Newscast
ހަބަރު

ޓެކްސް ނެގޭ ދާއިރާ ފުޅާކުރުމުގެ ބިލަށް މަޖިލީހުގައި މެންބަރުންގެ ތާއީދު ލިބިއްޖެ

ލިޔުނީ: އަހުމަދު އާހިލް ސައީދު 16 Aug 2026
ޓެކްސް ނެގޭ ދާއިރާ ފުޅާކުރުމުގެ ބިލަށް މަޖިލީހުގައި މެންބަރުންގެ ތާއީދު ލިބިއްޖެ
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް

ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހެޅުއްވި މި ބިލާ ގުޅޭ ގޮތުން އެ މެންބަރު ވިދާޅުވީ ޓެކްސް ނެގުމުގެ ނިޒާމު ވޭތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭ ހުރީ ފުރިހަމަ ނުކުރެވި ކަމަށެވެ. ފާއިތުވެ ދިޔަ ތަނުގައި ޓެކްސް ރޭޓަށް ބަދަލު ގެނެވުނު ނަމަވެސް މި ފަހަރު ހުށަހެޅި ބިލުގެ މައިގަނޑު ބޭނުމަކީ ޓެކްސް ނެގޭ ދާއިރާ ފުޅާކޮށް ބޭރުގެ ފަރާތްތައް އެ ނިޒާމުގެ ތެރެއަށް ގެނައުން ކަމަށް މެންބަރު ވިދާޅުވިއެވެ. އެ ގޮތުން 2011 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ޓެކްސް ނަގަން ފެށުމާއި 2012 ވަނަ އަހަރާއި 2023 ވަނަ އަހަރު ގެނައި ބަދަލުތަކަށް ބިލް ހުށަހެޅުއްވި މެންބަރު އަލިއަޅުއްވައިލެއްވިއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 25 އިސްލާހެއް ހިމެނޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ ބިލުގެ އިބްތިދާޢީ ބަހުސްގައި ގިނަ މެންބަރުން ތާއީދު ފާޅުކޮށްފިއެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހެޅުއްވި މި ބިލާ ގުޅޭ ގޮތުން އެ މެންބަރު ވިދާޅުވީ ޓެކްސް ނެގުމުގެ ނިޒާމު ވޭތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭ ހުރީ ފުރިހަމަ ނުކުރެވި ކަމަށެވެ. ފާއިތުވެ ދިޔަ ތަނުގައި ޓެކްސް ރޭޓަށް ބަދަލު ގެނެވުނު ނަމަވެސް މި ފަހަރު ހުށަހެޅި ބިލުގެ މައިގަނޑު ބޭނުމަކީ ޓެކްސް ނެގޭ ދާއިރާ ފުޅާކޮށް ބޭރުގެ ފަރާތްތައް އެ ނިޒާމުގެ ތެރެއަށް ގެނައުން ކަމަށް މެންބަރު ވިދާޅުވިއެވެ. އެ ގޮތުން 2011 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ޓެކްސް ނަގަން ފެށުމާއި 2012 ވަނަ އަހަރާއި 2023 ވަނަ އަހަރު ގެނައި ބަދަލުތަކަށް ބިލް ހުށަހެޅުއްވި މެންބަރު އަލިއަޅުއްވައިލެއްވިއެވެ.

"މިއީ އެންމެ ފަހުގެ އެންމެ ހަރުދަނާ ބަދަލަށް ވެގެންދާނެ. ކުރިން ގެނެވުނު ބަދަލުތަކުން ޓެކްސް ރޭޓަށް ބަދަލުގެނައިނަމަވެސް މި އިސްލާހަކީ ޓެކްސް ބޭސް ނުވަތަ ޓެކްސް ނެގޭ ދާއިރާ ފުޅާކޮށް ބޭރުގެ ފަރާތްތައް މި ނިޒާމުގެ ތެރެއަށް ވެއްދުމަށް ގެނެވޭ އިސްލާހެއް." މެންބަރު މުޙައްމަދު ދާއޫދު ވިދާޅުވިއެވެ.

ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ސިފަކުރެއްވީ މިއީ ޓެކްސް ނިޒާމަށް މިހާތަނަށް ހުށަހެޅުނު އެންމެ މުހިންމު އިސްލާހުގެ ގޮތުގައެވެ. މިއީ ރޭޓަށް ގެންނަ ބަދަލެއް ނޫން ކަމަށާއި އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް ފައިދާ ކުރާނެ ބަދަލެއް ކަމުގައި އެ މެންބަރު ވިދާޅުވިއެވެ.

"ރާއްޖެގެ ރިސޯސްޓައް ބޭރުގެ ފަރާތްތަކުން ބޭނުން ކުރިކުރުމުން ދިވެހިންނަށް ފައިދާއެއް ނުވެ އޮތް އޮތުން މި އިސްލާހުތައް ފާސްވެ މިއަށް އަމަލުކުރެވުމާއި އެކު ނިމުމަކަށް އަންނާނެ." މެންބަރު މުޙައްމަދު މަމްދޫޙް ވިދާޅުވިއެވެ.

ހަމައެއާ އެކު އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވީ ރާއްޖޭގެ ރަށްތައް ބޭނުންކޮށްގެން ވިޔަފާރިކުރާ ނަމަ އެ ކަމުން ދިވެހިންނަށް ލާބަ ލިބެން ޖެހޭ ކަމަށާއި މި ބިލުން އެ ކަން ޙާޞިލުވާނެ ކަމަށެވެ. ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެންބަރުން ފާހަގަކުރެއްވީ ފަތުރުވެރިކަން ކުރިއެރި ނަމަވެސް ޓެކްސް ނިޒާމުގައި ހުރި ނިޒާމީ އުނިކަންތައް ސަބަބުން ރައްޔިތުންނާ ހަމައަށް އެކަށީގެންވާ ފައިދާ ނުފޯރާ ކަމަށެވެ. މި ބިލް އިބްތިދާޢީ ބަހުސް މަރުޙަލާ ނިމުމުން ދެން ކޮމިޓީ މަރުޙަލާއަށް ދާނެއެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި
ހަބަރު 17 Aug 2026

އެއް ބިލަކާ ގުޅޭ ގޮތުން ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ޤަވާޢިދު އިސްލާޙުކުރުމަށް ފާސްކޮށްފި

ޤަވާޢިދުގެ 1-257 ވަނަ މާއްދާގެ )ޅ( އުނިކުރުމަށް މި އިސްލާޙު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. އެ ހުށަހެޅުން ދިރާސާކުރުމަށް ފޮނުވީ އާންމު ކޮމިޓީއަށެވެ. ކޮމިޓީން މި ބަދަލު ގެނައުމަށް ރުހުން ދީފައިވަނީ ހާޒިރުވި މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ.

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި
ކުޅިވަރު 17 Aug 2026

އަންނަ ސީޒަނަށް ފަހު ފުޓްބޯޅައިން ރިޓަޔާކުރާނެ ކަމަށް ރޮނާލްޑޯ ބުނެފި

އުމުރުން 41 އަހަރުގެ ފޯވަޑް ހާމަކުރި ގޮތުގައި ފުޓްބޯޅައިގެ ކެރިއަރު ނިންމައިލުމަށް ފަހު ކުރާނެ ކަންކަން މިހާރު ވަނީ ރާވައިފައެވެ. ކުޅުން ހުއްޓައިލުމާ އެކު ބޮޑު ހުސްކަމެއް އަންނާނެ ކަން ފާހަގަކޮށް ދަތުރުކުރުމާއި ތަފާތު ކަންކަމުގައި މަޝްޣޫލުވެ އުޅުމާއި ޕެޑަލް ކުޅުން ފަދަ ޙަރަކާތްތަކުން އެ ހުސްކަން ފޫބައްދާނެ ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ
ހަބަރު 17 Aug 2026

ފްރެންޑް 4 ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ އުންމީދު ކުޑަވެއްޖެ

މިމަހުގެ ފަސް ވަނަ ދުވަހުގެ ދަންވަރު ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން އެ ދޯނި ކުއްލި ގޮތަކަށް ބަންޑުން ޖަހައިލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔައީ ސިފައިންގެ ލޭންޑިންގ ކްރާފްޓަކާއި ފުލުހުންގެ ލޯންޗަކާއި އެމްއެންޑީއެފް ލޯންޗެއް ވެސް ވަރަށް ކައިރީގައި އޮއްވައެވެ. ދޯނިން ފުންމައިލި މީހުންނާއި ބަންޑުން ޖަހައިލި ވަގުތު ނިކުމެވުނު މީހުން ވަގުތުން ސަލާމަތްކުރެވުނު ނަމަވެސް ރެސްކިޔު އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކެޕްޓަން ވަނީ ގެއްލިފައެވެ.

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި
ހަބަރު 17 Aug 2026

އޭދަފުށީގައި ސޯލާ ހަކަތައިގެ ނިޒާމެއް ވަޒީރު ޢަލީ ޝަރީފު އިފްތިތާޙުކޮށްދެއްވައިފި

މި މަސައްކަތް ހިންގާފައިވަނީ އެކްސެލެރޭޓިންގ ރިނިޔުބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ )އެރައިސް( މަޝްރޫޢުގެ ތެރެއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް )ސްޓެލްކޯ( މެދުވެރިކޮށެވެ. ޖުމްލަ 56 މިލިއަން ރުފިޔާގެ މި އިންވެސްޓްމަންޓުގައި ބިމުގައި ހަރުކުރި ސޯލާ ޕެނަލްތަކުގެ އިތުރުން 1.5 މެގަވޮޓު އަވަރގެ ބެޓެރީ ސްޓޯރޭޖް ކެޕޭސިޓީ އާއި ޒަމާނީ އެނަރޖީ މެނޭޖުމަންޓް ސިސްޓަމެއް ހިމެނެއެވެ.

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ
ހަބަރު 17 Aug 2026

އިންކުލޫސިވް ތަޢުލީމަށް ހުރިހާ މުދައްރިސުން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވަޒީރު ވިދާޅުވެއްޖެ

ވަޒީރު މިހެން ވިދާޅުވީ ސްކޫލުތަކުގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުން އިންކުލޫސިވް ޕެޑަގޮޖީއަށް ތަމްރީނުކުރުމަށް ފެށި "އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއުޓީ އެންޑް އިންކްލޫޝަން" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައެވެ. މި ޕްރޮގްރާމްގެ ދަށުން އީ ލާނިން ހަތް މޮޑިއުލެއް ފަރުމާކޮށް އެދުރު ޕޯޓަލް މެދުވެރިކޮށް ސްކޫލުތަކަށް ހުޅުވައިލައިފައިވެއެވެ.

ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި
ހަބަރު 17 Aug 2026

ޔޫއާރުއޭގެ ބޯޑު ހަތް މެންބަރުންނަށް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި

ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު ދިރާސާކުރީ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީންނެވެ. އެ ކޮމިޓީން ނިންމީ ސަރުކާރުން ހުށަހެޅި އިސްލާޙުތަކާ އެކު ބިލު ފާސްކުރަން ފެންނަ ކަމަށެވެ. ބިލާ ދެކޮޅަށް ހަ މެންބަރަކު ވޯޓު ދެއްވިއެވެ.