ޓީޗަރުންގެ ދުވަހު މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި ނައިބު ރައީސް މެސެޖެއް ދެއްވައިފި
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށްދޭ ފަރާތްތައް ކަމަށް ވިދާޅުވެ، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އެ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައިފިއެވެ.
އަހުމަދު އާހިލް ސައީދު
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށްދޭ ފަރާތްތައް ކަމަށް ވިދާޅުވެ، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އެ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައިފިއެވެ.
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުދައްރިސުންނަކީ ދަރީންގެ މުސްތަޤުބަލާއި ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތްތައް ކަމަށެވެ. އެ ބޭފުޅުންގެ ހީވާގިކަމާއި ޚިދުމަތަށް ޝުކުރު ޙައްޤު ކަމަށާއި މެދުނުކެނޑި އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ތަޢުލީމީ ދާއިރާއަށް އާ ގޮންޖެހުންތައް ކުރިމަތިވެ އެ ފަންނު ބަދަލުވަމުން ދާ ހިނދު، މުދައްރިސުންނަށް ފުރިހަމަ ޤަދަރާއި ބާރު ލިބޭނެ ގޮތް ހަމަޖެއްސުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.
ކޮންމެ އަހަރެއްގެ ވެސް ދުނިޔޭގެ ޓީޗަރުންގެ ދުވަސް ފާހަގަކުރަނީ މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް އެ ދާއިރާ ހަރުދަނާ ކުރުމުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަށެވެ. މި އަހަރަކީ އެ ދުވަސް ފާހަގަކުރާތާ 60 އަހަރު ފުރޭ އަހަރު ކަމަށް ވާއިރު، ޔުނެސްކޯގެ މި އަހަރުގެ ޝިޢާރަކީ "ޓީޗަރުންނާ އެކީ ދެމިހުރުން" މިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް