ސިންގަޕޫރުގެ ޤައުމީ ދުވަހާ ގުޅިގެން ރައީސް މުޢިއްޒު އެ ޤައުމުގެ ވެރީންނަށް ތަހުނިޔާ ފޮނުއްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަށް ފޮނުއްވި ސިޓީފުޅުގައި ރައީސް މުޢިއްޒު ވަނީ ދިވެހި ދައުލަތާއި ރައްޔިތުންގެ ފަރާތުން ޤައުމީ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވައިފައެވެ. ސަރަޙައްދީ ފެންވަރުގައި އީޖާދީ އަދި އުންމީދީ ދަންމަރެއްގެ ގޮތުގައި ސިންގަޕޫރު ދެމިއޮންނާނެ ކަމަށް އެމަނިކުފާނު އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙުމަތްތެރިކަމަކީ އިޙުތިރާމާއި އިތުބާރާއި ސަރަޙައްދީ ހަމަޖެހުމާއި ކުރިއެރުމަށް ދެ ފަރާތުން ގެންގުޅޭ ޢަޒުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް ސިޓީފުޅުގައި ފާހަގަކުރައްވައިފައިވެއެވެ.
ސިންގަޕޫރުން ޤައުމީ ދުވަސް ފާހަގަކުރާ މުނާސަބަތުގައި އެ ޤައުމުގެ ރައީސާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާގެ ސިޓީފުޅެއް ފޮނުއްވައިފިއެވެ.
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަށް ފޮނުއްވި ސިޓީފުޅުގައި ރައީސް މުޢިއްޒު ވަނީ ދިވެހި ދައުލަތާއި ރައްޔިތުންގެ ފަރާތުން ޤައުމީ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވައިފައެވެ. ސަރަޙައްދީ ފެންވަރުގައި އީޖާދީ އަދި އުންމީދީ ދަންމަރެއްގެ ގޮތުގައި ސިންގަޕޫރު ދެމިއޮންނާނެ ކަމަށް އެމަނިކުފާނު އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙުމަތްތެރިކަމަކީ އިޙުތިރާމާއި އިތުބާރާއި ސަރަޙައްދީ ހަމަޖެހުމާއި ކުރިއެރުމަށް ދެ ފަރާތުން ގެންގުޅޭ ޢަޒުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް ސިޓީފުޅުގައި ފާހަގަކުރައްވައިފައިވެއެވެ.
ބޮޑުވަޒީރު ލޯރެންސް ވޮންގް އަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރާ އެކު ރާއްޖެއިން ބާއްވާ ގާތް ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ. ވިޔަފާރިއާއި ވުނަކުރުމާއި ތަޢުލީމާއި ޤާބިލިއްޔަތު ތަރައްޤީކުރުމާއި ފަރުދީ ފެންވަރުގެ އެއްބާރުލުމުގެ ސަބަބުން މި ގުޅުން އިތުރަށް ވަރުގަދަވަމުން އަންނަ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން އަމާންކަމާއި ދެމެހެއްޓެނިވި ތަރައްޤީ ފަދަ ދާއިރާތަކުން ދެ ޤައުމުން ހިއްސާކުރާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޮޑުވަޒީރާ ގާތުން ގުޅިގެން މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވި ކަމުގައި ރައީސް ހާމަކުރެއްވިއެވެ.
ދެ ސިޓީފުޅު ނިންމަވައިލައްވައިފައިވަނީ ސިންގަޕޫރުގެ ރައީސާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތާއި ބާއްޖަވެރިކަން އެދިވަޑައިގެން އެ ޤައުމާއި ރައްޔިތުންނަށް ފާގަތިކަމާއި ކާމިޔާބީ އެދިވަޑައިގަންނަވަމުންނެވެ. ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވެސް މި ޝުޢޫރުތައް ހިއްސާކުރައްވައިފައެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް