Newscast
ހަބަރު

ޑޮލަރު އާމްދަނީގެ 40 އިންސައްތަ މާރުކުރުވުމުން އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ

ލިޔުނީ: އަހުމަދު އާހިލް ސައީދު 25 Aug 2026
ޑޮލަރު އާމްދަނީގެ 40 އިންސައްތަ މާރުކުރުވުމުން އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ
ކުރީގެ ރައީސް ނަޝީދު- ފޮޓޯ/ ތިނަދޫ ސިޓީ ކައުންސިލް

އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ނަޝީދު ވިދާޅުވީ ގިނަ ރިސޯޓުތަކަކީ ޑޮލަރުން އަދާކުރަން ޖެހޭ ބޮޑެތި ދަރަނި ހުރި ތަންތަން ކަމަށެވެ. އެ ވިޔަފާރިތަކުގެ ބޮޑު ބައެއް ބޭންކު ލޯނު ނަގައިގެން ފައިނޭންސްކޮށްފައިވާ ބޭރުގެ އިންވެސްޓްމަންޓުތައް ކަމުން ޑޮލަރު އާމްދަނީގެ މިހާ ބޮޑު ނިސްބަތެއް މާރުކުރުވައިފިނަމަ އެ ފަރާތްތަކަށް ލިބޭ ފައިދާ ކުޑަވެ ރާއްޖެއާ މެދު ޝައުގުވެރިކަން ދަށްވެދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިސޯޓުތަކުން ހޯދާ ޑޮލަރު އާމްދަނީގެ 40 އިންސައްތަ އެމްއެމްއޭ މެދުވެރިކޮށް މާރުކުރަން ލާޒިމުކުރާ ސިޔާސަތަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ދިގު މުއްދަތެއްގައި ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ނަޝީދު ވިދާޅުވީ ގިނަ ރިސޯޓުތަކަކީ ޑޮލަރުން އަދާކުރަން ޖެހޭ ބޮޑެތި ދަރަނި ހުރި ތަންތަން ކަމަށެވެ. އެ ވިޔަފާރިތަކުގެ ބޮޑު ބައެއް ބޭންކު ލޯނު ނަގައިގެން ފައިނޭންސްކޮށްފައިވާ ބޭރުގެ އިންވެސްޓްމަންޓުތައް ކަމުން ޑޮލަރު އާމްދަނީގެ މިހާ ބޮޑު ނިސްބަތެއް މާރުކުރުވައިފިނަމަ އެ ފަރާތްތަކަށް ލިބޭ ފައިދާ ކުޑަވެ ރާއްޖެއާ މެދު ޝައުގުވެރިކަން ދަށްވެދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ރިސޯޓްތަކަށް ލިބޭ ޔޫއެސް ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ އެމްއެމްއޭ އަށް މާރުކުރަން މަޖުބޫރުކުރުމަކީ އިގުތިސާދީ ގޮތުން ނޭދެވޭ ބޮޑެތި ނަތީޖާތަކެއް ނުކުމެދާނެ ސިޔާސަތެއް. ގިނަ ރިސޯޓްތަކަކީ ޑޮލަރުން އަދާކުރަންޖެހޭ ބޮޑެތި ދަރަނިތަކެއް އޮތް ތަންތަން," ނަޝީދު ވިދާޅުވެފައިވެއެވެ.

"ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ޝައުގުވެރިވި މައިގަނޑު ސަބަބަކީ ވާދަވެރި ރަނގަޅު ފައިދާއެއް ލިބޭތީ. އެ ހިތްވަރު ގެއްލުވައިލުމަކީ އިންވެސްޓަރުންގެ އިތުބާރަށާއި ފަތުރުވެރިކަމުގެ ދާއިރާގެ ދިގު މުއްދަތުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއް," ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދު މި ވާހަކަ ދައްކަވާފައި ވަނީ ރިސޯޓުތަކުން ޑޮލަރު މާރުކުރަން ޖެހޭ ނިސްބަތް 20 އިންސައްތައިން 40 އިންސައްތައަށް ބޮޑުކުރުމަށް ބޭރު ފައިސާގެ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ. ގަވަރުނަރު ފާހަގަކުރެއްވި ގޮތުގައި ކޮންމެ ތިން މަހަކުން ޑޮލަރު މާރުކުރާ ގޮތަށް އޮތް އޮތުން ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބަދަލުކުރުމަށް ވެސް ހުށަހެޅުއްވުމަށް ވަނީ ނިންމައިފައެވެ. ހަމައެހެންމެ ޑޮލަރުގެ އަގު މިހާ ބޮޑަށް މައްޗަށް ދާން ޖެހޭ ސަބަބެއް ނެތް ކަމަށާއި ފަހަތުގައި ވަނީ ސްޕެކިއުލޭޝަން ކަމަށް ގަވަރުނަރު ވިދާޅުވެފައިވެއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވެސް ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. މަޓީން ބުނި ގޮތުގައި ފައިސާ މާރުކުރުމުގެ ޝަރުތުތަކާ ގުޅޭ ގޮތުން މި މަހުގެ ކުރީކޮޅު ގަވަރުނަރާ ބައްދަލުކުރި އިރު އެމްއެމްއޭއިން ހުށަހެޅީ ކެޓަގަރީ އޭގެ ހުރިހާ ތަނަކުން 20 އިންސައްތަ މާރުކުރާ ގޮތަށް ބަދަލުކުރުމަށެވެ. ނަމަވެސް އެ ބައްދަލުވުމާ ޖެހިގެން މާ ގިނަ ދުވަހެއް ނުވެ ނިސްބަތް 40 އިންސައްތައަށް ބޮޑުކުރުމަށް ހުށަހެޅުމަކީ ރިސޯޓުތަކަށް ތަހައްމަލުކުރެވޭނެ ބުރައެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

އިންޑިއާގައި ހަކުރުގެ އަގު ރެކޯޑް މިންވަރަކަށް އުފުލިއްޖެ
ދުނިޔެ 25 Aug 2026

އިންޑިއާގައި ހަކުރުގެ އަގު ރެކޯޑް މިންވަރަކަށް އުފުލިއްޖެ

އިންޑިއާގެ ކޮންސިއުމާ އެފެއާޒް ފުޑް އެންޑް ޕަބްލިކް ޑިސްޓްރިބިއުޝަން ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އާދިއްތަ ދުވަހާ ހަމައަށް ހަކުރު ކިލޯއެއް ރީޓެއިލްކޮށް ވިއްކި އެވެރެޖް އަގު ވަނީ 62.47 ރުޕީސްއަށް އަރައިފައެވެ. ޖުލައި މަހު ކިލޯއެއް ގަންނަން ލިބުނީ 48.18 ރުޕީސްއަށް ކަމަށް ވާއިރު މިދިޔަ އަހަރުގެ އޮގަސްޓް މަހު އެ އަގު ހުރީ 46.3 ރުޕީސްގައެވެ. ހޯލްސޭލް ބާޒާރުގައި 100 ކިލޯގެ ބަސްތާއެއް 5،801.29 ރުޕީސްއަށް އުފުލިފައި ވާއިރު ޖުލައި މަހު އެ ބަސްތާއެއް ލިބުނީ 4،510.76 ރުޕީސްއަށެވެ.

ފޭދޫ ސްކޫލް ކެޑޭޓް ކޭމްޕުގައި ކާނާވިހަވެ 24 ކުދިންނަށް ފަރުވާދީފި
ހަބަރު 25 Aug 2026

ފޭދޫ ސްކޫލް ކެޑޭޓް ކޭމްޕުގައި ކާނާވިހަވެ 24 ކުދިންނަށް ފަރުވާދީފި

ކާނާވިހަވި ދަރިވަރުންގެ ތެރެއިން 12 ކުއްޖަކަށް ފޭދޫ ހެލްތު ސެންޓަރުގައި އަދި އަނެއް 12 ކުއްޖަކަށް މަރަދޫ ހެލްތު ސެންޓަރުގައި ފުރަތަމަ އެޑްމިޓްކޮށް ފަރުވާ ދިން ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. އެ ދެ ސެންޓަރުގައި ތިބި ކުދިންގެ ތެރެއިން ބައެއް ކުދިން ފަހުން އޭއީއެޗަށް ބަދަލުކޮށްފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވޯޓުލާ މީހުންގެ ދުވަސް ފާހަގަކޮށް ޚާއްޞަ ބަޔާނެއް ނެރެފި
ހަބަރު 25 Aug 2026

އިލެކްޝަންސް ކޮމިޝަނުން ވޯޓުލާ މީހުންގެ ދުވަސް ފާހަގަކޮށް ޚާއްޞަ ބަޔާނެއް ނެރެފި

އެ ކޮމިޝަނުން ފާހަގަކުރި ގޮތުގައި މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ޑިމޮކްރެސީގައި ރައްޔިތުން ބައިވެރިވާ މިންވަރު އިތުރުކުރުމާއި އިންތިޚާބީ ނިޒާމާ މެދު އިތުބާރު ބޮޑުކުރުމެވެ. އޭގެ އިތުރުން ވޯޓުލުމުގެ މުހިންމުކަމާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ ވެސް މި ދުވަހުގެ މަޤުޞަދެއް ކަމަށް އީސީން ބުނެފައިވެއެވެ. މި އަހަރުގެ ޝިޢާރެއް ގޮތުގައި ކަނޑައަޅާފައި ވަނީ "ވޯޓަކީ ހައްގެއް އަދި ޒިންމާއެއް!" މިއެވެ.

އިސްލާމް މާއްދާއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް އިމާމުކަން ކުރެވޭނެ ކަމަށް ޑރ. ޝަހީމް ވިދާޅުވެއްޖެ
ހަބަރު 25 Aug 2026

އިސްލާމް މާއްދާއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް އިމާމުކަން ކުރެވޭނެ ކަމަށް ޑރ. ޝަހީމް ވިދާޅުވެއްޖެ

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި ބައިވެރިންނަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުގައި ޒަމާނުއްސުރެ ޚިދުމަތްކުރަމުން އައި ޖީލެއް ނެތިދިޔުމާ ގާތްވެފައިވާ ކަމަށެވެ. ގިނަ އިމާމުންނާއި ޚަޠީބުން މުސްކުޅިވެ އެ ބޭފުޅުންގެ ތެރެއިން ގިނަ ބަޔަކު ނިޔާވެ ރާއްޖޭގެ ރަށްރަށަށް އެ ކަމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ޖޫރިމަނާ އަދީބު އެއްކޮށް ދައްކައި ޚަލާޞްކޮށްފި
ހަބަރު 25 Aug 2026

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ޖޫރިމަނާ އަދީބު އެއްކޮށް ދައްކައި ޚަލާޞްކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން )އެމްއެމްޕީއާރުސީ(ގެ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ހަތް ދަޢުވާއެއް ސާބިތުވެ 20 އަހަރުގެ ޖަލު ޙުކުމެއް އިއްވައި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެއެވެ. އެ ޖޫރިމަނާގެ ފުރަތަމަ އެއް މިލިއަން ރުފިޔާ ކުރިން ދެއްކި ނަމަވެސް ބާކީ ފައިސާ ނުދެއްކުމާ ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 11 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީއެވެ.

ކައުންސިލް ބިން ސަރުކާރަށް ނަގާއިރު ބަދަލު ދިނުން ލާޒިމުކޮށް ބިލް ކޮމިޓީން ފާސްކޮށްފި
ހަބަރު 25 Aug 2026

ކައުންސިލް ބިން ސަރުކާރަށް ނަގާއިރު ބަދަލު ދިނުން ލާޒިމުކޮށް ބިލް ކޮމިޓީން ފާސްކޮށްފި

ލާމަރުކަޒީ ޤާނޫނަށް މި ބަދަލު ގެންނަން ހުށަހެޅުއްވީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނެވެ. ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ކައުންސިލް ބިން ސަރުކާރުގެ މަޝްރޫޢުތަކަށް ނެގޭ ގޮތް ހެދުމަށް ހުށަހެޅި މި ބިލް ކޮމިޓީން ފާސްކޮށްފައިވަނީ ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ތާއީދާ އެކު ރޭ ކުއްލި ގޮތަކަށް ބޭއްވި ބައްދަލުވުމެއްގައެވެ.