ކައުންސިލް ބިން ސަރުކާރަށް ނަގާއިރު ބަދަލު ދިނުން ލާޒިމުކޮށް ބިލް ކޮމިޓީން ފާސްކޮށްފި
ލާމަރުކަޒީ ޤާނޫނަށް މި ބަދަލު ގެންނަން ހުށަހެޅުއްވީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނެވެ. ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ކައުންސިލް ބިން ސަރުކާރުގެ މަޝްރޫޢުތަކަށް ނެގޭ ގޮތް ހެދުމަށް ހުށަހެޅި މި ބިލް ކޮމިޓީން ފާސްކޮށްފައިވަނީ ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ތާއީދާ އެކު ރޭ ކުއްލި ގޮތަކަށް ބޭއްވި ބައްދަލުވުމެއްގައެވެ.
ލޯކަލް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރުގެ ބޭނުންތަކަށް ނެގޭނެ މަގު ފަހިކޮށް އެ ބިންތަކުގައި ކޮށްފައިވާ އިންވެސްޓްމަންޓަށް ބަދަލު ދިނުން ލާޒިމުކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ރޭ ބިލް ފާސްކޮށްފިއެވެ.
ލާމަރުކަޒީ ޤާނޫނަށް މި ބަދަލު ގެންނަން ހުށަހެޅުއްވީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނެވެ. ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ކައުންސިލް ބިން ސަރުކާރުގެ މަޝްރޫޢުތަކަށް ނެގޭ ގޮތް ހެދުމަށް ހުށަހެޅި މި ބިލް ކޮމިޓީން ފާސްކޮށްފައިވަނީ ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ތާއީދާ އެކު ރޭ ކުއްލި ގޮތަކަށް ބޭއްވި ބައްދަލުވުމެއްގައެވެ.
ރޭގެ ބައްދަލުވުމުގައި އެ ބިލަށް ދެތިން އިސްލާހެއް ހުށަހެޅުނެވެ. އޭގެ ތެރެއިން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހެޅުއްވި އިސްލާހުގައި ބަޔާންކޮށްފައިވަނީ ކައުންސިލުން ވަކިކުރާ ބިމުގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން އިންވެސްޓްމަންޓެއް ކޮށްފައިވާނަމަ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އެކަށީގެންވާ ބަދަލެއް ދޭންޖެހޭ ގޮތަށެވެ.
ކޮމިޓީން އެ އިސްލާހާ އެކު ބިލް ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ކޮމިޓީ މަރުހަލާ ނިމުމާ އެކު ދެން އެ ބިލް ދާނީ މަޖިލީހުގެ ތަޅުމަށް ވޯޓަށެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް