ލައިފްސްޓައިލް

'ބްރޭކިންގް ބޭޑް' ގެ އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ އިސްލާމްވެއްޖެ

'ބްރޭކިންގް ބޭޑް' ގެ އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ އިސްލާމްވެއްޖެ

Ahmed Aahil Saeed

09 July 2026

0
'ބްރޭކިންގް ބޭޑް' ގެ އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ އިސްލާމްވެއްޖެ

'ބްރޭކިންގް ބޭޑް' ގެ އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ

މިކަން ހާމަކުރައްވާފައިވަނީ ސައުދީ އަރަބިއްޔާގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީގެ ޗެއާމަން ތުރްކީ އަލް-ޝައިޚް އެވެ.

'ބްރޭކިންގް ބޭޑް' އިން މަޝްހޫރުކަން ހޯދާފައިވާ އެމެރިކާގެ އެކްޓަރު ޖިއަންކާލޯ އެސްޕޮސިޓޯ، އިސްލާމްދީން ގަބޫލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ސައުދީ އަރަބިއްޔާގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީގެ ޗެއާމަން ތުރްކީ އަލް-ޝައިޚް އެވެ.

އޭނާ ބުނި ގޮތުގައި، އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކުރީ ސައުދީ އަރަބިއްޔާގައި އޭނާ ފިލްމެެއްގެ ޝޫޓިން ނަގަން ގޮސް އުޅުމުގެ ތެރޭގައި، އެތަނުގައި މަސައްކަތްކުރާ މުސްލިމް މުވައްޒަފުންނާއެކު ގާތްކޮށް ވަގުތު ހޭދަކުރުމަށްފަހުގައެވެ.

އަލް-ޝައިޚް ވިދާޅުވި ގޮތުގައި، އެސްޕޮސިޓޯ ވަނީ ޝަހާދަތުގެ ދެކަލިމަ ކިޔައި، ރަސްމީކޮށް ދީނަށް ވަދެފައެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ފިލްމު އުފައްދާ ޓީމުގެ މެންބަރުންނާއެކު މިސްކިތަކަށް ގޮސް ނަމާދުވެސް ކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި، އެސްޕޮސިޓޯ އެހެން މުސްލިމުންނާއެކު ސަފުގައި ހުރެ ނަމާދުކުރާ މަންޒަރު ފެނިގެންދެއެވެ. މި ވީޑިއޯއާއެކު އިންޓަނެޓުގައި ބޮޑު ސަމާލުކަމެއް މިކަމަށް ވަނީ ލިބިފައެވެ.

ޖިއަންކާލޯ އެސްޕޮސިޓޯ އިސްލާމްދީން ގަބޫލުކުރި ޚަބަރާއެކު، އާންމުންގެ މެދުގައި ސޯޝަލް މީޑިއާގައި އޭނާގެ ފިލްމީ ކެރިއަރާމެދު ބަހުސެއް ވަނީ އުފެދިފައެވެ. އަދި ގިނަ ބަޔަކު އަންނަނީ އޭނާއަށް މަރުހަބާ ކިޔައި، ހެޔޮ ދުއާ ފޮނުވަމުންނެވެ.

އެސްޕޮސިޓޯ މިވަގުތު ސައުދީ އަރަބިއްޔާގައި ހުރީ "ޑޯގް 7" ކިޔާ އާ ފިލްމެއްގެ މަސައްކަތް ކުރުމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް