ކޯޕާ އެމެރިކާގައި މެސީ ބައިވެރިވުމާ މެދު ގޮތް ނިންމުން އޭނާއަށް ދޫކޮށްލައިފި
އެ އިދާރާގެ ރައީސް ކްލައުޑިއޯ ޓާޕިއާ ވިދާޅުވީ ގައުމީ ޓީމާ ގުޅޭ ގޮތުން މެސީ ވިސްނާ ގޮތެއް އަދި ސާފުނުވާ ކަމަށެވެ. އެހެންނަމަވެސް އެ ނިންމުމަކީ މެސީގެ އަމިއްލަ ނިންމުމެއް ކަމަށާއި އެކަމުގައި އެއްވެސް ބާރެއް ނާޅާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
2028 ގެ ކޯޕާ އެމެރިކާ މުބާރާތުގައި ގައުމީ ޖާޒީގައި މެސީ ފެންނާނެތޯ ކަނޑައެޅުމުގެ އިޚްތިޔާރު އޮތީ ޚުދު އޭނާގެ އަތުގައި ކަމަށް އާޖެންޓީނާގެ ފުޓްބޯޅަ އިދާރާއިން ހާމަކޮށްފިއެވެ.
އެ އިދާރާގެ ރައީސް ކްލައުޑިއޯ ޓާޕިއާ ވިދާޅުވީ ގައުމީ ޓީމާ ގުޅޭ ގޮތުން މެސީ ވިސްނާ ގޮތެއް އަދި ސާފުނުވާ ކަމަށެވެ. އެހެންނަމަވެސް އެ ނިންމުމަކީ މެސީގެ އަމިއްލަ ނިންމުމެއް ކަމަށާއި އެކަމުގައި އެއްވެސް ބާރެއް ނާޅާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އެސޯސިއޭޝަނުން އެކަމަށް އެއްވެސް ޕްރެޝަރެއް މެސީ އަކަށް ނުކުރާނެ. އެއީ އޭނާގެ އަމިއްލަ ނިންމުމަކަށް ވާނީ." ޓާޕިއާ ބުންޏެވެ.
ދަނޑުމަތީގައި މެސީ ފެނުމަކީ ހަމައެކަނި އޭނާއަށް ލިބޭ ހިތްހަމަޖެހުމެއް ނޫން ކަމަށާއި ދުނިޔޭގެ ހުރިހާ ފުޓްބޯޅަ ސަޕޯޓަރުންނަށް ވެސް އެއީ އުފާވެރި މަންޒަރެއް ކަމުގައި ޓާޕިއާ ބުންޏެވެ. އޭގެ އިތުރުން ގައުމީ ކޯޗުގެ މަގާމުގައި ސްކެލޯނީ ދެމެހެއްޓުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި އެ މަގާމަށް ބަދަލެއް ގެނައުމުގެ ޚިޔާލެއް ނެތް ކަމަށް ވެސް އޭނާ ހާމަކުރިއެވެ.
އުމުރުން 39 އަހަރުގެ މެސީ ވަނީ 2022 ގައި ގަތަރުގައި އޮތް ވޯލްޑްކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުމުގެ އެންމެ އިސް ދައުރު އަދާކޮށް މި އަހަރުގެ ވޯލްޑްކަޕް ފައިނަލަށް ވެސް ޓީމު ގެންގޮސްދީފައެވެ. ހަމައެހެންމެ 2021 އާއި 2024 ގެ ކޯޕާ އެމެރިކާ ތަށި ވެސް އާޖެންޓީނާއާ އެކު އޭނާ ވަނީ އުފުލާލާފައެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް