މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
Ahmed Aahil Saeed
09 July 2026
ކިޔުކަންބާ މިންޓް ޖޫސް
ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގަނޑަށް ތާޒާކަން ގެނެސްދޭނެ ބުއިމެއް ތައްޔާރު ކޮށްލާނެ ގޮތެވެ.
ބޭނުންވާ ތަކެތި
1/2 ކިޔުކަންބާ (ބޮޑު)
1 ޖޯޑު ލުނބޯ ހުތް
1 ޖޯޑު އައިސްކިޔުބް
4 ތަށި އައިސް ފެން
2/3 ޖޯޑު ހަކުރު
މިންޓް ލީވްސް
1/4 ސައި ސަމުސާ ލޮނު
ތައްޔާރުކުރާނެ ގޮތް
1) ކިޔުކަންބާގެ ތޮށި މަށާލުމަށްފަހު ކޮށާލާފައި ކިޔުކަންބާއާއި ހަކުރު މިކްސަރުން ރަނގަޅަށް މުގުރާލާށެވެ. އެއަށްފަހު ޖޯޑެއްގެ ފެން އެޅުމަށްފަހު ފުރާނާލާށެވެ.
2) ދެން ބޮޑު ޖަގެއްގެ ތެރެއަށް ލުނބޯ ހުތާއި، ކިޔުކަންބާ ޖޫސް އަދި ބާކީ ފެން އަޅައި ރަނގަޅަށް އެކުލަވާލާށެވެ.
3) އެއަށްފަހު މިންޓް ފަތް ކުޑަކޮށް ޗިސްކޮށްލުމަށްފަހު، އެ ޖަގަށް އަޅައިގެން ގިރާލާށެވެ.
4) ދެން އައިސްކިޔުބްވެސް ކްރަޝް ކޮށްލުމަށްފަހު ޖަގަށް އަޅައި ގިރާލާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް