Newscast
ކުޅިވަރު

ޔޫއެފާގެ ރައީސް ކެފަރިން ފީފާގެ ރައީސްކަމަށް ވާދަނުކުރާނެކަން ހާމަކޮށްފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 24 Aug 2026
ޔޫއެފާގެ ރައީސް ކެފަރިން ފީފާގެ ރައީސްކަމަށް ވާދަނުކުރާނެކަން ހާމަކޮށްފި
ޔޫއެފާގެ ރައީސް އެލެކްޒެންޑަރ ކެފަރިން؛ ފޮޓޯ / ޔޫއެފާ

ޕޮޑްކާސްޓެއް ކަމުގައިވާ "ދަ ރެސްޓް އިސް ޕޮލިޓިކްސް: ލީޑިން" އަށް ދިން ބަސްދީގަތުމެއްގައި ކެފަރިން ބުނީ ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ފަހަކަށް އައިސް ހިނގި ކަންކަމާ ގުޅިގެން ވާހަކަ ނުދައްކާ ކަމަށެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ އިންތިޚާބުގައި އިންފަންޓީނޯ ބައިވެރިވެއްޖެ ނަމަ އޭނާއަށް ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ކެފަރިން ބުނެފައިވެއެވެ. ޔޫރަޕުގެ ފުޅާ ތާއީދާ އެކު އިންފަންޓީނޯއާ ދެކޮޅު ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބެލެވުނު ނަމަވެސް އެ ކެންޑިޑޭޓަކީ ކެފަރިން ނޫން ކަމަށް އޭނާ ވަނީ ސާފުކޮށްދީފައެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިނުލާނެ ކަމަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ ޔޫއެފާގެ ރައީސް އެލެކްޒެންޑަރ ކެފަރިން ބުނެފިއެވެ.

ޕޮޑްކާސްޓެއް ކަމުގައިވާ "ދަ ރެސްޓް އިސް ޕޮލިޓިކްސް: ލީޑިން" އަށް ދިން ބަސްދީގަތުމެއްގައި ކެފަރިން ބުނީ ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ފަހަކަށް އައިސް ހިނގި ކަންކަމާ ގުޅިގެން ވާހަކަ ނުދައްކާ ކަމަށެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ އިންތިޚާބުގައި އިންފަންޓީނޯ ބައިވެރިވެއްޖެ ނަމަ އޭނާއަށް ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ކެފަރިން ބުނެފައިވެއެވެ. ޔޫރަޕުގެ ފުޅާ ތާއީދާ އެކު އިންފަންޓީނޯއާ ދެކޮޅު ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބެލެވުނު ނަމަވެސް އެ ކެންޑިޑޭޓަކީ ކެފަރިން ނޫން ކަމަށް އޭނާ ވަނީ ސާފުކޮށްދީފައެވެ.

ކެފަރިން އިންފަންޓީނޯއާ ދެކޮޅަށް ފާޅުގައި ފާޑުކީ ސަބަބަކީ ފީފާގެ މުބާރާތްތައް އިންތިޒާމުކުރުމަށް އުފައްދާ ފީފާ ފޯވާޑް އެންޓަރޕްރައިޒްގެ 20 އިންސައްތަ ހިއްސާ ޢާންމު ވިޔަފާރިވެރިންނަށް ވިއްކައިލުމަށް ނިންމައި އެކަށީގެންވާ މަޝްވަރާއެއް ނުކޮށް އެ ކަން އިޢުލާނު ކުރުމެވެ. ކެފަރިން ބުނި ގޮތުގައި މި ނިންމުން އައީ އެކަމާ ބެހޭ އެކަށީގެންވާ މަޢުލޫމާތު ފޯރުކޮށްނުދީ މަޝްވަރާގެ އުޞޫލާ ޚިލާފަށެވެ.

މި މައްސަލައިގައި ޔޫއެފާއިން ވަނީ ފީފާ ފޯވާޑް ޕްރޮޖެކްޓް ހުއްޓައިނުލައިފި ނަމަ ވޯލްޑް ކަޕް ހިމެނޭ ގޮތަށް ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. ޔޫއެފާގެ އިތުރުން އޭޝިއާ އާއި ދެކުނު އެމެރިކާގެ ކޮންމެބޮލް ޤައުމުތަކުންވެސް މި ކަމާ ދެކޮޅަށް ގުޅިފައިވާ ބަޔާނެއް ނެރުނެވެ. ގިނަ މެންބަރު ޤައުމުތަކެއްގެ ދެކޮޅުހެދުމާ ކުރިމަތިވުމުން މޮރޮކޯގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައި އިންފަންޓީނޯ ވަނީ އެ ޕްރޮޖެކްޓް ރަނގަޅު ނޫން ކަމަށް ޤަބޫލުކޮށް ކަންކުރެވުނީ އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެ މާފަށް އެދިފައެވެ.

ހަމަ އެ ޕޮޑްކާސްޓުގައި ކެފަރިން ފާހަގަކުރި ގޮތުގައި ވޯލްޑް ކަޕްގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފީފާއިން ދިން ފީފާ ޕީސް އެވޯޑަކީ ވެސް މެންބަރުންނާ މަޝްވަރާ ނުކޮށް ނިންމި ނިންމުމެކެވެ. ފީފާގެ ހިންގުމުގެ ނިންމުންތަކާ ގުޅިގެން ޔޫއެފާ އާއި ފީފާއާ ދެމެދު އޮތް ނުތަނަވަސްކަން އަދިވެސް ދެމި އެބައޮތެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އެތްލެޓިކޯ ސަޕޯޓަރުންގެ ނުރުހުމާ ހެދި އަލްވަރޭޒް އެކަހެރިކޮށް ޗޭންޖިން ރޫމަށް ފޮނުވައިފި
ކުޅިވަރު 24 Aug 2026

އެތްލެޓިކޯ ސަޕޯޓަރުންގެ ނުރުހުމާ ހެދި އަލްވަރޭޒް އެކަހެރިކޮށް ޗޭންޖިން ރޫމަށް ފޮނުވައިފި

މެޗުގެ ފަހު 25 މިނެޓަށް ދަނޑަށް ނުކުތް އާޖެންޓީނާގެ ފޯވަޑާ ދެކޮޅަށް ވާމްއަޕް ކުރަމުން ދިޔައިރުން ފެށިގެން ސަޕޯޓަރުން ދިޔައީ މަލާމާތާ އެކު ހަޅޭއްލަވަމުންނެވެ. އެތްލެޓިކޯގެ ޕްރެކްޓިސް ދަނޑު ވަށައިގެން އޭނާއާ ދެކޮޅު ބެނާތައް ވެސް ދެމިފައި ހުއްޓެވެ. އެ ބެނާތަކުގެ ތެރެއިން ބެނާއެއްގައި "އަލްވަރޭޒް މިހާރު މި ކުލަބުން ދޭ" މިހެން ލިޔެފައިވެއެވެ.

ކުދި ރަށްރަށުގެ ކައުންސިލުތަކަށް އެ އަތޮޅެއްގެ އެހެން ރަށަކުން މުވައްޒަފުން ނެގޭނެ އުޞޫލެއް ހަދައިފި
ހަބަރު 24 Aug 2026

ކުދި ރަށްރަށުގެ ކައުންސިލުތަކަށް އެ އަތޮޅެއްގެ އެހެން ރަށަކުން މުވައްޒަފުން ނެގޭނެ އުޞޫލެއް ހަދައިފި

އެ ކޮމިޝަނުން ތައްޔާރުކުރި މި އުޞޫލު ލާޒިމުކުރާ ގޮތުން ވަޒީފާއަށް ހުޅުވައިލާ މަޤާމަކީ އެ ރަށެއްގެ ކައުންސިލް އިދާރާގެ އިދާރީ އޮނިގަނޑުގެ ތެރޭގައި ހިމެނޭ އަދި މާލީ ގޮތުން ޚަރަދު ހަމަޖެހިފައި އޮތް މަޤާމަކަށް ވާންޖެހެއެވެ. ފުރުޞަތު ހުޅުވައިލާނީ ހަމައެކަނި އެ ރަށް ހިމެނޭ އަތޮޅުގެ ހުރިހާ ރަށެއް ޝާމިލުވާ ގޮތަށެވެ.

ޑައިވިން ހާދިސާތަކުގައި ފުރާނަ ސަލާމަތްކުރުމަށް ޚާއްޞަ ޔުނިޓެއް ސިފައިންނަށް ލިބިއްޖެ
ހަބަރު 24 Aug 2026

ޑައިވިން ހާދިސާތަކުގައި ފުރާނަ ސަލާމަތްކުރުމަށް ޚާއްޞަ ޔުނިޓެއް ސިފައިންނަށް ލިބިއްޖެ

އެ ޔުނިޓާ ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

ވިޒިޓް މޯލްޑިވްސް ހިންގެވުމާ ހަވާލުވެ ހުންނެވި ޝިއުރީ މަޤާމު އިސްތިޔުފާ ދެއްވައިފި
ހަބަރު 24 Aug 2026

ވިޒިޓް މޯލްޑިވްސް ހިންގެވުމާ ހަވާލުވެ ހުންނެވި ޝިއުރީ މަޤާމު އިސްތިޔުފާ ދެއްވައިފި

އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ ގޮތުން ޝިއުރީ އަދި އެއްވެސް ތަފުސީލެއް ހާމައެއް ނުކުރައްވައެވެ. ޝިއުރީ އެ މަޤާމަށް އައްޔަނުކުރެއްވީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ.

އދ.ގެ 16 އިދާރާއެއްގެ އެހީގައި ރާއްޖެ ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ހަބަރު 24 Aug 2026

އދ.ގެ 16 އިދާރާއެއްގެ އެހީގައި ރާއްޖެ ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ. އދ.ގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ހާއޯ ޖަންގެވެ. 2027 އިން 2031 އަށް ދެމިގެންދާ މި އޮނިގަނޑަކީ އދ.ގެ ތަރައްޤީގެ ނިޒާމުގެ ތެރެއިން ބައްޓަންކުރެވުނު އެންމެ މަތީ ފެންވަރުގެ އިސްތިރާޖީ އަދި ތަންފީޒީ ލިޔުން ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

ރަސްމާލެއިން 716 ހެކްޓަރު ހިއްކައި ރާއްޖޭގެ އެންމެ ބޮޑު ރަށުގެ ރެކޯޑް ހޯދައިފި
ހަބަރު 24 Aug 2026

ރަސްމާލެއިން 716 ހެކްޓަރު ހިއްކައި ރާއްޖޭގެ އެންމެ ބޮޑު ރަށުގެ ރެކޯޑް ހޯދައިފި

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު މުޙައްމަދު ނާޝިދު މީސްމީޑިއާގައި ހާމަކުރެއްވި ގޮތުގައި ޖުމްލަ 1،150 ހެކްޓަރު ހިއްކުމަށް ރާވާފައިވާ މި މަޝްރޫޢުގެ ތެރެއިން 716 ހެކްޓަރުގެ ބިން މިހާރު ހިއްކައި ނިމިފައިވެއެވެ. ކުރިން ރާއްޖޭގެ ބިމުގެ ގޮތުން އެންމެ ބޮޑު ރަށެއްގެ ގޮތުގައި އޮތީ 609 ހެކްޓަރުގެ ހައްދުންމަތީ ގަން ކަމަށް ވިޔަސް ރަސްމާލެ މިހާރު އެ ރަށަށް ވުރެ 107 ހެކްޓަރު ބޮޑު ކަމަށް ނާޝިދު ވިދާޅުވިއެވެ.