އެފްޑީސީން އަމާން ޓަވަރުގެ އޭސީ ޑްރެއިން މައްސަލަ ޖުލައި 12 ގެ ކުރިން ރަނގަޅުކުރަން އަންގައިފި
އެފްޑީސީން ނެރުނު އިއުލާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އޭސީ ޔުނިޓްތަކުގެ ޑްރެއިން ހޮޅިތައް އެކަމަށް ޚާއްޞަ ޕައިޕާ ގުޅާފައި ނުވުމުން ޝާފްޓް ސަރަޙައްދުތަކަށް ފެން ޖަމާވެ ޢިމާރާތާއި އެހެން ފްލެޓްތަކަށް ވެސް ގެއްލުން ލިބެމުންދާ ކަމަށެވެ.
އަމާން ޓަވަރުތަކުގެ އޭސީ އައުޓްޑޯ ޔުނިޓްތަކުން ފެން ލީކުވެ އިމާރާތަށް ގެއްލުންވަމުންދާތީ އަންނަ މަހުގެ 12 ގެ ކުރިން އެ މައްސަލަ ހައްލުކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފްލެޓްތަކުގެ ވެރިންނަށް އަންގައިފިއެވެ.
އެފްޑީސީން ނެރުނު އިއުލާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އޭސީ ޔުނިޓްތަކުގެ ޑްރެއިން ހޮޅިތައް އެކަމަށް ޚާއްޞަ ޕައިޕާ ގުޅާފައި ނުވުމުން ޝާފްޓް ސަރަޙައްދުތަކަށް ފެން ޖަމާވެ ޢިމާރާތާއި އެހެން ފްލެޓްތަކަށް ވެސް ގެއްލުން ލިބެމުންދާ ކަމަށެވެ.
އެހެންކަމުން ހުރިހާ ޔުނިޓެއްގެ ޑްރެއިން ހޮޅިތައް ރަނގަޅަށް ގުޅައި ފެން ލީކުނުވާނެ ގޮތް ޔަގީންކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ދީފައިވާ މުއްދަތުގެ ތެރޭގައި މައްސަލަ އިޞްލާޙުނުކުރާ ފަރާތްތަކާ މެދު ހަމަޖެހިފައިވާ އުސޫލުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އެފްޑީސީން ވަނީ ބުނެފައެވެ.
އެފްޑީސީން ކަނޑައަޅާފައިވާ ސުންގަޑިއަކީ އަންނަ މަހުގެ 12 ވަނަ ދުވަހެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް