ޓީޗަރުންގެ ދުވަހު މުދައްރިސުންގެ ޚިދުމަތް ފާހަގަކުރައްވައި ސާޖިދާ ޝުކުރު އަދާކުރައްވައިފި
ދުނިޔޭގެ ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މުދައްރިސުންގެ ބުރަ މަސައްކަތާއި ހިތްވަރު ފާހަގަކުރައްވައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.
އަހުމަދު އާހިލް ސައީދު
ދުނިޔޭގެ ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މުދައްރިސުންގެ ބުރަ މަސައްކަތާއި ހިތްވަރު ފާހަގަކުރައްވައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށެވެ. އަދި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ވަސީލަތްތަކާ އެކު ކިޔަވައިދިނުމުގެ މާޙައުލު ބަދަލުވަމުންދާ މި ދުވަސްވަރު މުދައްރިސުންނަށް އައު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ ބަދަލުތަކަށް ހިތްވަރާ އެކު ހޭނުމަށް މުދައްރިސުންނަށް ބާރު ދީ ތައްޔާރަށް ތިބޭނެ ގޮތް ހެދުން ވަރަށް މުހިންމު ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ދުނިޔޭގެ ޓީޗަރުންގެ ދުވަހަކީ ކޮންމެ އަހަރަކު ވެސް މުދައްރިސުންގެ އަގު ވަޒަންކޮށް އެ ބޭފުޅުންގެ ޚިދުމަތް ފާހަގަކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ. މިއަހަރަކީ އެ ދުވަސް ފާހަގަކުރާތާ 60 އަހަރު ފުރޭ އަހަރު ކަމަށްވާއިރު، މިއަހަރުގެ ޔުނެސްކޯގެ ތީމަކީ "ސްޓޭންޑިންގ ވިތް ޓީޗާރސް" (ޓީޗަރުންނާ އެކީ ދެމިހުރުން) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް