މިދިޔަ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ގިނަ މަސައްކަތްތަކާއި އިޖުތިމާޢީ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މުހިންމު ނިންމެވުންތަކެއް ނިންމެވިއެވެ. ވާނުވާ ބަންދުގެ މައްސަލައަކީ އެތައް ބައެއްގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށާއި އެ މައްސަލައަށް ޙައްލު ހޯއްދެވުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ތަފާތު މައްސަލަތަކުގައި ތަޙުޤީޤަށް ހައްޔަރުކޮށް ޝަރީޢަތުގެ މަރުހަލާ ނިމެންދެން ހުކުމެއް ނެތި ބަންދުގައި ތިބެންޖެހޭ މީހުންގެ ޢަދަދު ދުނިޔޭގެ ނިސްބަތުން އެންމެ މަދު ޤައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ގިނަ މަސައްކަތްތަކާއި އިޖުތިމާޢީ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މުހިންމު ނިންމެވުންތަކެއް ނިންމެވިއެވެ. ވާނުވާ ބަންދުގެ މައްސަލައަކީ އެތައް ބައެއްގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށާއި އެ މައްސަލައަށް ޙައްލު ހޯއްދެވުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މި މައްސަލައަށް ގިނަ ބަދަލުތަކެއް ގެންނަވައިފައިވެއެވެ. ޝަރުޢީ ދާއިރާއަށް ސަރުކާރުތަކުން ނުފޫޒު ފޯރުވަމުން އައި އައުން ހުއްޓުމަކަށް ގެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ އިރު އެކަން ކުރެއްވީ ޝަރުޢީ ދާއިރާއަށް ވަކި ބަޖެޓެއް ކަނޑައެޅުއްވައިގެން ކަމަށް ވިދާޅުވެފައިވެއެވެ. ހަމައެއާ އެކު ވާނުވާ ބަންދުގައި އެއް އަހަރަށް ވުރެ ގިނަ ދުވަސްވީ ހުރިހާ އެންމެންގެ މައްސަލަތައް ނިންމެވުމަށް ބަންޑާރަނައިބުގެ އޮފީހުން ފުރިހަމައަށް ޒިންމާ އަދާކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފައިވެއެވެ.
މިފަދަ މައްސަލަތައް ލަސްވާ މައިގަނޑު ސަބަބެއް ކަމަށް ޝަރުޢީ ދާއިރާއިން ފާހަގަކުރައްވާފައި ވަނީ ކޯޓުތަކުގެ ޚާއްޞަކޮށް ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަމެވެ. އެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ޖަސްޓިސް ބިލްޑިންގެ އެނެކްސްއެއް ހުޅުމާލޭގައި ހުޅުވައި ކްރިމިނަލް ކޯޓުގެ މަސައްކަތް އެ ތަނަށް ސަރުކާރުން ބަދަލުކޮށްފައިވެއެވެ.
އެ ބަދަލާ އެކު ކްރިމިނަލް ކޯޓުން މައްސަލަ ނިންމާ ނިސްބަތް އެތައް ގުނައެއް އިތުރުވެފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފާހަގަކޮށްފައިވެއެވެ. ބަންދުގައި ތިބޭ ފަރާތްތަކަށް އިންސާފުވެރި ޙައްލެއް ހޯއްދެވުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް