ވިލިމާލޭގައި މަސް ހިއްކުމުގެ ސާފުތާހިރުކަން ދަށްވެ އިސްލާހީ ފިޔަވަޅު އަޅައިފި
ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ މުވައްޒަފުން ރަށުތެރެ ޕެޓްރޯލް ކުރުމުގެ ތެރޭގައި އެ ސަރަހައްދުގައި ބައެއް ފަރާތްތަކުން ބިންމަތީގައި ސަތަރި އެޅުމަށް ފަހު އޭގެ މަތީގައި މަސް ހިއްކަން ބަހައްޓާފައި ހުރި މަންޒަރު ފެނިފައިވެއެވެ. މިއީ ކާބޯތަކެތީގެ ސާފުތާހިރުކަމުގެ އުސޫލުތަކާ ފުށުއަރާ ޢަމަލެއްގެ ގޮތުގައި ކައުންސިލުން ސިފަކޮށްފައިވެއެވެ.
ވިލިމާލޭ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދުގައި ވަޅޯމަސް ތައްޔާރުކުރުމުގައި ސާފުތާހިރުކަމުގެ މިންގަނޑުތަކާ ޚިލާފު ކަންތައްތަކެއް ފާހަގަކުރެވިގެން އެ ތަންތަން ބަލައި ފާސްކޮށް ވެރިފަރާތަށް އިސްލާހުކުރަން މާލޭ ސިޓީ ކައުންސިލުން މިއަދު އަންގައިފިއެވެ.
ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ މުވައްޒަފުން ރަށުތެރެ ޕެޓްރޯލް ކުރުމުގެ ތެރޭގައި އެ ސަރަހައްދުގައި ބައެއް ފަރާތްތަކުން ބިންމަތީގައި ސަތަރި އެޅުމަށް ފަހު އޭގެ މަތީގައި މަސް ހިއްކަން ބަހައްޓާފައި ހުރި މަންޒަރު ފެނިފައިވެއެވެ. މިއީ ކާބޯތަކެތީގެ ސާފުތާހިރުކަމުގެ އުސޫލުތަކާ ފުށުއަރާ ޢަމަލެއްގެ ގޮތުގައި ކައުންސިލުން ސިފަކޮށްފައިވެއެވެ.
މި މައްސަލަ ރަސްމީކޮށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ހުށަހެޅުމަށް ފަހު އެ އިދާރާއާ ގުޅިގެން ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ވަނީ އެ ޒޯނުގައި ހުރި ތަންތަނަށް ގޮސް އިންސްޕެކްޝަން ހިންގައިފައެވެ. އެ ބެލުންތަކުން ފާހަގަވި ކަންކަން ރަނގަޅުކުރުމަށް ވެރިފަރާތަށް އެންގުމުގެ އިތުރުން ސާފުތާހިރުކަން ކުޑަ ގޮތެއްގައި ވަޅޯމަސް ތައްޔާރު ނުކުރުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ދެމެހެއްޓުމަށް ކަމާ ގުޅޭ އިދާރާތައް ގުޅިގެން ދޭތެރެދޭތެރެއިން އިންސްޕެކްޝަންތައް ހިންގައެވެ.
ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭ ތަންތަން ބަންދުކޮށް ނޯޓިސް ދިނުމަށް ފަހު އެ ތަންތަން އަލުން ހުޅުވެނީ ކަނޑައެޅި ކަންކަން އިސްލާހުކުރުމުންނެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް