18 އަތޮޅެއްގައި ސަރުކާރުގެ ޚިދުމަތު މަރުކަޒުތައް އުފައްދައިފި
ޤައުމީ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިދާރީ ދާއިރާތަކުން ލިބޭނެ ގޮތް ހެދުމަށްޓަކައި ރާއްޖޭގެ 18 އަތޮޅެއްގައި "ސަރުކާރުގެ ޚިދުމަތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
އަހުމަދު އާހިލް ސައީދު

ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި މި މަރުކަޒުތައް ހިންގާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުން ނަންބަރު 2026/16 މެދުވެރިކޮށް މިއަދު މި ނިންމެވުން ވަނީ ރަސްމީކޮށް އިޢުލާންކުރައްވައިފައެވެ.
ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ކޮންމެ އަތޮޅެއްގައި ވަކި މަރުކަޒެއް ޤާއިމުކޮށްފައިވެއެވެ. މި މަރުކަޒުތައް ބައްޓަންކޮށްފައި ވަނީ ލާމަރުކަޒީ ޤާނޫނު (ޤާނޫނު ނަންބަރު 2010/7) ގެ 65 ވަނަ މާއްދާގެ (ށ) ގެ 1 ގައި ބަޔާންކޮށްފައިވާ އިންޓެގްރޭޓެޑް ސާވިސް ސެންޓަރުތަކެއްގެ ގޮތުގައި، ޤައުމީ ފެންވަރުގެ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމުގެ މަޤުޞަދުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ކޮންމެ މަރުކަޒެއްގެ އިނގިރޭސި ރަސްމީ ނަމާއި ދައުލަތުގެ އޮފީސްތަކާ ސިޓީ ބަދަލުކުރުމުގައި ބޭނުންކުރާނެ މުއައްސަސާ ނަންބަރުތައް ވެސް ހިމަނުއްވައިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް