ވިޔަފާރި

އުރީދޫ އެޕްގެ އޮޓޯޕޭ އިން ފައިސާ ދައްކާ ދުވަސް އިޚްތިޔާރުކުރެވޭ ގޮތް ހަދައިފި

އުރީދޫ އެޕްގެ އޮޓޯޕޭ އިން ފައިސާ ދައްކާ ދުވަސް އިޚްތިޔާރުކުރެވޭ ގޮތް ހަދައިފި

Ahmed Aahil Saeed

09 July 2026

0
އުރީދޫ އެޕްގެ އޮޓޯޕޭ އިން ފައިސާ ދައްކާ ދުވަސް އިޚްތިޔާރުކުރެވޭ ގޮތް ހަދައިފި

ފޮޓޯ: އުރީދޫ

އެ ކުންފުނިން ބުނީ މިއީ ކަސްޓަމަރުން ބޭނުންވާ ތާރީޚެއްގައި ރައްކާތެރިކަމާ އެކު އޮޓޮމެޓިކުން ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިދީ މެދުކެނޑުމެއް ނެތި ޚިދުމަތްތައް ބޭނުންކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ފީޗާއެއް ކަމަށެވެ. މުސާރަ ލިބޭ ދުވަހާ ދިމާކޮށް ނުވަތަ މަހުގެ ބަޖެޓާ އެއްގޮތަށް އޮޓޯޕޭ ސެޓްކޮށްލުމުން ބިލް ނުދެއްކިގެން ޚިދުމަތް މެދުކެނޑުމުގެ ބިރެއް ނެތި ކަނޑައެޅި ދުވަހު އޮޓޮމެޓިކުން ފައިސާ ދައްކައިދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އުރީދޫ މޯލްޑިވްސްގެ އެޕްގައި ހިމެނޭ "އޮޓޯޕޭ" ފީޗާ މެދުވެރިކޮށް ކަސްޓަމަރުން ބޭނުންވާ ދުވަހެއްގައި އޮޓޮމެޓިކުން ބިލްތަކަށް ފައިސާ ދެއްކުމާއި ޕްރީޕެއިޑް ރީޗާޖްކުރުމާއި އެޑް-އޯންތައް ގަނެވޭނެ ގޮތް އެ ކުންފުނިން މަގުފަހިކޮށްދީފައިވެއެވެ.

އެ ކުންފުނިން ބުނީ މިއީ ކަސްޓަމަރުން ބޭނުންވާ ތާރީޚެއްގައި ރައްކާތެރިކަމާ އެކު އޮޓޮމެޓިކުން ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިދީ މެދުކެނޑުމެއް ނެތި ޚިދުމަތްތައް ބޭނުންކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ފީޗާއެއް ކަމަށެވެ. މުސާރަ ލިބޭ ދުވަހާ ދިމާކޮށް ނުވަތަ މަހުގެ ބަޖެޓާ އެއްގޮތަށް އޮޓޯޕޭ ސެޓްކޮށްލުމުން ބިލް ނުދެއްކިގެން ޚިދުމަތް މެދުކެނޑުމުގެ ބިރެއް ނެތި ކަނޑައެޅި ދުވަހު އޮޓޮމެޓިކުން ފައިސާ ދައްކައިދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އޮޓޯޕޭ މެދުވެރިކޮށް ކަސްޓަމަރުންނަށް ކާޑުގެ މަޢުލޫމާތު ރައްކާތެރިކަމާ އެކު ސޭވްކޮށް ގަވާއިދުން ކުރަންޖެހޭ މުޢާމަލާތްތައް ތާވަލުކުރެވޭނެ ކަމަށް އުރީދޫން ބުނެފައިވެއެވެ. މި ފީޗާގެ ދަށުން މަހުން މަހަށް ދައްކަންޖެހޭ ބިލްތަކާއި ޕްރީޕެއިޑް ރީޗާޖްތަކާއި އެޑް-އޯންތައް ގަތުމަށް އޮޓޯޕޭ ސެޓްކުރެވޭނެއެވެ.

އޮޓޯޕޭ ސެޓްއަޕް ކުރުމަށް ކޮންމެ މުޢާމަލާތެއް ކުރާއިރު ބޭނުންވާ ކާޑެއް ސޭވްކޮށްލެވޭނެ ކަމަށާއި އެއަށްފަހު އުރީދޫ އެޕްގެ "މޯ" މެނޫއިން "އޮޓޯޕޭ" ބަޔަށް ގޮސް ފައިސާ ދައްކަން ބޭނުންވާ ޚިދުމަތާއި އެންމެ އެކަށީގެންވާ ދުވަސް ކަނޑައެޅޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް