ހޮސްޕިޓަލް ސަރަހައްދުގެ ބޮޑުތަކުރުފާނު މަގު މަރާމާތަށް ބަންދުކޮށްފި
އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގެ ބޮޑުތަކުރުފާނު މަގު، މަގު ހެދުމުގެ މަސައްކަތަށްޓަކައި މިރޭ ދަންވަރު 12:00 އިން ފެށިގެން ޢާންމު ދަތުރުފަތުރަށް ބަންދުކޮށްފިއެވެ.
އަހުމަދު އާހިލް ސައީދު
އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގެ ބޮޑުތަކުރުފާނު މަގު، މަގު ހެދުމުގެ މަސައްކަތަށްޓަކައި މިރޭ ދަންވަރު 12:00 އިން ފެށިގެން ޢާންމު ދަތުރުފަތުރަށް ބަންދުކޮށްފިއެވެ.
ފުލުހުން ބުނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު ފަސް ވަނަ ދުވަހު އެ ސަރަހައްދުގެ މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތާވަލުކޮށްފައިވާ ކަމަށެވެ. އެގޮތުން އޮކްޓޫބަރު ހަތަރު ވަނަ ދުވަހުގެ ރޭ ދަންވަރު 12:00 އިން ފެށިގެން ޓްރެފިކް ފްލޯއަށް ބަދަލު ގެނެސް، ތާޖުއްދީން ހިނގުމާއި އަމީނީ މަގާ ދެމެދުގައި އޮންނަ ބޮޑުތަކުރުފާނު މަގުގެ ބައި ބަންދުކުރާނެ ކަމަށް ފުލުހުން ޢާންމުކުރި ޗާޓުގައި ދައްކައެވެ.
އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް މަގު ބަންދުކުރުމުގެ ކުރިން ނެގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މި ބަދަލާ ގުޅިގެން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ފުލުހުން މައާފަށް އެދި، ރައްޔިތުންގެ އެއްބާރުލުމަށް ޝުކުރު ދަންނަވާފައިވެއެވެ.
މިއީ ބޮޑުތަކުރުފާނު މަގު މަރާމާތުކުރުމުގެ ބޮޑު މަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް