އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި
މި މަސައްކަތް ހިންގާފައިވަނީ އެކްސެލެރޭޓިންގ ރިނިޔުބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ )އެރައިސް( މަޝްރޫޢުގެ ތެރެއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް )ސްޓެލްކޯ( މެދުވެރިކޮށެވެ. ޖުމްލަ 56 މިލިއަން ރުފިޔާގެ މި އިންވެސްޓްމަންޓުގައި ބިމުގައި ހަރުކުރި ސޯލާ ޕެނަލްތަކުގެ އިތުރުން 1.5 މެގަވޮޓު އަވަރގެ ބެޓެރީ ސްޓޯރޭޖް ކެޕޭސިޓީ އާއި ޒަމާނީ އެނަރޖީ މެނޭޖުމަންޓް ސިސްޓަމެއް ހިމެނެއެވެ.
ވޯލްޑް ބޭންކުގެ އެހީގައި ބ. އޭދަފުށީގައި ޤާއިމުކުރި 1.2 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމު މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.
މި މަސައްކަތް ހިންގާފައިވަނީ އެކްސެލެރޭޓިންގ ރިނިޔުބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިސް) މަޝްރޫޢުގެ ތެރެއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) މެދުވެރިކޮށެވެ. ޖުމްލަ 56 މިލިއަން ރުފިޔާގެ މި އިންވެސްޓްމަންޓުގައި ބިމުގައި ހަރުކުރި ސޯލާ ޕެނަލްތަކުގެ އިތުރުން 1.5 މެގަވޮޓު އަވަރގެ ބެޓެރީ ސްޓޯރޭޖް ކެޕޭސިޓީ އާއި ޒަމާނީ އެނަރޖީ މެނޭޖުމަންޓް ސިސްޓަމެއް ހިމެނެއެވެ.
އާބާދީގައި 3,539 މީހުން ދިރިއުޅޭ ބ. އަތޮޅުގެ ވެރިރަށުގައި ޤާއިމުކުރި މި ނިޒާމުގެ ސަބަބުން އެ ރަށުގައި ބޭނުންކުރާ ޖުމްލަ ކަރަންޓުގެ 33 އިންސައްތަ ސޯލާ ހަކަތައިން އުފެއްދޭނެއެވެ. އެއީ ގާތްގަނޑަކަށް 441 ގޭބިސީއަށް ބޭނުންވާ ކަރަންޓުގެ މިންވަރެވެ. ކުރިން އެ ރަށުގެ އިންޖީނުގެއިން އަހަރަކު ދެ މިލިއަން ލީޓަރުގެ ޑީސަލް ޚަރަދުކުރި ނަމަވެސް މި ނިޒާމާ އެކު އަހަރަކު ގާތްގަނޑަކަށް 655,000 ލީޓަރުގެ ޑީސަލް ސަލާމަތްވެ ތެލަށް ކުރާ ހޭދައިން އަހަރަކު ގާތްގަނޑަކަށް އަށް މިލިއަން ރުފިޔާ ރައްކާކުރެވޭނެއެވެ.
އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ ޝަރީފު ވިދާޅުވީ "ކޮންމެ ބަޔަކުވެސް ބުނޭ މީގެން ތިމަންނަމެންނަށް ވާނީ ކޮންފައިދާއެއްތޯ މިކަމުގެ ސަބަބުން ތެލަށް ކުރާ ހޭދަ ދަށްވޭއެބަ ވަރަށް ބޮޑަށް. އޭގެ ސަބަބުން ރައްކާކުރެވޭ ފައިސާ އެބަ އެހެން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ފަސޭހަވޭ." ކަމަށެވެ.
އެރައިސް މަޝްރޫޢުގެ ދަށުން ރާއްޖޭގެ ޖުމްލަ 14 ރަށެއްގައި ސޯލާ ނިޒާމުތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކަރަންޓު އުފެއްދުމުގައި ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ހަކަތައިގެ ނިޒާމުތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް