މައިގަނޑު ބަޔަށް ދާން

ހަބަރު

ސްކޫލް ކުދިންނަށް އަމާޒުކޮށް އެމްއެމްއޭގެ ކުރެހުމުގެ މުބާރާތަށް ކުރެހުން ހުށަހެޅުމަށް ހުޅުވާލައިފި

މާލީ ހޭލުންތެރިކަން އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުޑަކުދިންނަށް އަމާޒުކޮށްގެން ބާއްވާ ފިންލިޓް ފެސްޓް 2026 ގެ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަހުމަދު އާހިލް ސައީދު

ސްކޫލް ކުދިންނަށް އަމާޒުކޮށް އެމްއެމްއޭގެ ކުރެހުމުގެ މުބާރާތަށް ކުރެހުން ހުށަހެޅުމަށް ހުޅުވާލައިފި

މާލީ ހޭލުންތެރިކަން އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުޑަކުދިންނަށް އަމާޒުކޮށްގެން ބާއްވާ ފިންލިޓް ފެސްޓް 2026 ގެ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ވާދަކުރެވޭނީ ދެ ކެޓަގަރީއަކުންނެވެ. އެއީ ގްރޭޑް 5 އިން 7 އަށް އަދި ގްރޭޑް 8 އިން 9 ގެ ކެޓަގަރީއެވެ. ޑިޖިޓަލް ކުރެހުމާއި ޑިޖިޓަލް ނޫން ކުރެހުން ވެސް މި މުބާރާތަށް ހުށަހެޅޭނެއެވެ.

ކުރެހުން ހުށަހެޅޭ ތީމުތަކުގެ ތެރޭގައި މާލީ ދުޅަހެޔޮކަމާއި ވިސްނުންތެރިކަމާ އެކު ފައިސާ ގެންގުޅުން، ފައިސާ ރައްކާކުރުމާއި މުސްތަޤުބަލުގެ އަމާޒުތައް، އެންމެން ބައިވެރިވާ މާލީ އިޤުތިޞާދު، އީޖާދުތަކާއި ކުރިމަގުގައި ފައިސާ، އަދި ރައްކާތެރި ޒިންމާދާރު ދެމެހެއްޓެނިވި މާލީ ނިޒާމު ހިމެނެއެވެ.

މި މުބާރާތުގައި ބައިވެރިވާ ކުދީންނަށް 3،000 ރުފިޔާއާ ހަމައަށް އިނާމު ލިބުމުގެ ފުރުސަތު އޮތް ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. އޭގެ އިތުރުން ހޮވައިލެވޭ ބައެއް ކުރެހުންތައް އެ އޮތޯރިޓީގެ އެކި އިވެންޓުތަކާއި ހޭލުންތެރިކަމުގެ ކެމްޕެއިންތަކުގައި ބޭނުންކުރާނެ ކަމަށް ވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.

ކުރެހުން ހުށަހެޅޭނީ އީމެއިލް މެދުވެރިކޮށް ނުވަތަ އެމްއެމްއޭއަށް ކުރެހުމުގެ އަސްލު ފޮނުވައިގެންނެވެ. ކުރެހުން ހުށަހެޅުމުގެ ސުންގަޑިއަކީ 1 ނޮވެމްބަރު 2026 ގެ ރޭގަނޑު 23:59 އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.