ގދ. އަތޮޅުގެ ދެ ރަށަކުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭ ގޮތް ހަމަޖައްސައިފި
މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ގޮތުގައި މި ބަދަލާ ގުޅިގެން ގދ. އަތޮޅުގެ ރައްޔިތުންނަށް ދެ ރަށަކުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ގދ. ގައްދޫގައި އެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ގޮތުގައި މި ބަދަލާ ގުޅިގެން ގދ. އަތޮޅުގެ ރައްޔިތުންނަށް ދެ ރަށަކުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
"އިމުގާ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް އެދި ހުށަހަޅާއިރު ޕާސްޕޯޓު ބަލައިގަންނާނެ ތަނެއް ކަނޑައެޅުމުގައި ތިނަދޫ ސިޓީ ނުވަތަ ގައްދޫ ޚިޔާރުކުރެވޭނެއެވެ.
މިއީ ގދ. އަތޮޅުގެ ރައްޔިތުންނަށް ޕާސްޕޯޓުގެ ޚިދުމަތް ހޯދުމުގައި އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ފިޔަވަޅެކެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް