހޯރާ-ކޮމެޑީ ފިލްމުތަކާ މުޅިން ތަފާތު ބެލުންތެރިންގެ ގައިން ހީބިހި ނަގާ ވަރުގެ ނާމާން މާހައުލެއް ދައްކުވައިދޭނެ ހަގީގީ ބިރުވެރި ފިލްމެކެވެ.

ފިލްމުގެ ޝޫޓިން މި އަހަރު ފަހުކޮޅު ފެށުމަށް ރާވާފައި ވާއިރު ސިނަމާތަކުގައި ފިލްމު އެޅުވުމަށް ތާވަލުކޮށްފައި ވަނީ އަންނަ އަހަރު އެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި
ހަބަރު 17 Aug 2026

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި

ޤަވާޢިދުގެ 1-257 ވަނަ މާއްދާގެ )ޅ( އުނިކުރުމަށް މި އިސްލާޙު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. އެ ހުށަހެޅުން ދިރާސާކުރުމަށް ފޮނުވީ އާންމު ކޮމިޓީއަށެވެ. ކޮމިޓީން މި ބަދަލު ގެނައުމަށް ރުހުން ދީފައިވަނީ ހާޒިރުވި މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ.

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި
ކުޅިވަރު 17 Aug 2026

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި

އުމުރުން 41 އަހަރުގެ ފޯވަޑް ހާމަކުރި ގޮތުގައި ފުޓްބޯޅައިގެ ކެރިއަރު ނިންމައިލުމަށް ފަހު ކުރާނެ ކަންކަން މިހާރު ވަނީ ރާވައިފައެވެ. ކުޅުން ހުއްޓައިލުމާ އެކު ބޮޑު ހުސްކަމެއް އަންނާނެ ކަން ފާހަގަކޮށް ދަތުރުކުރުމާއި ތަފާތު ކަންކަމުގައި މަޝްޣޫލުވެ އުޅުމާއި ޕެޑަލް ކުޅުން ފަދަ ޙަރަކާތްތަކުން އެ ހުސްކަން ފޫބައްދާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ
ހަބަރު 17 Aug 2026

ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ

މިމަހުގެ ފަސް ވަނަ ދުވަހުގެ ދަންވަރު ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން އެ ދޯނި ކުއްލި ގޮތަކަށް ބަންޑުން ޖަހައިލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔައީ ސިފައިންގެ ލޭންޑިންގ ކްރާފްޓަކާއި ފުލުހުންގެ ލޯންޗަކާއި އެމްއެންޑީއެފް ލޯންޗެއް ވެސް ވަރަށް ކައިރީގައި އޮއްވައެވެ. ދޯނިން ފުންމައިލި މީހުންނާއި ބަންޑުން ޖަހައިލި ވަގުތު ނިކުމެވުނު މީހުން ވަގުތުން ސަލާމަތްކުރެވުނު ނަމަވެސް ރެސްކިޔު އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކެޕްޓަން ވަނީ ގެއްލިފައެވެ.

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި
ހަބަރު 17 Aug 2026

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި

މި މަސައްކަތް ހިންގާފައިވަނީ އެކްސެލެރޭޓިންގ ރިނިޔުބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ )އެރައިސް( މަޝްރޫޢުގެ ތެރެއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް )ސްޓެލްކޯ( މެދުވެރިކޮށެވެ. ޖުމްލަ 56 މިލިއަން ރުފިޔާގެ މި އިންވެސްޓްމަންޓުގައި ބިމުގައި ހަރުކުރި ސޯލާ ޕެނަލްތަކުގެ އިތުރުން 1.5 މެގަވޮޓު އަވަރގެ ބެޓެރީ ސްޓޯރޭޖް ކެޕޭސިޓީ އާއި ޒަމާނީ އެނަރޖީ މެނޭޖުމަންޓް ސިސްޓަމެއް ހިމެނެއެވެ.

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ
ހަބަރު 17 Aug 2026

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ

ވަޒީރު މިހެން ވިދާޅުވީ ސްކޫލުތަކުގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުން އިންކުލޫސިވް ޕެޑަގޮޖީއަށް ތަމްރީނުކުރުމަށް ފެށި "އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއުޓީ އެންޑް އިންކްލޫޝަން" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައެވެ. މި ޕްރޮގްރާމްގެ ދަށުން އީ ލާނިން ހަތް މޮޑިއުލެއް ފަރުމާކޮށް އެދުރު ޕޯޓަލް މެދުވެރިކޮށް ސްކޫލުތަކަށް ހުޅުވައިލައިފައިވެއެވެ.

ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި
ހަބަރު 17 Aug 2026

ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި

ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު ދިރާސާކުރީ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީންނެވެ. އެ ކޮމިޓީން ނިންމީ ސަރުކާރުން ހުށަހެޅި އިސްލާޙުތަކާ އެކު ބިލު ފާސްކުރަން ފެންނަ ކަމަށެވެ. ބިލާ ދެކޮޅަށް ހަ މެންބަރަކު ވޯޓު ދެއްވިއެވެ.