ކޮތަޅުބޮނޑިން ދެ ރުފިޔާގެ ފީ ނެގުން ހުއްޓައިލާ ގޮތަށް މަޖިލީހުން ބިލު ފާސްކޮށްފި
އެ ބިލު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒެވެ. ބިލު ދިރާސާކުރީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީންނެވެ. އެ ކޮމިޓީން ބިލު ނިންމައި މުޅި މަޖިލީހުގެ ކޮމިޓީ މަރުޙަލާގައި 65 މެންބަރުންގެ ތާއީދާ އެކު އޮގަސްޓް 12 ވަނަ ދުވަހު ފާސްކޮށްފައިވެއެވެ.
ކުނި މެނޭޖުކުރުމާ ބެހޭ ޤާނޫނަށް ބަދަލު ގެނައުމުގެ ބިލެއް 64 މެންބަރުންގެ އިއްތިފާޤުން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެ ބިލު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒެވެ. ބިލު ދިރާސާކުރީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީންނެވެ. އެ ކޮމިޓީން ބިލު ނިންމައި މުޅި މަޖިލީހުގެ ކޮމިޓީ މަރުޙަލާގައި 65 މެންބަރުންގެ ތާއީދާ އެކު އޮގަސްޓް 12 ވަނަ ދުވަހު ފާސްކޮށްފައިވެއެވެ.
މި އިޞްލާޙުގެ އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ 50 ކޮތަޅަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާގެ ފީ ނެގުން އުވައިލުމެވެ. ކުރިން އެ ފީ ނެގުމުން އިސްތިސްނާ ވަނީ ވަކި ޚާއްޞަ ޙާލަތްތަކެއްގައި އެކަންޏެވެ. އެހެންކަމުން މި ބަދަލާ އެކު ޕްލާސްޓިކް ކޮތަޅުގެ ފީ އިން ދައުލަތަށް ލިބެމުން ދިޔަ އާމްދަނީ މަދުވާނެއެވެ.
ފީގެ ބަދަލުގެ އިތުރުން ބިލުގައި އެހެން ގިނަ ކަންތައްތަކެއް ވެސް ހިމަނާފައިވެއެވެ. އެގޮތުން އިޤްތިޞާދީ އަދި ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި ކުނި މެނޭޖުކުރުމުގެ ސިޔާސަތެއް އެކުލަވައިލުމާއި ކުނި މެނޭޖުކުރުމުގައި ޤައުމީ މާސްޓާ ޕްލޭނާއި ސިޓީ ފެންވަރުގެ ޕްލޭނާ އެއްގޮތް ކުރުން ލާޒިމުކޮށްފައިވެއެވެ. ހަމައެއާ އެކު ކުނި މެނޭޖުކުރުމުގެ ނިޒާމު ފަރުމާކޮށް ޤާއިމުކުރުމުގެ މިންގަނޑުތައް ކަނޑައެޅުމާއި ކުނި މެނޭޖުކުރާ މަރުކަޒުތަކާ ގުޅުން ހުރި ކަންކަމާއި ބޭނުންކުރާ ވަސީލަތްތައް ހުންނަންވީ ފެންވަރު ބަޔާންކުރުން ވެސް ބިލުގައި ހިމެނެއެވެ.
މި ބިލުގެ ޒަރީޢާއިން ކުނި މެނޭޖުކުރުމުގެ ދާއިރާއަށް ވަށައިޖެހޭ ޙައްލެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް