Newscast
ވާހަކަ

ވާހަކަ: ޒުބައިރު ބިން އައްވާމް- ރަސޫލާ ޞޢވ ގެ ހަވާރީ )1(

ލިޔުނީ: އަހުމަދު އާހިލް ސައީދު 08 Jul 2026
ވާހަކަ: ޒުބައިރު ބިން އައްވާމް- ރަސޫލާ ޞޢވ ގެ ހަވާރީ )1(

ޤުރައިޝުންގެ ތެރޭގައި އެއްމެ ނަން މަޝްހޫރު އަދި ޤަދަރިވެރި ވަންހަ ކަމަށްވާ ބަނީ ހާޝިމް ވަންހައަށް ނިސްބަތްވެ ވަޑައިގަންނަވާ ޞަފިއްޔާ ބިންތު އަބްދުލް މުއްޠަލިބުގެ ވިސްނުންވެސް ހުންނެވީ މިފަދައިންނެވެ. ކައިވެނި ބައްލަވައި ގަނެ، ބަލިވެ އިންނެވި ދުވަހުން ފެށިގެން އެކަމަނާ އުއްމީދު ކުރައްވަމުން ދިޔައީ އެކަމަނާއާއި ޢެއާއިލާއަށް ރައްކާތެރިކަން ދޭނެ ފިރިހެން ދަރިއެއް ލިބޭނެދުވަހަކަށް ކުރައްވަމުން ގެންދިޔަ އިންތިޒާރު ނިމުމަކަށް އަންނާނެކަމަށެވެ.

ޖާހިލިއްލަ ޒަމާނުގައި، ޤުރައިޝުންގެ ތެރޭގައިޔާއި މުޅި އަރަބި ކަރައިގައިވެސް މީހުން ދެކޭގޮތުގައި ގިނަ ފިރިހެން ދަރިން ލިބުމަކީ ޢާއިލާއަށް ގިނަ ކުރިއެރުން ލިބޭ ކަމެކެވެ. އެމީހުންގެ ނަޒަރުގައި އެ ފިރިހެން ދަރިންނަކީ ފަހުން އެމީހުންގެ ޢާއިލާތައް ރައްކާތެރިކޮށް، ޢާއިލާގެ ޤަދަރާއި ޢިއްޒަތް ނަގަހައްޓާނެބައެކެވެ.

ޤުރައިޝުންގެ ތެރޭގައި އެއްމެ ނަން މަޝްހޫރު އަދި ޤަދަރިވެރި ވަންހަ ކަމަށްވާ ބަނީ ހާޝިމް ވަންހައަށް ނިސްބަތްވެ ވަޑައިގަންނަވާ ޞަފިއްޔާ ބިންތު އަބްދުލް މުއްޠަލިބުގެ ވިސްނުންވެސް ހުންނެވީ މިފަދައިންނެވެ. ކައިވެނި ބައްލަވައި ގަނެ، ބަލިވެ އިންނެވި ދުވަހުން ފެށިގެން އެކަމަނާ އުއްމީދު ކުރައްވަމުން ދިޔައީ އެކަމަނާއާއި ޢެއާއިލާއަށް ރައްކާތެރިކަން ދޭނެ ފިރިހެން ދަރިއެއް ލިބޭނެދުވަހަކަށް ކުރައްވަމުން ގެންދިޔަ އިންތިޒާރު ނިމުމަކަށް އަންނާނެކަމަށެވެ.

ކަންވީވެސް އެފަދައިންނެވެ. ޞަފިއްޔާގެފާނުގެ އިންތިޒާރުގެ ނިމުން ވަރަށްވެސް ފޮންޏެވެ. އެކަމަނާއަށް ލޯބި ލޯބި ފިރިހެންދަރިއަކު ނަސީބު ކުރައްވައިފިއެވެ. އެދަރިފުޅަށް އައް-ޒުބައިރު ގެ ނަމުން އެކަމަނާ ނަންދެއްވިއެވެ. ފުރިހަމަ ނަންފުޅުން ނަމަ ޒުބައިރު ބުނު އައްވާމު ބުނު ޚުވައިލިދު ބުނު އަސަދު ބުނު އަބްދުލް އުއްޒާ ބިން ގުސައްޔު ބިން ކިލާބެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ނަސަބުފުޅާއި އެކަލޭގެފާނު ގުޅެނީ ގުސައްޔު ބިން ކިލާބާއި ހަމައިންނެވެ. ނިސްބަތްވެ ވަޑައިގަންނަވަނީ ގުރައިޝު ވަންހައިގެ ބަނީ އަސަދުގެ ދަރިކޮޅަށެވެ.

ޒުވާން އުމުރު

އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޒުބައިރުގެފާނަށް ލިބެންޖެހޭ ލޯތްބާއި، ކުލުނާއި، އަޅާލުން އޭގެ އެންމެ ފުރިހަމަ ގޮތުގައި އެކަމަނާއައީ ދެއްވަމުންނެވެ. އެކަލޭގެފާނަކީ އެކަމަނާގެ ލޮލުގެ ނޫރުފަދައިން ބޮޑުކުރެއްވިއެވެ. ކޮންމެ މައެކޭވެސް އެއްފަދައިން އެކަމަނާވެސް ޒުބައިރުގެފާނުގެ މުސްތައުބަލަށްޓަކައި އެތައް އުއްމީދުތަކެއް ކުރެއްވިއެވެ.

ޒުބައިރުގެފާނުގެ ވަރަށް ތުއްޕުޅުއިރު، ދެވަންހައެއް ދެމެދުގައި ހިނގައިދިޔަ ހަނގުރާމަ އެއްގެ ތެރެއިން އެކަލޭގެފާނުގެ ބައްޕާފުޅު ނިޔާވެ އެކަލޭގެފާނު ޔަތީމް ވެވަޑައިގަތެވެ. މި ހާދިސާ އާއި ގުޅިގެން ޞަފިއްޔާގެފާނަށް ފުން ހިތާމައެއް ލިބިވަޑައިގަތެވެ. އަދި ޒުބައިރުގެފާނަކީ ހިތްވަރުގަދަ، ބާރުގަދަ އަދި ކެރޭ ފަހުލަވާނަކަށް ހެއްދެވުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ޢަޒުމް ކަނޑައެޅިއެވެ.

އެކަލޭގެފާނުގެ މަންމާފުޅަކީ ވަރަށް ހަރުކަށި ބޭކަނބަލެކެވެ. އެކަލޭގެފާނުގެ ކަންކަން އިސްލާހުކޮށް ހިތްވަރުގަދަ މީހަކަށް ހެދުމަށް ކަމަށް ބުނެ ބައެއްފަހަރު ތަޅައިގެންވެސް އެކަލޭގެފާނަށް އަދަބު ދެއްވިއެވެ.

މަންމާފުޅުގެ ތަރުބަވީ ގޯތިން ކަންކަން ދަސްކުަރައްވަމުން ޒުބައިރުގެފާނު ޒުވާނަކަށް ވެއްޖެއެވެ. މަންމާފުޅު އުއްމީދު ކުރިފަދަ ވަރުގަދަ ފަހުލަވާނެއްގެ ގޮތުގައެވެ. ރަހުމަތްތެރިންނާއި އެކު އަސް ދުއްވުމާއި، ޝިކާރަކުރެއްވުމުގައި އެކަލޭގެފާނު ގިނަވަގުތު ހޭދަކުރެއްވެވިއެވެ.

އެއްދުވަހަކު މައްކާގެ މީހަކާއި، ޒުބައިރުގެފާނާ ދެބަސްވުމެއް ހިނގިއެވެ. މިދެބަސްވުން ހޫނުވެ ޒުބައިރުގެފާނު އެމީހާގެ އަތް ބިންދާލިއެވެ. މިކަން އެކަލޭގެފާނުގެ މަންމާފުޅަށް އެގުނު ހިނދު އެކަލޭގެފާނުގެ އަމިއްލައަށް ދިފާއުވުމުގެ ކުޅަދާނަކަން ހުރިކަން އެގި އެކަމާއި އުފާކުޅައެވެ.

އިސްލާމްދީން ގަބޫލުކުރެއްވުން

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ރަސޫލު ކަމާއިގެން ފޮނުއްވުމުން މައްކާގެ މުޝްރިކުންގެ ފަރާތުން އެތައް ދަތި އުނދަގޫތަކަކާއި ފުރައްސާރަ އެއް އެކަލޭގެފާނަށް ކުރިމަތިވަމުން ދިޔައެވެ. އެކަލޭގެފާނަށް އީމާންވި މުސްލިމުންނަށްވެސް މެއެވެ. ޒުބައިރުގެފާނަށް މި ހުރިހާ ތަނެއް ވަރަށް ގާތުން ފެނިވަޑައިގެންނެވިއެވެ. އޭރު އެކަލޭގެފާނަކީ، އެކަލޭގެފާނާއި ދެބެންގެ ދެދަރި، މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ގޮވައިލައްވަމުން ދިޔަ ކަންކަން ނުވިސްނޭހާ ކުޑަ ކުއްޖެއްނޫނެވެ. އެހެންކަމުން އެކަން ކަމާއިމެދު އެކަލޭގެފާނު ނުހަނު ގިނައިން ފިކުރު ކުރައްވައެވެ.

އިރު އޮއްސި، ރޭގަނޑުގެ ކަނު އަނދިރިކަން ވަށާލެވިފައިވީ އިރު އެރޭވެސް ޒުބައިރުގެފާނު އިންނެވީ އެހެން އެންމެނާ އެކަހެރިވެ ވަޑައިގެން އެކި ކަންކަމާއިމެދު ފިކުރު ހިންގަވާށެވެ. މުހައްމަދު ޞައްލަﷲ ޢަލައިހި ގެންނެވި ދީނަށް ތަބައުވި މީހުންނާއި މެދުގައެވެ. އެދީން ގަބޫލުކުރެއްވި ކަމަށްޓަކައި އެ މުސްލިމުންނަށް ލިބެމުންދިޔަ އަނިޔާތަކާއި މެދުގައެވެ. މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ވަރަށް ތެދުވެރި ބޭފުޅެއްކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. އެވާހަކަ އެކަލޭގެފާނުގެ މަންމާފުޅުވެސް އެކަލޭގެފާނުގެ އަރިހުގައި ކުރިން ވަނީ ދަންނަވާފައެވެ. އެހެނެއްކަަމަކު، މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ރަސޫލު ކަމާއިގެން ފޮނުއްވެވުމުން އެކަމާ އިންތިހާއަށް ދެކޮޅު ހެދި މީހުންގެ ތެރެއިން ވެސް ޒުބައިރުގެފާނުގެ މަންމާފުޅު ވިއެވެ. އެހެންކަމުން ޒުބައިރުގެފާނު އިންނެވީ ވަރަށް ބޮޑު ނުތަނަވަސް ކަމެއްގެ ތެރޭގައެވެ.

ހިތުގައި އުފެދިފައިވާ މި ނުތަނަވަސް ފިއްލެވުމަށް ޒުބައިރުގެފާނު ޢަޒުމް ކަނޑައެޅިއެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެންނެވި ދީނާއި ގުޅޭ ގޮތުން އިތުރަށް މައުލޫމާތު ހޯއްދަވުމުގެ ޢަޒުމުގައި އަބޫބަކުރުގެފާނުގެ އަރިހަށް ވަޑައިގެންނެވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އިސްލާމް ދީނަށް ގޮވައިލެއްވުމާއި އެކު ފަސްޖެހިވަޑައިގަތުމެއްނެތި އީމާންވެ ވަޑައިގެންނެވި ބޭކަލުންގެ ތެރެއިން އަބޫބަކުރުގެފާނު ވެވަޑައިގަންނަވައެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ރިސާލަތުގެ ތެދުކަމާއި، އިސްލާމްދީނުގެ މަތިވެރި އުސޫލުތައް އަބޫބަކުރުގެފާނު ޒުބައިރުގެފާނަށް ކިޔައިދެއްވެވިއެވެ. އަދި އެ މުޖުތަމަޢުގައިވާ ހުރިހާ މައްސަލަތަކެއްގެ ހައްލަކީވެސް އިސްލާމް ދީންކަން ވެސް ޒުބައިރުގެފާނަށް ވިސްނަވައިދެއްވިއެވެ.

އަބޫބަކުރުގެފާނުގެ ވާހަކަފުޅުތައް އެއްސެވުމަށްފަހު އިސްލާމްދީން ގަބޫލުކުރެއްވުމަށް ޒުބައިރުގެފާނު އަޒުމް ކަނޑައެޅުއްވިއެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި ބައްދަލުކުރެއްވުމަށް ބޭނުންފުޅުވާކަމަށް އެކަލޭގެފާނު ދެންނެވިއެވެ. އެހެންކަމުން، އަބޫބަކުރުގެފާނު އަވަސްވެގެންނެވީ ޒުބައިރުގެފާނު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ގެންދެވުމަށެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ގެކޮޅުގައި، އެކަލޭގެފާނުގެ އަރިހުގައި ޒުބައިރުގެފާނު އިސްލާމްދީން ގަބޫލުކުރެއްވިއެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅުން ގާތްގަޑަކަށް ފަނަރަ އަހަރުކަމަށް ބުނެވެއެވެ. އެލޭގެފާނު ވެގެން ގޮސްފައިވަނީ ފަސް ވަނައަށް އިސްލާމްދީން ގަބޫލު ކުރެއްވި ބޭފުޅާކަމުގައެވެ. އިސްލާމްދީން ގަބޫލު ކުރެއްވުމަށްފަހު، އެންމެ ފަހުނޭވައާއި ޖެހެންދެން ވެސް އިސްލާމްދީނުގެ ދިފާއުގައި މަސައްކަތް ކުރެއްވުމަށާއި، އެ ދީނުގެ ހިދާޔަތުގެ ދަށުގައި ހުންނަވާނެކަމަށް އެކަލޭގެފާނު ވައުދުވެވަޑައިގެންނެވިއެވެ.

ޒުބައިރުގެފާނު އިސްލާމްދީން ގަބޫލުކުރެއްވުމަށް ފަހުގައިވެސް ހުންނެވީ އެކަން ސިއްރުކުރައްވައިގެންނެވެ. އިސްލާމްދީން ގަބޫލު ކުރެއްވި ކަމަށްޓަކައި މުސްލިމުންނަށް ލިބެމުންދިޔަ އަނިޔާތައް އެކަލޭގެފާނަށް ލޯ ކުރިމަތިން ފެންނަމުން ދިޔައެވެ. އެކަންވީ އެކަލޭގެފާނަށް ބަރުދާސްތު ކުރަން ދަތިވި ކަމަށެވެ.

އެއްދުވަހަކު، ގުރައިޝުންގެ ބޮޑުންތަކެއް ކައުބަތުﷲ ގެފުޅު ހުންނެވި ހިސާބުގައި ތިބެގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށާއި އެކަލޭގެފާނަށް އީމާންވި މުސްލިމުންނަށް ފުރައްސާރަ ކުރަން ތިއްބައި ޒުވާނަކު ރޮމުން ރޮމުން އެމީހުން ކައިރިއަށް އައެވެ. އޭނާ ރޮމުން އަޑުގެ ކޮޅަށް ގޮވަމުން ދިޔައީ ޒުބައިރުގެފާނު އޭނާގެ ބައްޕައަށް އަނިޔާކޮށް އަތް ބިންދާލައި، މަރާލަން އުޅުނު ކަމުގައެވެ. އެކަމާއި ގުޅިގެން އެއީ ކީއްވެގެން ހިނގި ހާދިސާއެއްތޯ ގުރައިޝުންގެ ބޮޑުން އޭނާ ކުރެން އެހިއެވެ. ޖަވާބުގައި، އެއީ ދީން ތަފާތު ވުމުގެ ސަބަބުން ހިނގައިދިޔަ ހާދިސާއެއް ކަމަށާ، އެއީ އޭނާގެ ބައްޕަ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ނިސްބަތްކޮށް ބަދުބަސްތަކެއް ބުމުން ޒުބައިރުގެފާނަށް އެކަން ކެތްނުވެގެން ކޯފާ އިސްކުރައްވައި ކުރެއްވި ކަމެއްކަމަށާއި، އެކަލޭގެފާނަކީވެސް މުސްލިމެއް ކަމަށާ، އެކަލޭގެފާނު އުޅުއްވީ އެމީހާގެ ބައްޕަ ގައިގައި ތަޅައި ތަޅައި މަރާލަން ކަމަށްވެސް އޭން ބުންޏެވެ.

މިކަން ޒުބައިރުގެފާނުގެ މަންމާފުޅާއި ބައްޕަ ފަރާތުގެ ބޮޑުބޭބޭފުޅަށް އެނގުމުން އެ އަނިޔާ ކުރި މީހާ ކައިރިން މައާފަށް އެދުމަށް ޒުބައިރުގެފާނަށް ދެންނެވިއެވެ. އެހެންނަމަވެސް، ޒުބައިރުގެފާނު އެކަމެއް ނުކުރެއްވިއެވެ. އިސްލާމްދީން ދޫކޮށްލެއްވުމަށްވެސް ޒުބައިރުގެފާނަށް އެމީހުން ބާރުއެޅިއެވެ. އެހެންނަމަވެސް ޒުބައިރުގެފާނު ދީނުގެ މަގުގައި ސާބިތުވެ ހުންނެވިއެވެ. އަދި އެކަލޭގެފާނުގެ މަންމާފުޅާއި ބޮޑުބޭބޭފުޅަށް ވެސް އިސްލާމްދީނަށް ދަޢުވަތު ދެއްވިއެވެ.

ނަތީޖާއެއްގެ ގޮތުން އެކަލޭގެފާނުގެ މަންމާފުޅާއި ބައްޕާފުޅު ފަރާތު ބޮޑުބޭބޭފުޅުގެ ފަރާތުން އެތައް އަނީޔާއެއް އެމަނިކުފާނަށް ލިބެންފެއްޓެވިއެވެ. އެގޮތުން، އެކޭގެފާނުގެ ބޮޑުބޭބޭފުޅު، ކުނަލަކުން އެކަލޭގެފާނު ވަށައި އޮޅާލުމަށްފަހު ކޮޓަރިއަކަށް ލާފައި ދުން އަރުވައި ނޭވާ ހާސްވާ ވަރުކުރުވިއެވެ. އެހެންނަމަވެސް އެކަލޭގެފާނު އެ އަނިޔާ ތަކަށް ކެތްކުރެއްވިއެވެ. އަދި ދީނުގެ މަތީގައި ސާބިތުވެ ހުންނެވިއެވެ. އެހެނީ އެ ދަތި އުނދަގޫ ތަކާއި ވޭންތަކުގެ ސަބަބުން އެމަނިކުފާނާއި ﷲ ސުބުޙާނަހޫވަތަޢާލާ ދެމެދުގައި އޮންނަ ގުޅުން އިތުރުވެ، އޭގެ ސަބަބުން، ހިސާބު ބެއްލެވޭ ދުވަހުގައި އެކަލޭގެފާނަށް ލިބޭ ޢަޖުރު ބޮޑު ވެގެންދާނެކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ.

ހިޖުރަ ކުރެއްވުން

ގުރައިޝުންގެ ފަރާތުން މުސްލިމުންނަށް ލިބެމުންދިޔަ އަނިޔާތައް އިންތިހާއަށް ބޮޑުވެ، މައްކާ ދޫކުރައްވައި ރައްކާތެރި ހިސާބަކަށް ހިޖުރަކުރެއްވުމުގެ ހުައްދައަށް އެބޭފުޅުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުން އެދިލެއްވިއެވެ. މުސްލިމުންގެ ހާލާއިމެދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ނުހަނު ހިތާމަ ކުރެއްވިއެވެ. އެހެންނަމަވެސް މުސްލިމުންނަށް ލިބެމުންދިޔަ އަނިޔާތަކާއި އުނދަގޫތަކުން އެބޭކަލުން ރައްކާތެރި ކުރައްވާނެ ބާރެއް އެކަލޭގެފާނުގެ ނެތެވެ. އެހެންކަމުން މައްކާ ދޫކުރައްވައި ހަބަޝާއަށް ހިޖުރަ ކުރެއްވުމަށް މުސްލިމުންނަށް އެންގެވިއެވެ. މި ހިޖުރަ ކުރެއްވި އިރު ޒުބައިރުގެފާނުވެސް ހިޖުރަ ކުރެއްވިއެވެ.

ހަބަޝާގައި އޭރު ހުންނެވި ރަސްގެފާނު ނަޖާޝީއަކީ ނުހަނު އޯގާތެރި އަދި ޢަދުލުވެރި ބޭކަލެކެވެ. ރަސްގެފާނާއި، އެރަށުގެ ރައްޔިތުންގެ ފަރާތުންވެސް މުސްލިމުންނަށް ލިބިގެންދިޔައީ ވަރަށް ފުރިހަމަ މެހެމާންދާރީ އެކެވެ. އެ ރަށުގައި މުސްލިމުންނަށް ﷲއަށް އަޅުކަން ކޮށް އިސްލާމް ދީނަށް އުޅުމުގެ ފުރުސަތު ލިބިގެންދިޔައެވެ. މިކަމާއި މުސްލިމުން ވަރަށް އުފާކުރެއްވިއެވެ.

އެހެންނަމަވެސް، ނަޖާޝީއާއި ދެކޮޅަށް ބަޔަކު ރޭވުންގަނޑެއް ރާވައި ބަޣާވާތް ކުރަން ފެށުމުގެ ސަބަބުން އެމީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރައްވަން އޭނާ އަށްޖެހުނެވެ. އެހެންކަމުން މުސްލިމުންގެ އުފާވެރިކަން ނުތަނަވަސް ކަމަށް ބަދަލުވާންްފެށިއެވެ. މި ހަނގުރާމައިގައި މޮޅުވަނީ ކޮންބައެއްގެ ކޮޅެއްތޯ ބެލުމަށް މުސްލިމުން ވަރަށް ބޮޑަށް ބޭނުންފުޅުވެއްޖެއެވެ. އެހެނީ އެ ބަޣާވާތްކުރި ފަރާތްތައް މުސްލިމުންނަށް ނަޖާޝީ ހިމާޔަތްދިން ގޮތަށް ހިމާޔަތް ނުދިނުމުގެ އިތުރުން މުސްލިމުންނާއި ދެކޮޅު ބަޔަކަށް އެބައިމީހުން ވާނެކަމަށް މުސްލިމުންނަށް ގަބޫލުކުރެވުމެވެ. އެހެންކަމުން މި ހަނގުރާމައިން ނަސްރު ލިބޭބައެއް ބެލުމަށް ޒުބައިރުގެފާނު ފޮނުއްވެވިއެވެ. އެ ހަނގުރާމަ ހިނގަމުންދިޔައީ ނީލަ ކޯރުގެ އަނެއްފަރާތުގައެވެ. އެހެންކަމުން އެތަނަށް ވަޑައިގެންނެވުމަށްޓަކައި ކަނދެއް ބަންނަވައި އެ ކަނދުގައި އެކަނި މާއެކަނި ނީލަކޯރު ހުރަސް ކުރެއްވިއެވެ. ޒުބައިރުގެފާނަށް ހަނގުރާމަ ހިނގި މައިދާނަށް ވަޑައިގެންނެވުނު އިރު ހަނގުރާމަ ނިމި ނަޖާޝީއަށް ކާމިޔާބު ލިބިފައިވާތަން އެކަލޭގެފަނަށް ފެނިވަޑައިގަތެވެ. އެހެންކަމުން އުފަލާއިއެކު އެ ޚަބަރު މުސްލިމުންނަށް ދެއްވުމަށް ދަތުރުފެއްޓެވިއެވެ.

މުސްލިމުން ހަބަޝާގައި ތިއްބެވި އިރުވެސް އެބޭކަލުން އެ ބިމުން ބޭރުކޮށްލެއްވުމަށް ގުރައިޝުން ނުހަނު ގިނަ މަސައްކަތް ކުރިއެވެ. އެގޮތުން މުސްލިމުން އެބިމުން ނެރެލެއްވުމަށްއެދި އެތަނުގެ ވެރިޔާއަށް އެތައް ހާދިޔާއެއް ފޮނުވިއެވެ. އެހެންނަމަވެސް، އެއީ ޢަދުލަށް ލޯބި ކުރައްވާ ރަސްކަލެއްކަމުން ގުރައިޝުންގެ އެ ހުރިހާ ހަދިޔާއެއް އަނބުރާ ފޮނުވާލިއެވެ. އަދި މުސްލިމުންނަށް ހަބަޝާގައި މިނިވަންކަމާއިއެކު އުޅެވޭނެ ކަމަށްވެސް ނަޖާޝީ ވިދާޅުވިއެވެ.

އެހެންކަމުން ޒުބައިރުގެފާނުވެސް ހަބަޝާގައި މަޑުކުރެއްވިއެވެ. އެހެންނަމަވެސް މުސްލިމުންނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާއަށް ހިޖުރަކުަރައްވާ ޚަބަރާއި، އެކަލޭގެފާނުގެ މަންމާފުޅުވެސް އިސްލާމްދީން ގަބޫލުކުރައްވާ މަދީނާ އަށް ހިޖުރަކުރެއްވި ޚަބަރު ލިބިވަޑައިގަތުމުން އެކަލޭގެފާނަށް ލިބިވަޑައިގަތް ބޮޑު އުފަލާއިއެކު މަދީނާއަށް ހިޖުރަ ކުރެއްވިއެވެ.

ޒުބައިރުގެފާނު މަދީނާއަށް ހިޖުރަ ކުރެއްވުމުން އެކަލޭގެފާނު ފުރަތަމަ މުއާޚާ (އަޚު) ކުރެއްވުނީ އަބްދުﷲ ބުނު މަސްއޫދާއެވެ. އަދި މަދީނާ އަށް ހިޖުރަކުރުމާއިއެކު ކުރެވުނު ދެވަނަ މުއާޚާގައި މަދީނާގެ ސަލަމާ ބިން ސަލަމާ ބިން ވަޤާޝް އާއި މުއާޚާކުރެވުނެވެ.

(ނުނިމޭ)

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ޙަމާސުން މަސްޖިދުލްއަޤްޞާ ޙިމާޔަތްކުރުމަށް މުސްލިމް ޤައުމުތަކަށް ގޮވައިލައިފި
ދުނިޔެ 22 Aug 2026

ޙަމާސުން މަސްޖިދުލްއަޤްޞާ ޙިމާޔަތްކުރުމަށް މުސްލިމް ޤައުމުތަކަށް ގޮވައިލައިފި

1969 ވަނަ އަހަރު މަސްޖިދުލްއަޤްޞާގައި ހުޅުޖެހި ނިރުބަވެރި ހަމަލާއަށް 57 އަހަރު ފުރުމާ ގުޅިގެން ޙަމާސުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވަނީ އެ މިސްކިތް ޔަހޫދީންގެ ތަނަކަށް ބަދަލުކުރުމަށް އިސްތިޢުމާރީ އިސްރާއީލުން ހިންގާ ޖަރީމާތައް ނާކާމިޔާބުވާނެ ކަމަށެވެ. އިސްތިޢުމާރީ އިސްރާއީލުގެ ހައްދުފަހަނަ އެޅި ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގްވީރްގެ ރޭވުމުގެ ދަށުން މިސްކިތަށް ދީނީ ލިޔެކިޔުންތައް ވެއްދުމުގެ ހުއްދަ ދީފައިވާ ދިނުމަކީ އެ ތަނުގެ ކަރާމާތަށް އަރައިގަތުމެއް ކަމުގައި ޙަމާސުން ސިފަކޮށްފައިވެއެވެ.

ޑެއިލީ މެއިލްއާ ދެކޮޅު ދައުވާ ނާކާމިޔާބުވެ ޕްރިންސް ހެރީ 13 މިލިއަން ޑޮލަރު ދައްކަންޖެހިއްޖެ
ދުނިޔެ 22 Aug 2026

ޑެއިލީ މެއިލްއާ ދެކޮޅު ދައުވާ ނާކާމިޔާބުވެ ޕްރިންސް ހެރީ 13 މިލިއަން ޑޮލަރު ދައްކަންޖެހިއްޖެ

ޑެއިލީ މެއިލް ޝާއިޢުކުރާ އޭއެންއެލްއިން ނުހައްގުން މަޢުލޫމާތު ހޯދައި އަމިއްލަ މިނިވަންކަމަށް އަރައިގަތް ކަމަށް ބުނެ ހުށަހެޅި މި ދައުވާގައި ދައުވާކުރި ފަރާތްތަކުގެ ތެރޭގައި ލަވަކިޔުންތެރިޔާ ސާ އެލްޓަން ޖޯންއާއި އޭނާގެ ފިރިމީހާ ދާވުދު ފާނިޝް އަދި އެކްޓްރެސް އެލިޒަބެތު ހާލީއާއި ސޭޑީ ފްރޮސްޓާއި ސިޔާސީ ބޭފުޅެއް ކަމަށްވާ ސައިމަން ހިއުސް ހިމެނެއެވެ.

ގޯއްޗާއި ފުލެޓް ފޯމުތަކުގައި މައްސަލަ ހުރިނަމަ ލިޔެކިޔުން ހުށަހެޅުމަށް ހަތް ދުވަސް ލިބޭނެ
ހަބަރު 22 Aug 2026

ގޯއްޗާއި ފުލެޓް ފޯމުތަކުގައި މައްސަލަ ހުރިނަމަ ލިޔެކިޔުން ހުށަހެޅުމަށް ހަތް ދުވަސް ލިބޭނެ

އެ ވުޒާރާއިން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި ފޯމުތަކުގެ ވެރިފިކޭޝަން މަރުޙަލާ މިހާރު ކުރިއަށް ދެއެވެ. އެ މަސައްކަތުގައި ފޯމުގައި ހިމެނޭ މަޢުލޫމާތާއި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާއި ކައުންސިލުތަކުން ލިބިފައިވާ މަޢުލޫމާތާ ދެމެދު ފުށުއެރުމެއް ފެނިއްޖެނަމަ "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅި ފަރާތަށް އެކަން އަންގައެވެ. ޕޯޓަލްގައި އެޕްލިކޭޝަނަށް އަންނަ ބަދަލެއް ވާނަމަ ފޯމު ފުރިއިރު ދީފައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް ވެސް ފޮނުވާނެ ކަމަށް އެ އިޢުލާނުގައިވެއެވެ.

ޤައުމީ ވޮލީ ޓީމަށް ކުޅުނު ފާޒިލް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ހަބަރު 22 Aug 2026

ޤައުމީ ވޮލީ ޓީމަށް ކުޅުނު ފާޒިލް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި

ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ އަހްމަދު ފާޒިލެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ އެ ރަށުންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ ޒުވާން އުމުރުފުރާގެ އަންހެން ފަތުރުވެރިން
ހަބަރު 22 Aug 2026

ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ ޒުވާން އުމުރުފުރާގެ އަންހެން ފަތުރުވެރިން

އެ ވުޒާރާގެ ހަފުތާ ރިޕޯޓުން ފެންނަ ގޮތުގައި 65 އަހަރުން މަތީގެ އުމުރުފުރާ ފިޔަވައި ދެން ހުރި ކޮންމެ އުމުރުފުރާއެއްގައި ވެސް ފިރިހެނުންނަށް ވުރެ ގިނައީ އަންހެން ފަތުރުވެރިންނެވެ. ޖުމުލަ ފަތުރުވެރިންގެ %14 އަކީ 25 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެނުން ކަމަށް ވާއިރު %11.8 ހިއްސާ ކުރަނީ 35 އަހަރާއި 44 އަހަރާ ދެމެދުގެ އަންހެނުންނެވެ. ތިންވަނައަށް އެންމެ ގިނައީ 14 އަހަރުން ދަށުގެ އަންހެން ފަތުރުވެރިންނެވެ.

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަންނަ މަހު 13 ގައި އެޅުމަށް ތައްޔާރުވަނީ
ހަބަރު 22 Aug 2026

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަންނަ މަހު 13 ގައި އެޅުމަށް ތައްޔާރުވަނީ

އެ ތާރީޚީ މުނާސަބަތު ފާހަގަކުރެވެނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ. ވަޒީރު ޑރ. ޝަހީމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގައި ބިނާކުރާ މި މިސްކިތް ވެގެންދާނީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީޚާއި ފަރުމާވެރިކަން އެންމެ ފުރިހަމައަށް ރަމްޒުކޮށްދޭ ބިނާއަކަށް ކަމަށެވެ. އޭގެ އިތުރުން އީމާންކަމާއި ޢިލްމާއި ވަޙުދަތު ފެތުރުމުގެ މުހިންމު މަރުކަޒެއްގެ ގޮތުގައި އެ މިސްކިތް ޚިދުމަތް ދޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެއެވެ.